Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުލަބު މޯލްޑިވްސް ކަޕް

ކުލަބު މޯލްޑިވްސް ކަޕް ނޮވެމްބަރު ހަތަރެއްގައި

މި އަހަރުގެ މުބާރާތް އެންމެ ފުރަތަމަ ތާވަލުކުރީ މެއި މަހަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2021 | ހޮނިހިރު 14:36
2019 ވަނަ އަހަރުގެ ކުލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ބީއެމްއެލް ޓީމު

2019 ވަނަ އަހަރުގެ ކުލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ބީއެމްއެލް ޓީމު

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ކުލަބު މޯލްޑިވްސް ކަޕް މި އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ.

ކޮންމެ އަހަރަކު ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ ކުލަބު މޯލްޑިވްސް ކަޕް މިދިޔަ އަހަރު ބާއްވާފައެއް ނުވެއެވެ. މިދިޔަ އަހަރުގެ މުބާރާތް އޭޕްރީލް މަހަށް އެންމެ ފުރަތަމަ ތާވަލުކުރި ނަމަވެސް، ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު އެންމެ ފުރަތަމަ ޖުލައި މަހުގެ މެދަކާ ހަމައަށް މުބާރާތް ފަސްކުރިއެވެ. އެކަމަކު ކޮވިޑުގެ ހާލަތު ރަނގަޅު ނުވުމާއެކު މިދިޔަ އަހަރުގެ މުބާރާތް ކެންސަލް ކުރަން ޖެހުނެވެ.

އެއަށްފަހު މި އަހަރުގެ މުބާރާތް އެންމެ ފުރަތަމަ ތާވަލުކުރީ މެއި މަހަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެ ފަހަރުވެސް މުބާރާތް ފަސްކުރަން ޖެހުނީއެވެ. "ރާއްޖެ.އެމްވީ" އަށް މައުލޫމާތު ދެއްވަމުން ކުލަބު މޯލްޑިވްސްގެ ސްޕޯޓްސް ޑިރެކްޓަރު އިސްމާޢީލް ސުވައިދު ވިދާޅުވީ މިހާރު މި އަހަރުގެ މުބާރާތް ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ ކަމަށެވެ. އެގޮތުން މި މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންވެސް އެ ދުވަހު ފަށާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކުލަބު މޯލްޑިވްސް ކަޕް ބާއްވާތާ 14 އަހަރު ވެފައިވާއިރު، މިހާރު ވަނީ މި މުބާރާތް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން އަންހެން އަދި ފިރިހެން ޑިވިޝަން މުބާރާތުގައި ހިމެނޭއިރު، ފިރިހެން ޑިވިޝަނުން ފުރުސަތު ދެވޭނީ 32 ޓީމަށް ކަމަށް ކުލަބު މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތް ކެންސަލް ކުރިއިރު، އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި ކުލަބު މޯލްޑިވްސް ކަޕުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޔުނައިޓެޑް ބީއެމްއެލްއިންނެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި ވެމްކޯ އަތުން ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އަދި އެ އަހަރުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމްޕީއެލްއެވެ.

ކުލަބް މޯލްޑިވްސް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ބީއެމްއެލް އާއި ވެމްކޯ ސެމީއަށް

ބީއެމްއެލް އާއި ވެމްކޯ ސެމީއަށް

13 އޯގަސްޓު 2023
ޗެމްޕިއަން ފެނަކައާއެކު އާރުއާރުސީއާއި އެސްޓީއޯއާއި ޓީމް އެފްއެސްއެމް ކުއާޓާ އަށް

ޗެމްޕިއަން ފެނަކައާއެކު އާރުއާރުސީއާއި އެސްޓީއޯއާއި ޓީމް އެފްއެސްއެމް ކުއާޓާ އަށް

06 އޯގަސްޓު 2023
ބީއެމްއެލް، އާބަންކޯ، ވެމްކޯ އަދި ސްޓެލްކޯ ކްއާޓާ ފައިނަލަށް

ބީއެމްއެލް، އާބަންކޯ، ވެމްކޯ އަދި ސްޓެލްކޯ ކްއާޓާ ފައިނަލަށް

05 އޯގަސްޓު 2023
ސްޓެލްކޯ ކްލަބް ފުރަތަމަ މޮޅު ހޯދައިފި

ސްޓެލްކޯ ކްލަބް ފުރަތަމަ މޮޅު ހޯދައިފި

20 ޖުލައި 2023
ފެނަކަ އެއްވަރު، އާރުއާރުސީ މޮޅު

ފެނަކަ އެއްވަރު، އާރުއާރުސީ މޮޅު

19 ޖުލައި 2023

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު