Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީގައި ރޯކޮށްލި މައްސަލަ

ރާއްޖެޓީވީ ރޯކޮށްލި މައްސަލައިގައި މީއާދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކެންސަލް

މި މައްސަލައިގެ ޚުލާސާ ބަޔާން ވަނީ އިއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2021 | ބުދަ 07:23
ރާއްޖެޓީވީ ރޯކޮށްލުމުގެ ދައުވާލިބޭ ހ. ގަސްވާ މުހައްމަދު މީއާދު

ރާއްޖެޓީވީ ރޯކޮށްލުމުގެ ދައުވާލިބޭ ހ. ގަސްވާ މުހައްމަދު މީއާދު

ރާއްޖެޓީވީގައި ރޯކޮށްލި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހ. ގަސްވާ މުޙައްމަދު މީޢާދުގެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ ބުދަ ދުވަހުގެ ހެނދުނު 10:00 އަށެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އަޑުއެހުން ކެންސަލްވެފައިވަނީ ދިފާއީ ވަކީލުންނާއި މައްސަލަ ބައްލަވާ ގާޒީ އެހެން އަޑުއެހުމެއްގައި އިންނެވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން މި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް އޭރު އިންނެވީ ތ. ތިމަރަފުށިން ހައްޔަރުކުރި ހަރުކަށި ފިކުރުކަމަށް ބުނާ މީހުންގެ ޝަރީއަތުގެ އަޑުއެހުމުގައެވެ. 09:00ށް ތާވަލުކޮށްފައި އޮތް މި އަޑުއެހުން މީޢާދުގެ މައްސަލަ ތާވަަލުކޮށްފައިވާ ވަގުތު ޖެހުނު އިރުވެސް ނިމިފައި ނުވާތީ އަޑުއެހުން ކެންސަލް ކުރީއެވެ.

މީއާދުގެ މައްޗަށް ދައުވާކުރާ މައްސަލައިގައި މިހާރު ވަނީ ހެކިބަސް ނަގައި ޚުލާސާ ބަޔާން ވެސް އިއްވާފައެވެ.

މައްސަލައިގެ ޚުލާސާ ބަޔާން އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، މީއާދު އިތުރު 5 މީހުންނާ ބައިވެރިވެގެން ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން ދިޔަ ބީކޭޓީ އިމާރާތުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި، ދައުވާ އިއްވުމުން ދައުވާއަށް މީއާދު އިންކާރު ކޮށްފައިވާ ކަމަށެވެ. މައްސަލަ ސާބިތު ކުރުމަށް ޕީޖީ އޮފީހުން ވަނީ ޝަފަހީ ހެކިންނާއި ކިތާބީ ހެކިންގެ ހެކިބަސް ނަގާފައެވެ.

ޚުލާސާ ބަޔާން އިއްވަވަމުން ވަކީލު ވިދާޅުވީ، ރާއްޖެޓީވީ ރޯކޮށްލި މީހުންގެ ތެރޭގައި މީއާދު ހިމެނޭކަން ސިއްރު ހެކިވެރިންގެ ބަހުން އެނގޭ ކަމަށެވެ. އަދި އޭނާ މޫނުގައި މާސްކް އަޅަން ހުރިތަން ފެނުނު ކަމަށާއި، އޭނާ ބީކޭޓީ އިމާރާތަށް ވަދެގެން ދިޔަތަން ފެނުނުކަމަށް ވެސް ސިއްރު ހެކިންގެ ހެކިބަހުން އެނގޭކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އޭގެ އިތުރުން، ރާއްޖެޓީވީ ރޯކޮށްލަން ބޭނުންކުރި ދަތް ދަގަނޑު ހިފައިގެން މީއާދުއާއެކު އިތުރު 5 މީހަކު އުޅުނުކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ބަރުދަނުގައި 690ގުރާމް، ދިގުމިނުގައި 15.5އިންޗި، ވަށަމިނުގައި 2އިންޗި ހުރި އެއްކޮޅު ލަންބާފައިވާ މި ދަގަނޑު ގަނޑަކީ ރާއްޖެޓީވީ އިމާރާތުގެ ދަގަނޑުގޭޓުގެ ތަޅު ހަލާކު ކޮށްލައި، އެއަށްފަހު ލަކުޑި ގޭޓު ފުނޑާލައިގެން އެތެރެއަށް ވަނުމަށް ބޭނުންކުރި ހަތިޔާރެވެ. ރާއްޖެޓީވީގެ ސްޓޭޝަން ރޯކޮށް އަންދާލުމަށްފަހު އެކަންކުރި މީހުން އެތަނުން ނިކުމެގެން ދިޔައިރު އެމީހުން ހަތިޔާރުގެ ގޮތުގައި ބޭނުންކުރި މި ދަތްދަގަނޑު އޮތީ އެތަނުގެ އެތެރޭގައެވެ.

މި މައްސަލައިގެ ދައުވާލިބޭ މީއާދުގެ ފަރާތުން ޚުލާސާ ގޮތެއްގައި އޭނާގެ ވަކީލު ވަނީ ތަހުގީގު މަރުޙަލާގެ ތެރެއިން މީއާދަށް ލިބެންޖެހޭ ޙައްޤުތައް ކަށަވަރު ކޮށްދީފައިވާކަން ސާފުވާން ނެތްކަމަށް ބުނެފައެވެ. އަދި ތުހުމަތު ކުރެވޭ މީހަކަށް ޤާނޫނު އަސާސީން ލިބެންޖެހޭ ޙައްޤުތައް ލިއްބައިދީފައި ނުވާކަމަށް ވަކީލު ވިދާޅުވިއެވެ. ދިފާއުން ވަނީ މީއާދުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވާ މިންވަރަށް ހެކި ހުށައަޅާފައި ނެތްކަމަށް ބުނެފައެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ މައްސަލައިގެ ޙުކުމަކަށްދާއިރު، ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ގާޒީ ވިދާޅުވީ ދެން މި މައްސަލައިގައި އޮންނާނީ ޙުކުމް ކުރެއްވުމަށް ބާއްވަވާ އަޑުއެހުމެއް ކަމަށެވެ.

ރާއްޖެ ޓީވީކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު