Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއާރުއެމްގެ ޒައީމަކަށް މައުމޫން

އެމްއާރުއެމްގެ ޒައީމުގެ މަގާމަށް މައުމޫން ކުރިމަތިލައްވައިފި

އެމްއާރުއެމް އިން އަންނަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު އެޕާޓީގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަން ބޭއްވުމަށް ތައްޔާރުވަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ސެޕްޓެމްބަރު 2021 | ހޮނިހިރު 02:14
އެމްއާރުއެމްގެ ޒައީމް ކަމަށް ކުރިމަތިލައްވާ ފޯމު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމްއާ ހަވާލުކުރައްވަނީ

އެމްއާރުއެމްގެ ޒައީމް ކަމަށް ކުރިމަތިލައްވާ ފޯމު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމްއާ ހަވާލުކުރައްވަނީ

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ޒައީމުގެ މަގާމަށް އެޕާޓީ އުފެއްދެވި ކުރީގެ ރައީސް މައުމޫން އަބްދުލްޣައްޔޫމް ކުރިމަތިލައްވައިފިއެވެ.

މައުމޫން ވަނީ ޒައީމް ކަމަށް ކުރިމަތިލައްވާ ފޯމު އެޕާޓީގެ ސެކެޓްރީ ޖެނެރަލް އަބްދުލްއަލީމް އާ ހަވާލުކުރައްވާފައެވެ.

Advertisement - newsAdvertisement

އެމްއާރުއެމް އިން އަންނަނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު އެޕާޓީގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަން ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެމްއާރުއެމްގެ ނޭޝަނަލް ކޮންވެންޝަންގައި ޕާޓީގެ އިސްމަގާމުތަކާއި ކޮމިޓީތަކަށް އިންތިޚާބުކުރުމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މަގާމުތަކަށް މީހުން އިންތިޚާބުކުރާނެއެވެ.

ނޭޝަނަލް ކޮންވެންޝަންގައި 16 މަގާމަކަށް މީހުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ޒައީމް ކަމާއި، ޕާޓީގެ ރައީސް އަދި ނާއިބުރައީސާއި ޕާޓީގެ އަންހެން ނާއިބުރައީސްކަން ހިމެނެއެވެ.  

މައުމޫން އިސްވެ ހުންނަވައި އެމްއާރުއެމް އުފެއްދެވީ ޕީޕީއެމް ދެބައިވެ ޕީޕީއެމްގެ ބާރު ކުރީގެ ރައީސް އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ހޯއްދެވުމުންނެވެ. ޕީޕީއެމްގެ ރައީސްކަމުގައި ހުންނަވައި ފެއްޓެވި އިސްލާހީ މަސައްކަތުގެ ތެރެއިން އެމްއާރުއެމް އުފެއްދެވިއިރު ޕީޕީއެމް އުފައްދަވާފައިވަނީވެސް މައުމޫން އިސްވެ ހުންނަވައެވެ.

ޕީޕީއެމްގެ ކުރިން މައުމޫން ވަނީ ޑީއާރުޕީ އުފައްދަވާފައެވެ. އެޕާޓީވެސް އެމަނިކުފާނަށް ގެއްލުނީ އޭރު ޑީއާރުޕީ ހިންގަވަން ތިއްބެވި ބޭފުޅުންނާއި މައުމޫނާ ދެމެދު އުފެދުނު ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުންނެވެ.

އެމްއާރުއެމް އަކީ ރައީސް މައުމޫން އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ރައީސް މައުމޫން އަބްދުލް ގައްޔޫމް

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2025

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ
03 ނޮވެމްބަރު 2024

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން
03 ނޮވެމްބަރު 2024

ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"

03 ނޮވެމްބަރު 2024
ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"
03 ނޮވެމްބަރު 2024

ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު

03 ނޮވެމްބަރު 2024
ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު
25 ޑިސެމްބަރު 2023

ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި

25 ޑިސެމްބަރު 2023
ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު