Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޢަލީ ވަޙީދަށް ކުރާ ތުހުމަތުތައް

ފްރޭމްކޮށް، ބޭރުކުރީ މަގާމުގެ ދަހިވެތިކަމުގައި: ޢަލީ ވަޙީދު

ފްރޭމްކުރީ ސަރުކާރުގެ ތެރެއިން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2021 | ހޯމަ 18:08
ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު

ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު

ތުހުމަތު އަޅުވައި، ޓުއަރިޒަމް މިނިސްޓަރ ކަމުން ވަކިކުރެއްވީ މަގާމުގެ ދަހިވެތިކަމުގައި ކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ދިވެހިރާއްޖޭގެ މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން, ތަކުރާރުކޮށް އޭނާ ވިދާޅުވީ ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިނުވާނެ ކަމަށެވެ. އެއީ ފްރޭމް ކުރުމުގެ މަގުސަދުގައި ސަރުކާރުގެ ތެރެއިން ކޮށްފައިވާކަމެއް ކަމަށެވެ. މިކަން ކޮށްފައިވަނީ ފިރިހެނުންތަކެއް ބައިވެރިވެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަގާމުން އިސްތިއުފާދެއްވުމަށް އެދި އެންމެ ފުރަތަމަ އެމަނިކުފާނަށް ގުޅުއްވީ ރައީސް އޮފީހުގެ ސެކެޓްރީ ޖެނެރަލް ކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާވެސް ގުޅުއްވައި އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭރުވެސް މިކަން ކޮށްފައިނުވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާއަށް ދަންނަވާފައިވާކަމަށާއި، ނުކުރާ ކަމެއްގެ އިލްޒާމު އެޅިގެން މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވި ކަމަށް, އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއްގެ ފަރާތުން އައި ޝަކުވާއާ ގުޅިގެން އެގޮތަށް ނިންމެވީ ކަމަށް ވިދާޅުވި ކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.

އެއަށްފަހު އައީ މިނިސްޓަރ ކަމުން ވަކި ކުރި ކަމުގެ ސިޓީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނުކުރާ ކަމެއްގެ އިލްޒާމު އަޅުވައި މަގާމުން ވަކި ކުރުމުން، މިއީ މަގާމުގެ ބޭނުމުގައި ސަރުކާރުގެ ތެރެއިން ހިންގާފައިވާ އަމަލެއްކަން ވަރަށް ބޮޑަށް ސާފުވާ ކަމަށް ޢަލީ ވަޙީދު ވަނީ ވިދާޅުވެފައެވެ. އަދި މިވަގުތު ޓުއަރިޒަމް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވީ ސަރުކާރުން ބޭނުންފުޅުވާ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދު ތަކުރާރުކޮށް ވިދާޅުވީ, އެއްވެސް މީހަކަށް ގަދަކަމުން ޖިންސީ ގޯނާއެއް ނުވަތަ އެނޫންވެސް ގޯނާއެއް ކޮށްފައި ނޯންނާނެ ކަމަށެވެ. މިކަން އެނގޭނެ މީހުން ޓުއަރިޒަމް މިނިސްޓްރީގައި މިހާރުވެސް ތިބޭނެ ކަމަށެވެ. އަދި އޭރު އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި އެމްއެންޑީއެފް ބޭފުޅުންނަށްވެސް އެމަނިކުފާނަކީ ކޮންކަހަލަ ބޭފުޅެއްކަން އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢަލީ ވަޙީދު ޓޫރިޒަމް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވިއިރު، އެ ވުޒާރާގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ އުފުލައި, ޝަރީއަތް ކުރިއަށްދާއިރު އޭނާ ހުންނެވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައެވެ. އެ މައްސަލަ ފެންމަތިވުމާއެކު އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އަދި އެކަން ކުރީ އަސްޢަދު ޢަލީ (އަޑުބަރޭ) ޖާމިނުވާގޮތަށެވެ. އެހެންނަމަވެސް ހަތަރު މަސްވެ، ޝަރީއަތް ފެށުނު އިރު ވެސް އޭނާ ރާއްޖެއަށް އެނބުރި ވަޑައިގެންފައެއް ނުވެއެވެ. އަދި އެކަމުގެ ޒިންމާ އަޑުބަރޭ ވެސް ނަގާފައެއް ނުވެއެވެ.

އޭގެ އިތުރުން، ވިސާ އޯވަރ ސްޓޭވެގެން އެގައުމުގެ ގާނޫނާ ޚިލާފުވި މައްސަލައިގައި ޢަލީ ވަޙީދު ހައްޔަރުކޮށް ޑިޓެންޝަންގައި ބަހައްޓާފައިވެއެވެ. އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ދަނީ ސުޕްރީމް ކޯޓުގެ ޙުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާގެ މައްޗަށް އިއްވާފައިވާ 2 މަހާއި 12 ދުވަހުގެ ހުކުމް ތަންފީޒު ކުރުމަށް އޭނާ މާލެ ގެނައުމަށް ކަރެކްޝަންގެ މައްޗަށް އަންގާފައިވާތީ, ކަރެކްޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީއެވެ.

އަލީ ވަޙީދު

ކޮމެންޓް

އިތުރަށް ކިޔާލަން

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
އަލީ ވަހީދު އެމްޑީޕީއަށް

އަލީ ވަހީދު އެމްޑީޕީއަށް

07 ޑިސެމްބަރު 2023
ޖަލު ޙުކުމަށްފަހު އަޑުބަރޭ މިނިވަންކޮށްފި

ޖަލު ޙުކުމަށްފަހު އަޑުބަރޭ މިނިވަންކޮށްފި

06 މާރިޗު 2022
އަޑުބަރޭ ޖަލަށްލީ ކޯޓުގެ ޙުރުމަތް ކަނޑައިގެން، އޭނާ ޖާމިނުވި އިޤުރާރަށް ޚިލާފުވެފައިވާތީ ފިޔަވަޅު އެޅުމަށް ދައުލަތުން އެދޭ

އަޑުބަރޭ ޖަލަށްލީ ކޯޓުގެ ޙުރުމަތް ކަނޑައިގެން، އޭނާ ޖާމިނުވި އިޤުރާރަށް ޚިލާފުވެފައިވާތީ ފިޔަވަޅު އެޅުމަށް ދައުލަތުން އެދޭ

20 ފެބުރުއަރީ 2022
ހުކުމަށް ހަފުތާއެއް ވެގެން ދިޔައިރުވެސް އަޑުބަރޭ ނުގެނެވޭ

ހުކުމަށް ހަފުތާއެއް ވެގެން ދިޔައިރުވެސް އަޑުބަރޭ ނުގެނެވޭ

09 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު