Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީ ވަހީދު ގެނައުމުގެ މަސައްކަތް

އަލީ ވަހީދު ގެނައުމަށް އިންޓަރޕޯލްގެ ރެޑް ނޯޓިސް ނެރުމުގެ މަސައްކަތް ފަށައިފި

އިނގިރޭސި ބަހުން ކޯޓު އަމުރެއް ހޯދުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅީ ފުލުހުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 ޖެނުއަރީ 2022 | ހޯމަ 11:50
އަލީ ވަހީދު- މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ވަނީ ފެށިފައި

އަލީ ވަހީދު- މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ވަނީ ފެށިފައި

ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އިންޓަރޕޯލް މެދުވެރިކޮށް ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އަލީ ވަހީދު ގެނައުމަށް އިނގިރޭސި ބަހުން ކޯޓު އަމުރެއް ހޯދަން ފުލުހުން އެދިފައިވާތީ, އިނގިރޭސި ބަހުން ކޯޓު އަމުރު ނެރެ، ކްރިމިނަލް ކޯޓުން ފުލުހުންނަށް ހަވާލުކޮށްފައިވަނީ 26 ޖެނުއަރީ 2022 ގައެވެ. ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އަލީ ވަހީދުގެ މައްސަލައިގައި ކޯޓު އަމުރެއް ހޯދުމަށް ފުލުހުން ފޮނުވި ސިޓީއާ ގުޅިގެން, އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ނެރެފައިވާ ކޯޓު އަމުރުގެ އިނގިރޭސި ތަރުޖަމާ އެންޑޯރސް ކުރުމަށްފަހު، ފުލުހުންނަށް ހަވާލުކޮށްފައިވާނެކަމަށެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، އިންޓަރޕޯލްގެ ރެޑް ނޯޓިސް ނެރެގެން އަލީ ވަހީދު ގެނައުމުގެ ރަސްމީ މަސައްކަތް 30 ޖެނުއަރީގައި ފުލުހުން ފަށާފައިވާ ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީގޯނާކުރިކަމަށް ބުނާ މައްސަލައިގައި ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ވަނީ ފެށިފައެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި، އެދިވަޑައިގަތުމުން ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އަދި އެކަން ކުރީ އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުވާގޮތަށެވެ. އެހެންނަމަވެސް ހަތަރު މަސް ފާއިތުވެ، ޝަރީއަތް ފެށުނު އިރު ވެސް އޭނާ އެނބުރި ރާއްޖެއަށް ވަޑައެއްނުގަންނަވައެވެ. އަދި އެކަމުގެ ޒިންމާ އަޑުބަރޭ ވެސް ނަގާފައެއް ނުވެއެވެ.

މި މައްސަލައިގައި އަލީ ވަހީދު ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވާތީ އޭނާގެ ފަރާތުން ކޯޓުގައި ޖާމިނުވި އަޑުބަރޭ ވަނީ އެކަން އަންގައި ކްރިމިނަލް ކޯޓަށްވެސް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި އޭނާ ވަނީ އޭނާ މި މައްސަލައިގައި ޖާމިނުވީ 4 މަަހަށް ކަމަށް ބުނެ، އެ މުއްދަތުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ކޯޓުން އެއްވެސް އެންގުމެއް އަންގާފައިނުވާކަމަށް ބުނެފައެވެ.

މީގެއިތުރުން، ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމެއްވެސް ކޮށްފައިވެއެވެ. އޭރު ފުލުހުން ބުނެފައިވަނީ އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށްޓަކައި އިންޓަރޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް މި މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

އަލީ ވަޙީދުކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު