Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްދަރު ހާމަކުރުމުގެ މާއްދާ އުވާލުމަށް ގޮވާލުން

ހެއްކާބެހޭ ބިލުގައިވާ މަސްދަރު ހާމަކުރުމުގެ މާއްދާ އުވާލުމަށް މީޑިޔާ ކައުންސިލުން ގޮވާލައިފި

ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް އެޅިގެންދާގޮތަށް ޤާނޫނެއް ފާސްވުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ ހޯދަމުންދާ ކުރިއެރުންތައް ހުއްޓިދާނެ ކަމެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2021 | ބުދަ 17:39
ނޫސްވެރިންގެ އިހުތިޖާޖު

ނޫސްވެރިންގެ އިހުތިޖާޖު

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅައި ބަހުސްކުރަމުންދާ ހެއްކާބެހޭ ބިލުގައި ނޫސްވެރިޔާގެ މަސްދަރުހާމަކުރުމަށް ފަނޑިޔާރުންނަށް މަޖުބޫރުކުރެވިދާނެ ހާލަތެއް އިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނާފައިވާތީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ނިގުޅައިގަނެވި، މަސްދަރު ހާމަކުރުމަށް މާއްދާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް މޯލްޑިވްސް މީޑިޔާ ކައުންސިލު(އެމްއެމްސީ)ން ބުނެފިއެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްއެމްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބޭނެފަދަ މާއްދާއެއް ހިމަނާފައިވުމަކީ، އެމްއެމްސީން ކަންބޮޑުވާކަމެއްކަމަށެވެ. ޤާނޫނު އަސާސީގެ 28 ވަނަ މާއްދާގައި، "ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެނެއްނުވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާ ކަމަށް އެމްއެމްސީން ބުނެއެވެ.

އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުހަލާގައި މިހާރު އޮތް ހެއްކާބެހޭ ބިލުގެ 136 ވަނަމާއްދާގެ (ށ) ގައި ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް، ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެ 2 ހާލަތެއްއިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނާފައިވެއެވެ. އެމްއެމްސީން ދެކޭގޮތުގައި، މި މާއްދާ މިގޮތަށް އޮވެ ބިލު ފާސްވެއްޖެނަމަ، ޤާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ނިގުޅައިގަނެވި، މަސްދަރު ހާމަކުރުމަށް މާއްދާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިއީ އެމްއެމްސީން ކަންބޮޑުވާކަމެއް ކަމަށާއި މިފަދައިން ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް އެޅިގެންދާގޮތަށް ޤާނޫނެއް ފާސްވުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ ހޯދަމުންދާ ކުރިއެރުންތައް ހުއްޓިދާނެ، އަދި އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް ބައިނަލްއަޤުވާމީ އެތައް ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމެއްކަމަށްވެސް އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ވުޖޫދަށް އައުމުގެ ސަބަބުން ދިވެހިރާއްޖޭގެ މީޑިއާ ދާއިރާއަށް ލިބިގެންދިޔަ ގެއްލުންތަކުން ފިލާވަޅު ލިބިގަނެ، ހެއްކާއި ބެހޭ ބިލުންވެސް މިފާހަގަކުރެވުނު ބައިތައް އުނި ކުރުމަށް އެމްއެމްސީން ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއާ ބައްދަލުކުރުމަށާއި، އަދި މިކަން އިސްލާހުކުރުމަށް ކުރަންޖެހޭކުރުމަށް ކައުންސިލުގެ ޖަލްސާގައި ފާސްކޮށްފައިވާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ހެއްކާބެހޭ ބިލަކީ ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތަޢާރަފްކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ. މިބިލްގެ 136 ވަނަ މާއްދާ އަކީ ނޫސްވެރިންނާއެކު ކުރެވޭ މުއާމަލާތަށް ލިބިދޭ އިމްތިޔާޒާ ގުޅޭ މާއްދާއެވެ. މިމާއްދާގެ ށ ގައި ބުނެފައިވަނީ :

- މައްސަލައެއްގެ ޚަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު އަންނަނިވި ކަންކަމަށްވުރެ ބޮޑުކަމުގައި ޝަރީޢަތަށް ބުރަވެވޭނަމަ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީޢަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެއެވެ.

1- ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެމީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަވުން

2- ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ވާޤިޢާއެއް ނުވަތަ ރައުޔެއް އާންމުންނާ ހަމައަށް ގެނައުމާމެދު އަދި ވާޤިޢާތަކުގެ މައުލޫމާތު ހޯދުމުގައި މައުލޫމާތު ދޭނެ ފަރާތްތަކާއި ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަވުން.

މިހެންނެވެ.

ސަރުކާރުގެ ފަރާތުން މިބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި

މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި

19 ސެޕްޓެމްބަރު 2025
ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް

ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް

31 އޯގަސްޓު 2025
ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

03 މެއި 2025
މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް

މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް

17 ޑިސެމްބަރު 2024
ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި

ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި

31 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު