Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަހްމަދު ނިހާން

ނިހާން އެސްޓީއޯއަށް ދައްކަން ޖެހޭ މިލިއަނެއްހާ ރުފިޔާ ދައްކައިފި

މި މައްސަލައިގައި ހިމެނޭ ހުރިހާ ފައިސާ އެއް ދައްކާފައިވާކަން ނިހާން ވެސް ވަނީ ބައެއް މީޑިއާތަކަށް ޔަޤީންކޮށްދެއްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 ޖުލައި 2025 | ބުރާސްފަތި 14:50
ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު

ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިންމަނިކު އެސްޓީއޯއަށް ދައްކަން ޖެހޭ މިލިއަނެއްހާ ރުފިޔާ ދައްކައިފިއެވެ.

ނިހާންގެ މައްޗަށް ފައިސާ ދެއްކުމަށް އަންގާ ކޮށްފައިވާ ހުކުމުގައި ބުނާ ގޮތަށް ފައިސާ ދައްކާފައިވާތީ އެ މައްސަލައިގެ އިސްތިއުނާފް ވަނީ ހައި ކޯޓުން ނަގާފައެވެ.

Advertisement - newsAdvertisement

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސިވިލް ކޯޓުންކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ ނިހާން އެސްޓީއޯއަށް 959،362ރ. ދައްކަން ޖެހޭ ކަމަށެވެ. އޭނާގެ މައްޗަށް އެ ފައިސާ ދެއްކުމަށް ޙުކުމްކޮށްފައި ވަނީ ހާބަރު ފުޑްކޯޓެއް ފަސް އަހަރަށް ކުއްޔަށް ނެންގެވުމަށް ފަހު އެތަނަށް ކުލި ދައްކާފައި ނުވާ މައްސަލަ އާއި ގުޅިގެންނެވެ،

އެ މައްސަލައިގެ ޙުކުމް ކުރީ ނިހާންގެ ޣައިރު ހާޒިރުގައެވެ. އެ ހުކުމްގައި ބުނެފައި ވަނީ އެއީ އެ މައްސަލަ ހުށަހެޅުމާ ހަމައަށް ދައްކަން ޖެހި ނުދައްކާ ހުރި ކުއްޔާއި މެއިންޓެނަންސް ފީގެ އިތުރުން، ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ވެސް ނިހާން ދައްކަން ޖެހޭނެ ކަމަށެވެ.

ހަމައެހެންމެ އެ ފައިސާ ހަ މަސް ދުވަސް ތެރޭ އެސްޓީއޯއަށް ދައްކަންވެސް ވަނީ ޙުކުމްކޮށްފައެވެ. އެ ހުކުމް ހައި ކޯޓުގައި ނިހާން ވަނީ އިސްތިއުނާފްކުރައްވާފައެވެ. އިސްތިއުނާފްގައި ބުނެފައި ވަނީ އެ ހުކުމަކީ ޣައިރު ހާޒިރުގައި ކުރި ހުކުމެއް ކަމަށާއި، ނިހާންގެ ފަރާތުން ހުށަހަޅަން ބޭނުންވާ ބައެއް ހެކިތަކަށް ރިއާޔަތްކުރުމަށް ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.

އެގޮތުން ނިހާން ހުށަހަޅުއްވަފައިވާ އިސްތިއުނާފުގެ މައްސަލަ ބާތިލްކުރުމަށް ފަހު ހަައިކޯޓުން ވަނީ ބަޔާނެއް ނެރެފައެވެ. ހައިކޯޓުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެ މައްސަލަ އަނބުރާ ގެންދަން ނިހާން މި މަހުގެ ހަތް ވަނަ ދުވަހު ހައި ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

މީގެ އިތުރުން ސިވިލް ކޯޓުގެ ހުކުމުގައި ބުނާ ފައިސާ ދެއްކުމަށް ސެޓުލްމަންޓް އެގްރީމެންޓެއް ހެދުމަށް ފަހު އެއާއި އެއްގޮތަށް ފައިސާ ދައްކަވާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. މި މައްސަލައިގައި ހިމެނޭ ހުރިހާ ފައިސާ އެއް ދައްކާފައިވާކަން ނިހާން ވެސް ވަނީ ބައެއް މީޑިއާތަކަށް ޔަޤީންކޮށްދެއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު