Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

ޕީއެސްޖީގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

26 ސެޕްޓެމްބަރު 2021 | އާދީއްތަ 06:33

މިހާތަނަށް ކުޅުނު އަށް މެޗުންވެސް ޕީއެސްޖީ ވަނީ މޮޅުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ސެޕްޓެމްބަރު 2021 | އާދީއްތަ 06:33
ޕީއެސްޖީ އާއި މޮންޕެލިއޭ ބައްދަލުކުރި މެޗުގެ ތެރެއިން

ޕީއެސްޖީ އާއި މޮންޕެލިއޭ ބައްދަލުކުރި މެޗުގެ ތެރެއިން

ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން މޮންޕެލިއޭ ބަލިކޮށް، ޕީއެސްޖީން ލީގުގައި ސައްތައިން ސައްތަ ރިކޯޑު ދަމަހައްޓައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައިވެސް ވާތު ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ކުޅެފައެއް ނުވެއެވެ. މީގެ ކުރިން މިދިޔަ ބުދަ ދުވަހުގެރޭ މެޓްޒް އަތުން ޕީއެސްޖީ މޮޅުވި މެޗުގައިވެސް މެސީ ކުޅެފައި ނުވާއިރު، މި ހަފުތާގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޕީއެސްޖީން ކުޅޭ މެޗަށްވެސް އޭނާ ފިޓުވާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

 ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން 14 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިދުރީސާ ގާނާ ގޭއެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކުރަން ޕީއެސްޖީގެ އަންޑަ ހެރޭރާއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ޕީއެސްޖީން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުގެ އިދުރީސާ ގާނާ ގޭ އާއި ނޭމާއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޖޫލިއަން ޑްރެކްސްލާ ވަނީ ލަނޑެއް ޖަހައި، ޕީއެސްޖީގެ ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު ޕީއެސްޖީ ވަނީ ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުންވެސް މޮޅުވެފައެވެ. އެއާއެކު ކުޅުނު އަށް މެޗުން ލިބުނު 24 ޕޮއިންޓާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓް ލިބިފައިވާ މާސޭއެވެ. އަދި ޕީއެސްޖީ އަތުން ބަލިވި މޮންޕެލިއޭ އޮތީ ތާވަލުގެ 11 ވަނައިގަައި އަށް މެޗުން ނުވަ ޕޮއިންޓާއެކުއެވެ.

ފްރެންޗް ލީގުޕީއެސްޖީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
30 ޖޫން 2025

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

30 ޖޫން 2025
އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް
21 ޑިސެމްބަރު 2024

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

21 ޑިސެމްބަރު 2024
ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން
11 ޑިސެމްބަރު 2024

ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ

11 ޑިސެމްބަރު 2024
ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ
07 ޑިސެމްބަރު 2024

ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް

07 ޑިސެމްބަރު 2024
ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް
05 ނޮވެމްބަރު 2024

ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!

05 ނޮވެމްބަރު 2024
ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް