Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއާރުއެމްގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަން

ސިޔާސީ މަސައްކަތަކީ ނަޒާހަތްތެރިކަމާއެކު ކުރެވިދާނެ މަސައްކަަތެއްކަން ސާބިތު ކޮށްދޭނަން: ފާރިސް

3 އޮކްޓޯބަރު 2021 | އާދީއްތަ 14:15

ޕާޓީގެ ހުރިހާ ކަމެއް ރާވާފައިވާނީ ދެފަރާތް ފެންނަ ގޮތަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން

އަމްނާ އިމާދު
އަމްނާ އިމާދު | 3 އޮކްޓޯބަރު 2021 | އާދީއްތަ 14:15
ނޭޝަނަލް ކޮންވެންޝަން ނިންމުމުގެ ރަސްމިއްޔާތުގައި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވާހަކަދައްކަވަނީ،

ނޭޝަނަލް ކޮންވެންޝަން ނިންމުމުގެ ރަސްމިއްޔާތުގައި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވާހަކަދައްކަވަނީ،

ސިޔާސީ މަސައްކަތަކީ ނަޒާހަތްތެރިކަމާއެކު ކުރެވިދާނެ މަސައްކަަތެއްކަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ސާބިތުކޮށްދޭނެ ކަމަށް އެޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއާރުއެމްގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަންގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފާރިސް ވިދާޅުވީ ސިޔާސީ މައިދާނުގައި ކަންކަން ހިނގާފައިވާ ގޮތުން މިއީ ނަޒާހަތްތެރިކަން ގެއްލިފައިވާ މައިދާނެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ސިޔާސީ މަސައްކަތަކީ ނަޒާހަތްތެރިކަމާއެކު ކުރެވޭނެ މަސައްކަތެއްކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށާއި، އެ އިތުބާރު ހޯދައިދިނުމަށް އެމްއާރްއެމުން މަސައްކަތް ކުރާނެ ކަމަށް ފާރިސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ޕާޓީގެ ހުރިހާ ކަމެއް ރާވާފައިވާނީ ދެފުށް ފެންނަ ގޮތަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށް ފާރިސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މަސައްކަތް ކުރާނީ މަޝްވަރާގެ ތެރެއިން ކަމަށާއި، ކަންކަން ނިންމާނީ ޕާޓީގެ މެޖޯރިޓީން ކަމަށެވެ.

ސަރުކާރުގެ ކޯލިޝާންގައި ދެމިތިބޭނެކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވީ ކޯލިޝަން އުފެދިފައި ވަނީ ގިނަ ޕާޓީތައް ގުޅިގެން ގައުމުގެ ހެވާލާބަޔަށް މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ސަރުކާރަށް އެމްއާރްއެމްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީން ފާރިސް ދެއްވިއެވެ.

ހޮނިހިރު ދުވަހު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނޭޝަނަލް ކޮންވެންޝަންގައި ޕާޓީގެ އަސާސީ ގަވާއިދާ، ޕާޓީ ހިންގުމަށް ބޭނުންވާ ގާއިވާއިދުތައް ފާސްކޮށްފައިވެއެވެ.

ލީޑަރޝިޕް އިންތިޚާބު ކުރިއަށް ގެންގޮސްފައިވާއިރު، ޒައީމަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ޕާޓީގެ ނާއިބުރައީސަކަށް ސަޒައިލް ސިޔާމް، ނާއިބުރައީސްގެ އަންހެނުންގެ ޚާއްސަ ގޮނޑިއަށް އައިމިނަތު ނާދިރާ އިންތޚާބު ކޮށްފައިވެއެވެ. އަންހެނުންގެ ކައުންސިލްގެ ރައީސަކަށް އާރިޒާ ރަޝީދު، ޒުވާނުންގެ ކައުންސިލްގެ ރައީސަކަށް އިބްރާހިމް ފަރުހާދު އިންތިޚާބު ކޮށްފައިވެއެވެ. އަދި އެގްޒެކެޓިވް ކޮމިޓީއަށް 10 ފިރިހެން މެމްބަރުންނާއި 10 އަންހެން މެމްބަރުން އިންތިޚާބު ކޮށްފައިވެއެވެ. މީގެ އިތުރުން އެގްޒެކެވި ކޮމިޓީއަށް ޒުވާނުންގެ ކައުންސިލް ތަމްސީލު ކުރާ 10 މެމްބަރުން އިންތިޚާބު ކޮށްފައިވެއެވެ. އެއީ އަންހެން 5 މެމްބަރުންނާއި ފިރިހެން 5 މެމްބަރުންނެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ފާރިސް މައުމޫން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2025

ނޭޕާލު ގައި ހިންގަމުންދާ ކަންކަން ދިވެހި ސަރުކާރުގެ ވެރިން ބައްލަވަމުން ގެންދަވާ ކަމަށް އުއްމީދު ކުރަން: ފާރިސް

09 ސެޕްޓެމްބަރު 2025
ނޭޕާލު ގައި ހިންގަމުންދާ ކަންކަން ދިވެހި ސަރުކާރުގެ ވެރިން ބައްލަވަމުން ގެންދަވާ ކަމަށް އުއްމީދު ކުރަން: ފާރިސް
20 ސެޕްޓެމްބަރު 2023

ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް

20 ސެޕްޓެމްބަރު 2023
ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް
14 ސެޕްޓެމްބަރު 2023

ފާރިސް މަޢުމޫންގެ އަރިސް ޓީމެއް އެމްޑީޕީއާއެކު މަޝްވަރާކޮށްފި

14 ސެޕްޓެމްބަރު 2023
ފާރިސް މަޢުމޫންގެ އަރިސް ޓީމެއް އެމްޑީޕީއާއެކު މަޝްވަރާކޮށްފި
06 އޯގަސްޓު 2023

ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން

06 އޯގަސްޓު 2023
ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން
19 ޖުލައި 2023

އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި

19 ޖުލައި 2023
އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި
25 ޖޫން 2023

އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި

25 ޖޫން 2023
އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި
24 ޖޫން 2023

ސިޔާސީ ހަރަކާތް ހިންގުމަށް އެއްވެސް ހުރަހެއް ނެތް: އެމްއާރްއެމް

24 ޖޫން 2023
ސިޔާސީ ހަރަކާތް ހިންގުމަށް އެއްވެސް ހުރަހެއް ނެތް: އެމްއާރްއެމް
23 ޖޫން 2023

އެމްއާރުއެމް އުވާލުން ފަސްކުރަން ނެރުނު އަމުރު ދަމަހައްޓައިފި

23 ޖޫން 2023
އެމްއާރުއެމް އުވާލުން ފަސްކުރަން ނެރުނު އަމުރު ދަމަހައްޓައިފި
25 މެއި 2023

އިލެކްޝަން ކޮމިޝަނަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ: މިއުވާން

25 މެއި 2023
އިލެކްޝަން ކޮމިޝަނަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ: މިއުވާން
25 މެއި 2023

އެމްއާރްއެމްގެ ނަމުގައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އެޕާޓީން އެދިއްޖެ

25 މެއި 2023
އެމްއާރްއެމްގެ ނަމުގައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އެޕާޓީން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް