Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

މިލާން އެއްވަނައަށް، އިންޓަ އެއްވަރު

އިންޓަ އާއި އެޓަލާންޓާ އެއްވަރުވީ 2-2 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ސެޕްޓެމްބަރު 2021 | ހޮނިހިރު 19:35
ސްޕެޒިއާ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެޒިއާ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސްޕެޒިއާ ބަލިކޮށް ތާވަލުގެ އެއްވަނައަށް އޭސީ މިލާން ޖެހިލިއިރު، އެޓަލާންޓާއާ ވާދަކޮށް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން އެއްވަރުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން މިލާން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި މިލާނުން ވަނީ ލީޑު ނަގާފައެވެ. ކަލޫލޫ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއަލް މަލްޑިނީއެވެ. އެއާއެކު ޑެނިއަލް ވެފައިވަނީ މިލާނަށް ލަނޑު ޖަހައިދިން ތިންވަނަ ޖީލުގެ މަލްޑިނީއަށެވެ. މީގެ ކުރިން އޭނާގެ ބައްޕަ ޕައޮލޯ މަލްޑިނީ އާއި، ކާފަ ސެޒާ މަލްޑިނީ ވަނީ މިލާނަށް ކުޅެ ލަނޑު ޖަހާފައެވެ.

ޑެނިއަލް މަލްޑިނީގެ ލަނޑުން މިލާނުން ލީޑު ނެގި ނަމަވެސް، މެޗުގެ 80 ވަނަ މިނެޓުގައި ސްޕެޒިއާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއެލް ވާޑޭއެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން އެލެކްސިސް ސައެލެމައެކާސް ތަނަވަސްކޮށްދިން ފުރުސަތަކުން ބްރަހިމް ޑިއާޒް ވަނީ ލަނޑެއް ޖަހައި، މި މެޗުން މިލާން މޮޅުކޮށްދީފައެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް މިލާން ޖެހިލިއިރު، ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އެޓަލާންޓާއާ އެއްވަރުވެ އިންޓައިން ވަނީ އަލުން އެއްވަނައަށް އަރަން ލިބުނު ފުރުސަތު ނަގާލާފައެވެ.

އިންޓަގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ލަޓާރޯ މާޓިނޭޒް ވަނީ ލަނޑެއް ޖަހައި، އިންޓައަށް ލީޑު ނަގައިދީފައެވެ. އެކަމަކު މެޗުގެ 30 ވަނަ މިނެޓުގައި އެޓަލާންޓާއިން ނަތީޖާ އެއްވަރުކުރިއިރު، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރުސްލާން މަލިނޯވްސްކީއެވެ. އަދި އޭގެ އަށް މިނެޓު ފަހުން އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ރަފައެލް ޓޮލޯއި ވަނީ ލަނޑެއް ޖަހައި، އެޓަލާންޓާއަށް ލީޑު ނަގައިދީފައެވެ.

މި މެޗުން އިންޓަ ބަލިނުވެ ސަލާމަތްވީ މެޗުގެ 71 ވަނަ މިނެޓުގައި އެޑިން ޒެކޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ލީޑު ނަގަން އިންޓައަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ފެޑެރީކޯ ޑިމާކޯ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި މިލާން އޮތީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ނާޕޮލީއަށް ފަސް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، އިންޓަ އޮތީ ތާވަލުގެ ތިންވަނައިގައި ހަ މެޗުން 14 ޕޮއިންޓާއެކުއެވެ.

އިޓާލިއަން ލީގުއޭސީ މިލާންއިންޓަރ މިލާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
06 މެއި 2025

އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

06 މެއި 2025
އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް
03 މެއި 2025

އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި

03 މެއި 2025
އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި
01 މެއި 2025

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު

01 މެއި 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު