Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަހުސަން ބަޝީރުގެ މަރު

އަހުސަން ބަޝީރުގެ ވާރިސުންގެ ބަސް ނަގައިފި: ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރަށް މަރު

ކުށް ސާބިތުނުވާކަމަށް 2014 ވަނަ އަހަރު ޙުކުމް ކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 އޮކްޓޯބަރު 2021 | އާދީއްތަ 07:12
އަހުސަން ބަޝީރުގެ މަރުގެ މައްސަލައިގެ ޝަރީއަތް ހައިކޯޓުގައި ކުރިއަށް ގެންދަނީ

އަހުސަން ބަޝީރުގެ މަރުގެ މައްސަލައިގެ ޝަރީއަތް ހައިކޯޓުގައި ކުރިއަށް ގެންދަނީ

ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރުގެ މަރުގެ މައްސަލައިގައި ވާރިސުންގެ ބަސް ހައިކޯޓުން ނަގައިފިއެވެ.

ހައިކޯޓުގައި އާދިއްތަ ދުވަހު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ބުނީ، މި މައްސަލައިގައި ކުށް ސާބިތުވެފައިވާ މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދުއާއި، ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމްގެ ކިބައިން އަހުސަންގެ ހުރިހާ ވާރިސުން ވެސް މަރުގެ އަދަބު ބޭނުންވާކަމަށް ބުނެފައެވެ. އަދި އެ ހާދިސާ ހިނގި ދުވަސްވަރު އަމަލު ކުރަމުންދިޔަ ކުރީގެ ޤާނޫނުލް އުގޫބާތުގެ ދަށުންނާއި، މިހާރު އަމަލުކުރާ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނުގެ ދަށުން ރިއާޔަތްކުރާއިރު މައްސަލައިގައި ދައުވާލިބޭ ޝަހުމްއަށް ދޭން ޖެހޭނީ މަރުގެ އަދަބުކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް، މީހަކު މެރުމުގައިި އެހީތެރިވުމުގެ ދައުވާ ސާބިތުވެފައިވާ ޝިމާޒަށް އަސްލު ކުށްކުރި މީހާއަށް ދެވޭ އަދަބު ނުދެވޭނެ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. އެއާއެކު ދައުލަތުން ވަނީ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ޝިމާޒުގެ މައްޗަށް 17 އަހަރާއި ހަ މަހުގެ ޖަލު ޙުކުމެއް އިއްވައިދެއްވުމަށް އެދިފައެވެ.

ދެން އޮންނާނީ މި މައްސަލައިގައި ޝަރީއަތުން އަދަބު ކަނޑައެޅުމަށް ބާއްވާ އަޑުއެހުމެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދުއާއި، ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް 2014 ވަނަ އަހަރު ކުރި މި ޙުކުމް އިސްތިއުނާފުކޮށް، ދާދި ފަހުން ހައިކޯޓުން ވަނީ އެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައެވެ.

އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައިވަނީ މަރުމަތީގައި ބުނި ބަސް (ޑައިންގ ޑިކްލަރޭޝަން) އަށް ބިނާކޮށްގެންނެވެ. އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމަވައި ފަނޑިޔާރު ވިދާޅުވީ، މަރުން ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް މީހަކު މަރު މަތީގައި ދައްކާ ވާހަކައަށް ގިނަ ޤައުމުތަކުގެ ކޯޓުތަކުން ރިއާޔަތް ކުރާ ކަމަށެވެ. އަދި އަހުސަން މަރުވުމުގެ ކުރިން ހޮސްޕިޓަލްގައި އޮވެގެން ބައެއް މީހުންގެ ގާތުގައި އޭނާ މަރާލާފައިވަނީ މި މައްސަލައިގައި ދައުވާލިބޭ 2 މީހުންކަމަށް ބުނެފައިވާކަން ފާހަގަކޮށްފައިވެއެވެ.

"މަރުގެ ތުންފަތްމަތީގައި އޮތް މީހަކު، ދޮގެއް ނުހަދާނެކަމަށް ބަޔާންކުރާ ޙާލަތަކީ މިފަދަ ޚާއްސަ ޙާލަތްތަކުގެ ތެރެއިން އެއް ޙާލަތް، ކޮމަންލޯގެ އުސޫލުތަކުގެ ތެރެއިން މަރުގެ ތުންފަތް މަތީގައި ވާ މީހާގެ ބަޔާން ހެކީގެ ތެރެއަށް ވަދެގެން އައީ ލެޓިންގެ ޤާއިދާއެއް ކަމަށްވާ (ދޮގެއްގެ މަތީގައި އިންސާނަކު އޭނާގެ ހެއްދެވި ފަރާތާއި ބައްދަލެއް ނުކުރާނޭ)،

މި މައްސަލައިގައި ކުށް ސާބިތުވެފައިވާ 2 މީހުންގެ ތެރެއިން ޝަހުމް މިހާރުވެސް ހުރީ މަރުގެ މައްސަލައެއްގެ ޙުކުމެއްގައެވެ. އަދި ޝިމާޒު އައްޑޫގައި ހުއްޓައި ހައްޔަރުކޮށް ކޯޓުގެ އަމުރާއި އެއްގޮތަށް ބަންދު ކޮށްފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލު ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ.

ކްރިމިނަލް ކޯޓްމަރު

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު