Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ މަހަލްދީބު

"މޯލްޑިވްސް ހޮޕް ހޮޕް" ގެ ބަދަލުގައި "މަގޭ މަހަލްދީބުގެ" އަޑު ގަދަވަނީ!

މަގޭ މަހަލްދީބު ލަވަ ދިވެހިންނަށް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2021 | ހޮނިހިރު 11:23
އުރީދޫ ސާފް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އުރީދޫ ސާފް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

''މިއީ މަގޭ މަހަލްދީބު'' އަޑުން ޖައްވު ދަނީ ގުގުމަމުންނެވެ. ޓީޝާޓުތަކާއި، ތޮފިތަކާއި، ދިދަތަކުގައި ވެސް ލިޔަމުން ދަނީ މިއީ މަގޭ މަހަލްދީބެވެ. ކުރިން މަދުން ނޫނީ އަޑު ނީވުނު ނަމަވެސް މިހާރު މަހަލްދީބު މި ނަން މިވަނީ ވަރަށް ބޮޑަށް އާއްމު ވެގެން ގޮސްފައެވެ. އެގޮތުން މިދުވަސްވަރު ކޮންމެ ތާކަށް ދިޔަ ނަމަވެސް މިއަޑު ނީވި ނުދާނެއެވެ. މަހަލްދީބު މިނަން މިހައި ބޮޑަށް އާއްމު ވެގެންގޮސްފައި ވަނީ ހުކުރު ދުވަހު ރާއްޖޭގައި ފެށި ސާފް ޗެމްޕިއަންޝިޕުގެ ރާއްޖޭގެ ޕްރޮމޯޝަނަލް ކެމްޕެއިން މަގޭ މަހަލްދީބް ލޯންޗުކުރި ހިސާބުންނެވެ.

ސާފް ޗެމްޕިއަންޝިޕު ލޯންޗުކުރި ހިސާބުން މަގޭ މަހަލްދީބު މި ލަވަ ދިވެހިންނަށް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ. ދިވެހިންގެ ހިތްތަކާއި މިލަވަ ކުޅެލާފައިވާއިރު، ގިނަބައެއް މަގުބޫލުކަން މި ލަވައަށް ލިބިގެން ގޮސްފައިވެއެވެ.

ދަނޑުގައި ސަޕޯޓަރުން ފޯރިއަރުވަން ބޭނުންކުރާނެ ޝިއާރެއް ގޮތުގައި މަހަލްދީބު ކަނޑައަޅާފައިވާތީ އެކަމާއި ގުޅިގެން އެފްއޭއެމުން ބުނެފައިވަނީ މަހަލްދީބް ބޭނުންކުރުމަށް ނިންމާފައިވަނީ އަވައްޓެރި ގައުމުތަކުން ރާއްޖެއަށް މުޚާތަބުކުރަނީ މަހަލްދީބުގެ ނަމުން ކަމަށްވާތީ ކަމަށެވެ. މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ކެމްޕެއިންގެ ސްލޯގަން އެއްގެ ގޮތުގައި ބޭނުންކުރާނީ، "ތިންވަނަ ފަހަރު، މީއެ ފަހަރު" އެވެ. އަދި ސާފް ޗެމްޕިއަންޝިޕްގެ ބްރޭންޑިންގައި ބޭނުންކޮށްފައިވާ ޑިޒައިންތަކުގައި ހިމަނާފައިވަނީ ރާއްޖޭގެ ކަނޑުގެ ދިރުންތަކެވެ. ލޯގޯ ޑިޒައިންގައި ވެސް ބޭނުންކޮށްފައިވަނީ ކަނޑުގެ ދިރުންތަކާއި މަސްތަކެވެ.

ނަމަވެސް ދިވެހިރާއްޖެއަށް މަގޭ މަހަލްދީބު ކިޔުނީ ކީއްވެގެންތޯ މިއީ ބައެއް މީހުން އުފައްދާ ސުވާލެކެވެ. ދިވެހިންގެ ލެއާ ގުޅިފައިވާ ގައުމީ ކުޅިވަރެއްގައި ޝިއާރެއްގެ ގޮތުގައި މަހަލްދީބު ހަމަޖެހިގެންދިޔައީ ކީއްވެތޯ ވެސް ސުވާލު އުފައްދައެވެ. އަދި މިއީ ދިވެހި ބަހެއްތޯ ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ.

ތާރީޚު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި މަހަލްދީބު ތިން ގޮތަކަށް ކިޔައެވެ. ރާއްޖޭގެ ބަދަލުގައި "ދީބު" ބޭނުންކުރާއިރު، އިންޑިއާއިން ދިވެހިރާއްޖެއަށް މަހަލްދީބް ކިޔަނީ ރާއްޖެއިން އަންހެނުންނަށް އިހުތިރާމްކޮށް އަންހެނުން ޚާއްސަ ސަމާލުކަމެއް ދޭތީއެވެ. އެއީ މެހެލާގެ ނަމުން އިންޑިއާއިން އަންހެނުންނަށް މުޚާތަބު ކުރާތީއެވެ. އެކަމުގައި މުހައްމަދު ލުތުފީގެ ރައުޔުއަކީވެސް މަހަލްދީބަކީ ''އަންހެނުންގެ ރާއްޖެ'' އެވެ.

އަދި ލަންކާ ބަހުން މާލްއަކީ ކަނޑު މަހަށް ކިޔާ ނަމަށްވާތީ ލަންކާ މީހުން ރާއްޖެއަށް ކިޔައީ މާލްދީބެއެވެ. އެގޮތުން ޢަބްދުލްހަކީމް ޙުސައިން މަނިކުގެ ރައުޔުއަކީ މާލްދީބަކީ ''މަސްވެރިންގެ ރާއްޖެ'' މިއެވެ.

އޭގެ އިތުރުން، މުތްތަކަށް ނިސްބަތްކޮށްވެސް މަހަލް ކިޔާ އުޅެއެވެ. ރާއްޖެ އުފެދިފައިވާ ގޮތުން، ހިންދު ކަނޑުގައިވާ ޖަޒީރާ މުތްތަކެއްގެ ގޮތުގައި އެތުރިފައިވާތީ މުތްތަކުގެ މާނަގައިގައިވެސް މަހަލްދީބު ކިޔާ އުޅެއެވެ. މަހަލްދީބުގެ މާނައާ ބެހޭ ގޮތުން އިބްރާހީމް ޝިހާބުގެ ރައުޔަކީ ''ޖަޒީރާތަކުގެ ހާރު" އެވެ.

މީގެ އިތުރުން ގައުމީ ނިޝާނުގެ ރުކުރުގެ ތިރީގައި ވެސް އަރަބި ބަހުން ލިޔެފައިވަނީ ''އައްދައުލަތުލް މަހަލްދީބިއްޔާ'' އެވެ.

އެހެންކަމުން ދިވެހިރާއްޖެއަށް މަހަލްދީބު ކިޔުން މާ ފުރިހަމަ ކަމަށް ތާރީޚަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅުން ވިދާޅުވެއެވެ. ޚާއްސަކޮށް ސާފް ޗެމްޕިއަންޝިޕުގެ ފަދަ ވާދަވެރި މުބާރާތްތަކުގައި "މޯލްޑިވްސް ހޮޕް ހޮޕް" ކިޔުމުގެ ބަދަލުގައި މަގޭ މަހަލްދީބު ކިޔުން މާ ފުރިހަމަ އެވެ. އަދި މިއީ ކުޅުންތެރިންނަށް ވެސް ލިބޭ ހިތްވަރެއްގެ ގޮތުގައި ބައެއް މީހުން ސިފަކޮށްފައިވެއެވެ.

މަގޭ މަހަލްދީބުސާފް ޗެމްޕިއަންޝިޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު