Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަލީ ވަހީދު ފިލި މައްސަލަ

ހުކުމަށް ހަފުތާއެއް ވެގެން ދިޔައިރުވެސް އަޑުބަރޭ ނުގެނެވޭ

ޖަލު ހުކުމް ތަންފީޒު ކުރުމަށް އަޑުބަރޭ ގެނައުމަށް ފުލުހުންގެ ކިބައިން އެދިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2022 | ބުދަ 11:27
އަލީ ވަހީދު ރާއްޖެއައުމަށް އެދުމުން އެކަމަށް އަލީ ވަހީދު ވަނީ އިންކާރުކޮށްފައި

އަލީ ވަހީދު ރާއްޖެއައުމަށް އެދުމުން އެކަމަށް އަލީ ވަހީދު ވަނީ އިންކާރުކޮށްފައި

ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށް ސާބިތުވެފައިވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ (އަޑުބަރޭ)ގެ ހުކުމް ތަންފީޒު ކުރުމަށް އޭނާ ގެނައުމަށް ފުލުހުންގެ ކިބައިން އެދިފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނެފިއެވެ.

ކްރިމިނަލް ކޯޓުގެ ޗިޓާ ހަވާލުވެ، ކޯޓަށް ހާޒިރުވެފައި ނުވުމާއި، ކޯޓުގެ ހުރުމަތް ކެނޑޭފަދަ އަމަލުތަކެއް އަޑުބަރޭގެ ފަރާތުން ފެނިފައިވާތީ އޭނާގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2 ފެބްރުއަރީގައެވެ. އެހެންނަމަވެސް މިހާތަނަށްވެސް އޭނާ ގެނެވިފައެއް ނުވެއެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ޖަލު ހުކުމް ތަންފީޒުކުރުމަށް އަޑުބަރޭ ގެނައުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށާއި، އޭނާ ކަރެކްޝަންސްއާ ހަވާލު ކުރުމާއެކު، ހުކުމް ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ކަރެކްޝަންސްއިން ކުރާނެ ކަމަށެވެ.

ރާއްޖެއެމްވީން ސުވާލުކޮށްލުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހުކުމް ތަންފީޒު ކުރުމަށް އަޑުބަރޭ ގެނެސްދިނުމަށް އެދި 2 ފެބްރުއަރީގައި ކަރެކްޝަންސްގެ ސިޓީއެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވަނީ, އަޑުބަރޭ ޖާމިނުވުމުގެ އިގުރާރާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުމަށް ކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރައްވައި، އޭނާ 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރައްވާފައެވެ. އަޑުބަރޭގެ ޣައިރު ހާޒިރުގައި އެ ހުކުމް ކުރެއްވިއިރުވެސް އޭނާ ހުރީ ރާއްޖެއިން ބޭރުގައެވެ.

ގާޒީ ހަސަން ސައީދު ކުރެއްވި މިހުކުމުގައިވިދާޅުވެފައިވަނީ, އަލީ ވަހީދު އަނބުރާ ރާއްޖެ ގެނައުމަށް އަޑުބަރޭ ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށެވެ.

އޭގެ ބަދަލުގައި ތަކުރާރުކޮށް އަޑުބަރޭ ބުނަމުން ގެންދިޔައީ އޭނާ ޖާމިނުވީ 4 މަހަށް ކަމަށާއި، އެ މުއްދަތުގައި އޭނާ ހާޒިރު ކުރުމަށް ކޯޓުން އަންގާފައި ނުވާކަމަށް ކަން ގާޒީ ފާހަގަކުރެއްވިއެވެ. މިއީ ކޯޓާމެދު ނުބައި ތަސައްވުރެއް އުފެއްދުންކަން ފާހަގަކުރައްވައި ގާޒީ ވަނީ, މި މުޅި މައްސަލާގައި އަޑުބަރޭގެ އިހުމާލު އެބައޮތްކަމަށް ވިދާޅުވެފައެވެ.

އަލީ ވަހީދުވެސް މިހާރު ހުންނެވީ ފިއްލަވައިގެން ރާއްޖެއިން ބޭރުގައެވެ. އޭނާ ގެނައުމުގެ މަސައްކަތްވެސް އިންޓަރޕޯލް މެދުވެރިކޮށް ފުލުހުން ގެންދަނީ ކުރަމުންނެވެ.

އަލީ ވަޙީދުކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު