Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ބާސާގެ ދަނޑުގައި ބަޔާނަށް ފަސޭހަ މޮޅެއް

15 ސެޕްޓެމްބަރު 2021 | ބުދަ 02:08

މުލާ ވަނީ ބާސާ ކޮޅަށް ޖުމްލަ ހަތް ލަނޑު ޖަހާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ސެޕްޓެމްބަރު 2021 | ބުދަ 02:08
ބަޔާނާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

ބަޔާނާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ އަތުން ފަސޭހަކަމާއެކު ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ބާސާގެ ދަނޑުގައި ކުޅުނު ބަޔާން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި ފަހަރުގެ ގްރޫޕް އީގައި މި ދެ ޓީމު ހިމެނޭއިރު، މި ދެ ޓީމުގެ އެންމެ ފަހުން ބައްދަލުކުރީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައެވެ. އެ މެޗުން ބާސާ ވަނީ ލަދުވެތި ގޮތަކަށް ބަޔާން އަތުން 8-2 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި ބަޔާނުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ބާސާއަށް މި މެޗުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން މުޅި މެޗުގައިވެސް ބަޔާނުގެ ގޯލާ އަމާޒުކޮށް ބާސާއަށް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ބަޔާނުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 34 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ. މިއީ މުލާގެ ކެރިއަރުގައި ބާސާ ކޮޅަށް ޖެހި ހަތްވަނަ ލަނޑެވެ. އެއާއެކު ޗެމްޕިއަންސް ލީގުގައި ބާސާ ކޮޅަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ މުލާއެވެ.

މުލާގެ ލަނޑުން ބަޔާނުން މި މެޗުގައި ލީޑު ނެގިއިރު، ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ބަޔާނަށް ލިޑު ފުޅާކޮށްދީފައެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން ލެވަންޑޯސްކީ ވަނީ ބަޔާނުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މެޗުން ފަސޭހަކަމާއެކު ބަޔާން މޮޅުވިއިރު، އެ ޓީމުން މި މުބާރާތުގައި ދެން ކުޅޭ މެޗުގައި މި މަހުގެ 30 ވަނަ ދުވަހު ނުކުންނާނީ ޔޫކްރޭނުގެ ޑީނަމޯ ކިއެވްއާ ދެކޮޅަށެވެ.

ޗެމްޕިއަންސް ލީގުބަޔާން މިއުނިކްބާސެލޯނާ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް