Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިން އަޕްޑޭޓް

އާދިއްތަ ދުވަހު 2000ށް ވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފި

14 ސެޕްޓެމްބަރު 2021 | އަންގާރަ 02:28

ފުރަތަމަ ޑޯޒު ޖަހާފައިވަނީ 389،235 މީހުން

އަމްނާ އިމާދު
އަމްނާ އިމާދު | 14 ސެޕްޓެމްބަރު 2021 | އަންގާރަ 02:28
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

އާދިއްތަ ދުވަހު 2000ށް ވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އާދިއްތަ ދުވަހު 2،490 މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 1،376 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން 1،114 މީހުންނެވެ. އެއާއެކު ޖުމްލަ 321،570 މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް އެޗްޕޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 459 މީހުން ކަމަށެވެ. އެއީ މާލެ ސަރައްހަދުން 146 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން 313 މީހުންނެވެ. އެއާއެކު ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު 389،235 ށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ވެކްސިން ފުރިހަމަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. އެއީ ބަލިން ދިފާއުވުމަށް ވެކްސިން ވަރަށް މުހިންމު ކަމަށާއި، ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ބަލިން މީހާއަށް ކުރާ އަސަރު ކުޑަ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ކޮވިޑް-19ގައި ނިޔާވާ ގިނަ މީހުންނަކީ ވެސް ވެކްސިންގެ ޑޯޒު ފުރިހަމަ ނުކުރާ މީހުން އެޗްޕީއޭއިން ބުނެފައިވެއެވެ. އެޗްޕީއޭއިން ބުނީ މެއި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މިބަލީގައި ނިޔާވި މީހުންގެ ތެރެއިން 89 އިންސައްތަ މީހުންނަކީ ވެކްސިންގެ ޑޯޒު ފުރިހަމަ ނުކުރާ މީހުން ކަމަށެވެ. އެޗްޕީއޭއިން ބުނީ 3 ޖޫން އިން 23 އޮގަސްޓަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނު މީހުންގެ ތެރެއިން ހާލު ސީރިއަސްވެ، ހުޅުމާލެ މެޑިކަލް ފެސިލީޓީގެ އައިސީޔޫގައި ފަރުވާ ދޭން ޖެހުނު 82 އިންސައްތަ މީހުންނަކީ ވެސް ވެކްސިންގެ ޑޯޒު ފުރިހަމަ ނުކުރާ މީހުން ކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އާބާދީގެ ބޮޑު އިންސައްތަ ވެކްސިން ފުރިހަމަ ކުރަން ޖެހެއެވެ. އެގޮތުން އާބާދީގެ ގިނަ ބަޔަކު ވެކްސިންޖަހައި ނިންމުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން މިހާރު ވެކްސިނޭޝަން ޕްރޮގްރާމެއް ކުރިއަށްގެންދެއެވެ.

ވެކްސިންއެޗްޕީއޭ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
06 ޑިސެމްބަރު 2025

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
24 ސެޕްޓެމްބަރު 2025

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
04 އޯގަސްޓު 2025

'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

04 އޯގަސްޓު 2025
'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ޑިސެމްބަރު 2024

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ
15 ޑިސެމްބަރު 2024

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ
22 ނޮވެމްބަރު 2024

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024
ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް