Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ތައިލެންޑްގެ ހާލަތު

ތައިލެންޑަށް އަންނަ ފަތުރުވެރިން ކަރަންޓީނުވާންޖެހޭ މުއްދަތު މަދުކުރުމަށް ހުށަހަޅަނީ

ތައިލެންޑް ހުޅުވާލުމަށް މަސައްކަތްކުރަމުން މިއަންނަނީ ގާތްގަނޑަކަށް 18 މަސްދުވަހު އެގައުމު ބަންދުކޮށްފައި އޮތުމަށްފަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ސެޕްޓެމްބަރު 2021 | ހުކުރު 04:08
ތައިލެންޑްގެ ޕުކެޓްގެ ގޮނޑުދޮށުގައި މީހަކު އަރާމުކޮށްލަނީ

ތައިލެންޑްގެ ޕުކެޓްގެ ގޮނޑުދޮށުގައި މީހަކު އަރާމުކޮށްލަނީ

ތައިލެންޑަށް އެތެރެވާ، ވެކްސިން ފުރިހަމަކޮށްފައިވާ މީހުން މިހާރު ކަރަންޓީނުވާން ޖެހޭ ދެ ހަފްތާގެ މުއްދަތު ދެބައިކުޅަ އެއް ބަޔަށް ކުޑަކުރުމަށް ތައިލެންޑްގެ ޑިޒީސް ކޮންޓްރޯލް ކޮމިޓީން ނިންމައިފިއެވެ.

އެކޮމިޓީން މިގޮތަށް ނިންމާފައިމިވަނީ އަންނަ މަހުން ފެށިގެން ކަރަންޓީނަށް ލުއިތަކެއް ދިނުމަށާއި ބެންކޮކާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު އެހެން ތަންތަން އަލުން ހުޅުވާލުމުގެ ޕްލޭނަށް އަމަލުކުރުން ލަސްކުރަން ނިންމާފައިވަނިކޮށެވެ. ތައިލެންޑް ހުޅުވާލުމަށް މަސައްކަތްކުރަމުން މިއަންނަނީ ގާތްގަނޑަކަށް 18 މަސްދުވަހު އެގައުމު ބަންދުކޮށްފައި އޮތުމަށްފަހުއެވެ. މިއާއެކު އެގައުމުގެ ޓޫރިޒަމް އިންޑަސްޓްރީ ވަނީ އެއްކޮށް ކަހަލަގޮތަކަށް ހުއްޓުމަކަށް އައިސްފައެވެ. 2019 ވަނަ އަހަރު އެކަނިވެސް އެގައުމަށް 40 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެގައުމުގެ ސިއްހީ އިސް އޮފިޝަލަކު ވިދާޅުވީ ކަރަންޓީނުގެ މުއްދަތު މަދުކުރަނީ ހަމައެކަނި ފަތުރުވެރިންނަށް ނޫންކަމަށެވެ. ކަރަންޓީނުގެ މުއްދަތު މަދުކުރުމަށް ނިންމުމުން އެކަމުގެ ފައިދާތައް ވިޔަފާރިވެރިންނަށާއި އެގައުމަށް ކިޔަވަން އަންނަ ކުދިންނަށް ވެސް ވާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިހާރު ކޮމިޓީން ނިންމާފައިވާ ނިންމުން ހޯމަ ދުވަހު ސަރުކާރަށް ހުށަހަޅާނެއެވެ. މިނިންމުމުގައި ވެކްސިން ފުރިހަމަކޮށްފައިނުވާ މީހުން ވައިގެ މަގުން އަންނަނަމަ 10 ދުވަސް އަދި އެއްގަމުން އަންނަނަމަ 14 ދުވަހު ކަރަންޓީނުވާން ޖެހޭނެއެވެ.

ތައިލެންޑްގެ ކަމާބެހޭ ފަރާތްތަކުން އަންނަ މަހު އެގައުމު ހުޅުވާލުމަށް އެކުލަވާލި ޕްލޭނަށް އަމަލުކުރުން ނޮވެމްބަރ މަހަށް ވަނީ ފަސްކޮށްފައެވެ. އެއީ އެގައުމުގައި ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު މަދުވަމުންނެވެ. އެގައުމުން މަސައްކަތްކުރަމުން އަންނަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން އެއްވެސް ގޮތަކަށް ކަރަންޓީނުވާން ނުޖެހޭނެ ގޮތްހެދުމަށެވެ.

މިޕްލޭންގެ ދަށުން މިހާތަނަށް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނުގެ ލުއިތަކެއް ދީގެން އެތެރެވަމުން އަންނަނީ ޕުކެޓްގެ އިތުރުން ސައުމީ އައިލެންޑްސް އަށެވެ.

ތައިލެންޑްގެ 72 މިލިއަން މީހުން ދިރިއުޅެމުން އަންނަ އާބާދީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދު ތިންބައިކުޅަ އެއްބަޔަށް ވެސް ނާރައެވެ.

ތައިލެންޑްގައި މިހާތަނަށް 1.5 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. އަދި 15،884 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

ކޮވިޑް-19ތައިލެންޑް

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025
މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
25 އޮކްޓޯބަރު 2025

އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ

25 އޮކްޓޯބަރު 2025
އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު