Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާތަކުގެ މިނިވަންކަން ހަނިކުރުން

ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ކޮމިޝަންގެ ހިންގުމުގެ އެންމެ އިސް ފަރާތްތައް ކަމުގައިވާ ކޮމިޝަންގެ ރައީސް އަދި ނާއިބު ރައީސަކު ކަނޑައެޅުމުގެ ބާރުވެސް ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2024 | ހުކުރު 14:38
އެމްޑީޕީގެ ކޮންފަރެންސެއްގައި، އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ

އެމްޑީޕީގެ ކޮންފަރެންސެއްގައި، އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ

ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން އާއްމު ކުރި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ނޫސްވެރިންނާއި މީޑިއާތައް ސަރުކާރުގެ ކޮންޓްރޯލްގެ ދަށުން މަސައްކަތްކުރަންޖެހޭ ގޮތައް ހަދައި، ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބިލާ ގުޅޭ ގޮތުން، މީޑިއާތައް ތަމްސީލުކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ޖަމިއްޔާ (މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން) ގެ ބޭފުޅުންނާ އެ ޕާޓީން ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުން އެ ބިލާމެދު ނޫސްވެރިންގެ ހުރި ނުހަނު ބޮޑެތި ގިނަ ކަންބޮޑުވުންތަކެއް އެނގިފައިވާ ކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެގޮތުން ނޫސްވެރިންގެ ފަރާތުން ހިއްސާކުރި ކަންކަމުގެ ތެރޭގައި، އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، މީޑިއާތަކުގެ ރެގިއުލޭޓަރީ އިދާރާއެއްގެ ގޮތުގައި، މީޑިއާގެ ވޯޓާއެކު އިންތިހާބުވެގެން އެކުލަވައިލައިފައިވާ މިނިވަން މީޑިއާ ކައުންސިލް އުވާލުން ކަމަށާއި، ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށް އެކުލަވައިލާ މީޑިއާ ކޮމިޝަނަކަށް، މީޑިއާތައް ރެގިއުލޭޓްކުރުމުގެ ބާރު ދޭ ގޮތަށް އޮތުމަކީ މީޑިއާތަކުގެ ކަންބޮޑުވުމެއް ކަމަށް ވަނީ ބުނެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ބިލުގައި އޮތް ގޮތުންނަމަ، މި ކޮމިޝަނުގައި ހިމެނޭ 7 މެންބަރުންގެ ތެރެއިން 4 މެމްބަރުންނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން، ކޮމިޝަންގެ ހިންގުމުގެ އެންމެ އިސް ފަރާތްތައް ކަމުގައިވާ ކޮމިޝަންގެ ރައީސް އަދި ނާއިބު ރައީސަކު ކަނޑައެޅުމުގެ ބާރުވެސް ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށްކަން ބަޔާނުގައި ފާހަގަކޮށްފައެވެ. ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމަކީ، މި ބިލުގެ އިސް އެއް މަގްސަދު ކަމަށް ބަޔާންކޮށްފައިވާއިރު، ބިލުގެ އެންމެހައި މާއްދާތަކެއް ފަރުމާކޮށްފައިވަނީ، ނޫސްވެރިންގެ މަސައްކަތުގައި އެފަރާތްތަކަށް އޮންނަ އެންމެހައި މިނިވަންކަމެއް ހަނިވެގެންދާ ގޮތަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ނޫސްވެރިން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ގުޅޭ ގޮތުން ބިލުގައި ހިމަނައިފައި ހުރި ކަންކަމުގެ ގޮތުގައި، މީހެއްގެ ހުރުމަތާއި، އިއްޒަތާއި ގަދަރަށް އުނިކަން އަންނަ ބަސްތައް ޝާއިޢުނުކުރުމާއި، ވަކި ފަރާތަކަށް ބުރަވުމެއްނެތި ހަބަރު ގެނެސްދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ހުރި މާއްދާތައް ސިފަކުރެވެނީ، ސަރުކާރުން ކުރާ ނޭދެވޭ ކަންކަމާއި ސަރުކާރަށް ފާޑުކިޔުން އަމާޒުވާ ގޮތަށް ގެނެސްދޭ އެއްވެސް ހަބަރެއް ފެތުރުނަނުދިނުމުގެ މަގްސަދުގައި ހިމަނައިފައިވާ މާއްދާތަކެއްގެ ގޮތުގަ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މީޑިއާ ކޮމިޝަނުން ނުރުހޭ ކޮންމެ ހިނދެއްގައި، މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ހިމަނައިފައިވާ މާއްދާތަކަކީ ވެސް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކަނޑައެޅިގެން ހުރަސް އެޅުން ކަމަށް ސިފަކޮށްފައިވެއެވެ. މީގެ އިތުރުން ނޫސްތަކާއި މީިޑިއާތައް ބަންދުކޮށް، ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ނޫސްވެރިންނާއި މީޑިއާތަކުން އަދާކުރަމުންދާ ދައުރު މުޅިން ނައްތައިލުމަށް ޓަކައި ހިމަނައިފައިވާ މާއްދާތަކެއްކަމަށް ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންނާ ގުޅިފައިވާ ކަންކަމުގެ ހަބަރު، ހާމަކަމާއި ދެފުށްފެންނަ އުސޫލަކުން ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދިނުމުގައްޔާއި ސަރުކާރާއި ރައްޔިތުންގެ މަންދޫބުން ޖަވާބުދާރީކުރުވުމުގައި ވެސް ނޫސްވެރިންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. ޑިމޮކްރަސީގެ އުސޫލުތައް ނަގަހައްޓައި، ސަރުކާރަކުން މަސައްކަތްކުރަންވާނީ، ވީހާވެސް ފުޅާދާއިރާއެއްގައި ނޫސްވެރިކަމުގެ މަސައްކަތްކުރެވޭނެ ޖާގަ ތަނަވަސްކޮށްދިނުމަށް ކަމަށް ވާއިރު، މި ކަމުގެ، ނޫސްވެރިކަމުގެ ދާއިރާގައި ރާއްޖެ ހާސިލްކޮށްފައިވާ ކުރިއެރުމާއި ކާމިޔާބީތައް އެތަށް ގުނައަކުން ފަހަތަށް ސޮއްސައިިލާނެކަމުގެ ކަންބޮޑުވުންވެސް ނޫސްވެރިންގެ މެދުގައި އޮތްކަން ފާހަގަކުރެވެއެވެ.

މިއީ، ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާ ދަރަޖައަށް ހަނިވެ، ނޫސްވެރިންގެ މަސައްކަތްތަކުގައި ގިނަ ގުނަ ގޮންޖެހުންތަކާ ކުރިމަލާންޖެހޭނެ ކަމެެއްކަން ނޫސްވެރިންގެ ވާހަކަތަކުން ފާހަގަވެފައިވާ ކަމަށް އެ ޕާޓީގެ ބަޔާނުގައިވެއެވެ. އެހެންކަމާއެކު، މި ބިލު އަނބުރައި ގެންދިއުމަށް އެމްޑޕީން ވަނީ ގޮވާލާފައެވެ.

ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ޓަކައި ޒިންމާދާރު އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން، ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި މި ފުރުސަތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ނެގެހެއްޓުމުގައްޔާއި، އަދި ވަކިން ހާއްސަކޮށް، ހިޔާލުފާޅުކުރުމާއި، ދުލާއި ގަލަމުގެ މިނިވަންކަމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއްް ކުރުމުގައި އެ ޕާޓީ ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް ވަނީ ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު