Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފިޔާޒް އަށް ބިރުދެއްކުން

ރައީސް މުޢިއްޒު، ފިޔާޒަށް އިންޒާރުދިން މައްސަލަގައި ފިޔާޒް ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިފި

ގާނޫނީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 22 މާރިޗު 2025 | ހޮނިހިރު 08:47
އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ

އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި އިންޒާރު ދެއްވައި ބިރުދެއްކެވި މައްސަލައާ ގުޅިގެން، އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވަނީ، ރައީސް މުއިއްޒު، ފިޔާޒު އަށް އިންޒާރުދިން މައްސަލަ ތަހްޤީޤްކޮށްދިނުމަށް އެދި އަދަދު ނޫހުން ފުލުހަށް ހުށަހަޅާފައިވާ މައްސަލައާއި، މިމައްސަލަ ބަލައިދިނުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލުން ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެންނެއެވެ.

Advertisement - newsAdvertisement

ފުލުހުންނަށް ބަޔާން ދިނުމަށްފަހު އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ، ދެ މައްސަލާގައި ބަޔާން ނަގާފައިވާ ކަމަށާއި، އެކަން ހިނގާދިޔަ ގޮތް ފުލުހުންނަށް ކިޔާދީފައިވާ ކަމަށެވެ.

ދައުލަތުގެ އެންމެ މަތީވެރިޔާ، ފުލުހުންނާއި ސިފައިންގެ އެންމެ މަތީވެރިޔާ، އަޅުގަނޑު ކަހަލަ އާދައިގެ މީހަކަށް ގުޅާފައި ޤާނޫނުގެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނަމޭ ބުނީމާ، އާދައިގެ ކަމެއްގެ ގޮތުގައި ތަޙްޤީޤްކުރާ އިދާރާތަކުން ނެގިގެން ނުވާނެ. އެދެނީ ވަރަށް ވަރިގަދަ އިންޒާރެއް. ވަރަށް ބޮޑު މުރައްކަލަކަށް.
އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ

ނޫސްވެރިކަމުގެ މިވޭދުވެދިޔަ އަހަރުތަކުގައި، ސަރުކާރުތަކުގައި ތަޖްރިބާ ކުރެވިފައިހުރި ކަންކަމުން ބިރުވެރިކަން އިންތިހާއަށް، އެދުވަހުގެ ކޯލްއަށް ފަހުން އިޙްސާސްކުރެވުނު ކަމަށް ފިޔާޒް ވިދާޅުވި އެވެ. ބިރު ނުގަންނަ ކަމަށް ދައްކައިގެން ތިބި ކަމުގައިވީ ނަމަވެސް ހިތުގައި އެބިރުވެރިކަން އިޙްސާސްކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިމައްސަލައާއި ގުޅިގެން ފުލުހުންގެ އިދާރާއިން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

14 މާރޗް 2025 ރޭ އިރާކޮޅުގެ ވަގުތެއްގައި ރައީސް މުޢިއްޒު ވަނީ ފިޔާޒަށް ފޯނުން ގުޅައި އިންޒާރުދެއްވާ ބިރު ދައްކަވާފައެވެ. ފޯނުން ގުޅުއްވާ ފިޔާޒް އާ ދެކޮޅަށް އެޅުއްވެން ހުރި ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށް މުއިއްޒު ވިދާޅުވި ކަމަށް އެނގިފައިވެއެވެ.

އެ މައްސަލަ އާއި ގުޅިގެން 'އަދަދު' ނޫހަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ގުޅުއްވައި އިންޒާރު ދެއްވަންޖެހޭ ސަބަބެއް ނެތްކަމަށް އެ ނޫހުން ދެކޭކަން އަދަދު ނޫހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ގައުމުގެ ރައީސުލްޖުމްހޫރިއްޔާއަކީ، ދިވެހިރާއްޖޭގެ އެންމެހައި ފަރުދުންގެ މިނިވަންކަމާއި، ރައްކާތެރިކަމާއި، އެންމެހައި ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގުތައް ލިބިދެވޭކަން ކަށަވަރުކުރުމުގެ ޒިންމާ އޮތް ފަރާތްކަމަށް ވާއިރު އެފަދަ އަމަލެއް ރައީސް ހިންގެވުމުން އެކަމާއި މެދު އެ ނޫހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަދި ގައުމުގެ އެންމެ އިސްވެރިޔށާގެ ފަރާތުން ނޫސްވެރިންނަށް އިންޒާރު ލިބުމަކީ އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމްޖޭއޭއިން ނެރުނު ބަޔާނުގައި ވަނީ މީގެ އިތުރުންވެސް އަދަދު ނޫހުގެ އެކި ނޫސްވެރިންނަށް އެކި ފަހަރުމަތިން ލިބިފައިވާ އިންޒާރުތަކާއި ގުޅޭ ގިނަ މައްސަލަތަކެއް ހުރިއިރު، އެކަންކަމާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެހެންކަމުން އަދަދު ނޫހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ، އިންސާފުވެރިކަމާއި އެކު ވީހާވެސް އަވަހަށް ތަހުގީގު ކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެމްޖޭއޭއިން ވަނީ ގޮވާލާފަ އެވެ.

މިޝަކުވާއާއި ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އެއޮފީހުގެ ކޮމިއުނިކޭޝަން އިސްވެރިން އެޖަމިއްޔާއަށް އެއްވެސް ޖަވާބެއް މިހާތަނަށް ދެއްވާފައި ނުވާ ކަމަށް އެމްޖޭއޭ އިން ވަނީ ބުނެފަ އެވެ.

އެމްޖޭއޭގެ އިތުރުން އިދިކޮޅު އެމްޑީޕީން އަދި އާންމުންގެ ގިނަ ބަޔަކު ވެސް ދަނީ މިކަން ކުށްވެރިކޮށް، މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ގޮވާލަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު