Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެއާއި ސްވިޒަރލެންޑްގެ ގުޅުން

ދެ ރައީސުންގެ ބައްދަލުކުރެއްވުން: ރާއްޖެއާއި ސްވިޒަރލެންޑުގެ ގުޅުން އިތުރަށް ބަދަހިވާނެ

ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2021 | ބުދަ 13:21
ރައީސުލްޖުމްހޫރިއްޔާ، ސްވިޒަރލެންޑުގެ ރައީސާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ، ސްވިޒަރލެންޑުގެ ރައީސާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު, ސްވިޒަރލެންޑް(ސްވިސް ކޮންފެޑެރޭޝަން)ގެ ރައީސް ހިޒް އެކްސެލެންސީ ގައި ޕާރމެލިން އާ ބައްދަލުކުރައްވައި, ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ، އ.ދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް, ރައީސް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ބައްދަލުވުމުގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ބުދަ ދުވަހު އ.ދ.ގެ މައި އިދާރާގައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައި ޚިޔާލު ބަދަލުކުރައްވާފައެވެ. އެގޮތުން ކޮވިޑް-19 ޕެންޑަމިކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް ފަދަ މައުޟޫޢުތަކުގެ މައްޗަށް ދެ ބޭފުޅުން ބައްލަވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސްވިޒަރލެންޑުގެ ކޮވިޑްގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވައި، ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ރާއްޖޭގެ ބޯޑަރުތައް އަލުން ފަތުރުވެރިންނަށް ހުޅުވާލުމަށް ސަރުކާރުން އަޅާފައިވާ ކާމިޔާބު ފިޔަވަޅުތަކުގެ މައުލޫމާތު ސްވިޒަރލެންޑްގެ ރައީސާ ހިއްސާކުރައްވާފައެވެ. އަދި ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޚާއްސަ އިސްކަމެއް ދެއްވުމާ ބެހޭގޮތުން ދެ ގައުމުގެ ރައީސުން މަޝްވަރާ ކުރެއްވިއެވެ. އެގޮތުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާ ސްވިޒަރލެންޑާ ދެމެދު ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޮވިޑް-19 ޓްރެވަލް ސެޓްފިކެޓްގެ ނިޒާމެއް ގާއިމުކުރުމަށް ދެ ބޭފުޅުން ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމުގެ ގޮތުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން މަދުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފުސީލު ސްވިޒަރލެންޑްގެ ރައީސާ ހިއްސާކުރެއްވިއެވެ. ރާއްޖެއާއި އަދި ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއްގެ ވެރި ގައުމުތަކަށް ކްލައިމެޓް ފައިނޭންސިންގގެ ފުރުސަތުތައް ހޯދައިދިނުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން ލިބެމުންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ކްލައިމެޓް އިމަރޖެންސީއާ ބެހޭގޮތުން ވެސް މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން، ރައީސް ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ އެކި ގައުމުތަކަށް ކުރިމަތިވާ ކްލައިމެޓް ފައިނޭންސިންގގެ މައްސަލަ ހައްލުކޮށް ދިނުމަށް ޔޫރަޕުގެ އިއްތިހާދުގެ އިސްނެގުމުގެ މަތިން ކުރަމުންދާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ތައުރީފު ކުރައްވާފައިވެއެވެ.

ސްވިޒަރލެންޑްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް 2030ގެ ނިޔަލަށް 45 އިންސައްތަ ދަށްކުރުމާއި، އަދި 2050 ވަނަ އަހަރާ ހަމައަށް ނެޓް-ޒީރޯ ހާސިލުކުރުމުގެ އަމާޒަށް ގައުމުތަކުން މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ޓެރަރިޒަމާއި، ހައްދު ފަހަނައަޅައިދިއުމުގެ ހުރިހާ ބާވަތެއްގެ އަމަލުތައް ހުއްޓުވުމުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ މުޖްތަމައާ ގުޅިގެން މަސައްކަތް ކުރަމުން ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރާއްޖެއާއި ސްވިޒަރލެންޑާ ދެމެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޞާލިޙާއި ސްވިޒަލެންޑްގެ ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ސްވިޒަރލެންޑާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1981 ޖޫން 23 ގައެވެ.

ސްވިޒަރލެންޑު

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

ސްޕެއިން އިން ފަހު ވަގުތު ސްވިޒަލެންޑު ބަލިކޮށްފި

19 ނޮވެމްބަރު 2024
ސާބިއާ އަތުން ވެސް ސްވިޒަލެންޑު ބަލިވެއްޖެ

ސާބިއާ އަތުން ވެސް ސްވިޒަލެންޑު ބަލިވެއްޖެ

13 އޮކްޓޯބަރު 2024
ޕެނަލްޓީ ގައި ކުރި ހޯދައި އިންގްލެންޑު ސެމީ ފައިނަލަށް

ޕެނަލްޓީ ގައި ކުރި ހޯދައި އިންގްލެންޑު ސެމީ ފައިނަލަށް

06 ޖުލައި 2024
ސްވިޒަލެންޑުގެ ނަތީޖާއާ މެދު ޔަކިން ހިތްހަމަ ޖެހިފައި

ސްވިޒަލެންޑުގެ ނަތީޖާއާ މެދު ޔަކިން ހިތްހަމަ ޖެހިފައި

25 ޖޫން 2024
ސްވިޒަލެންޑު ކައިރިން ޖަރުމަނު ސަލާމަތްވީ ކިރިޔާ

ސްވިޒަލެންޑު ކައިރިން ޖަރުމަނު ސަލާމަތްވީ ކިރިޔާ

24 ޖޫން 2024

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު