Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިންޑޮނޭޝިޔާގެ ހާލަތު

ބާލީގައި އަޅާފައިވާ ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިތަކެއް ދީފި

ބާލީއަށް ފަތުރުވެރިންނަށް އާދެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާކަން އެގައުމުގެ ސަރުކާރުން ގަބޫލުކޮށްފައިވާ ފޯނު އެޕްލިކޭޝަނަކުން ވެރިފައިޑް ކުރުމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ސެޕްޓެމްބަރު 2021 | އަންގާރަ 02:54
އިންޑޮނޭޝިޔާގެ ޖަކާޓާގައި މީހުން ޓްރެއިން ސްޓޭޝަނެއްގައި މަޑުކޮށްލައިގެން

އިންޑޮނޭޝިޔާގެ ޖަކާޓާގައި މީހުން ޓްރެއިން ސްޓޭޝަނެއްގައި މަޑުކޮށްލައިގެން

އިންޑޮނޭޝިޔާއިން ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް، ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމުގައިވާ ބާލީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފިއެވެ.

އެހެންނަމަވެސް އެހެން ގައުމުތަކުން ބާލީއަށް އަންނަ ފަތުރުވެރިން އަދިވެސް އަމަލުކުރަންޖެހޭ ހަރުކަށި ގަވައިދުތަކެއް އެކުލަވާލާފައިވާކަމަށް އެގައުމުގެ ސީނިއަރ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެއީ އައު ވޭރިއަންޓްތައް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުުންނެވެ.

ވަރޗުއަލްކޮށް ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑޮނޭޝިޔާގެ މެރިޓައިމް އަދި އިންވެސްޓްމަންޓް މިނިސްޓަރ ވިދާޅުވީ ބާލީއަށް ފަތުރުވެރިންނަށް އާދެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާކަން، އެގައުމުގެ ސަރުކާރުން ގަބޫލުކޮށްފައިވާ ފޯނު އެޕްލިކޭޝަނަކުން ވެރިފައިޑް ކުރުމުންކަމަށެވެ.

އެހެން ގައުމުތަކުން ބާލީއަށް އަންނަ ފަތުރުވެރިންނަށް އެރަށަށް އެރޭނީ 8 ދުވަހުގެ ކަރަންޓީނަކަށްފަހުއެވެ. އަދި 3 ޕީސީއާރު ޓެސްޓް އެރަށަށް އެރުމުގެ ކުރިން ހައްދަންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިކަންތައްތަކާ ޚިލާފުވާ ފަތުރުވެރިންނާމެދު ހަރުކަށި ފިޔަވަޅު އެޅޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އަޅާނީ ކޮން ފިޔަވަޅުތަކެއްކަމެއް މިނިސްޓަރ ހާމައެއްނުކުރައްވައެވެ.

މި ނޫސް ކޮންފެރެންސްގައި ވާހަކަދައްކަވަމުން އިންޑޮނޭޝިޔާގެ ހެލްތު މިނިސްޓަރ ވިދާޅުވީ ބޯޑަރ ސަރަހައްދުގައި އަދިވެސް އަމަލުކުރަމުން އަންނާނީ ހަރުކަށި ގޮތަކަށްކަމަށެވެ. އެގޮތުން ގައުމަށް ވަންނަ ތަންތަނުގައި ޓެސްޓްކުރުންތައް ކުރިޔަށްދާއިރު ކަރަންޓީނުވާންޖެހޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ކުރީކޮޅު ބާލީ ފަތުރުވެރިންނަށް ހުޅުވާލުމަށް މަސައްކަތްކުރިނަމަވެސް އެކަން ކާމިޔާބުނުވީ އިންޑޮނޭޝިޔާއަށް ކުރިމަތިވި ކޮވިޑްގެ ދެވަނަ ރާޅާއެކުއެވެ. ޑެލްޓާ ވޭރިއަންޓާއެކު އިންޑޮނޭޝިޔާގައި ކޮވިޑްގެ ހާލަތު ވަނީ ގޯސްވެފައެވެ.

އިންޑޮނޭޝިޔާގައި 4 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ބަލީގައި މަރުވި މީހުންގެ އަދަދު 138،000ށް އަރައެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހު 56،000 ކޭސް ފެނުމަށްފަހު އެގައުމުގައި ދުވާލެއްގެ މައްޗަށް ފެންނަމުންދާ ކޮވިޑް ކޭސްތަކުގެ އަދަދު އަންނަނީ މަދުވަމުންނެވެ. ހޯމަ ދުވަހު އެގައުމުގައި ކޮވިޑް ޖެހިފައިވަނީ 3000 މީހުންނަށެވެ.

ކޮވިޑް-19އިންޑޮނޭޝިޔާ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
08 ޑިސެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި
06 ޑިސެމްބަރު 2025

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ
01 ޑިސެމްބަރު 2025

އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

01 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ
27 ނޮވެމްބަރު 2025

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު