Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑެންގީހުން އިތުރުވުން

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

މިދިޔަ އަހަރަށް ވުރެ މިއަހަރު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ދަށް

އަމްނާ އިމާދު
އަމްނާ އިމާދު | 16 ޑިސެމްބަރު 2024 | ހޯމަ 04:09
ޑޮކްޓަރަށް ދެއްކުމަށް މަސައްކަތް ކުރަނީ - ފައިލް ފޮޓޯ

ޑޮކްޓަރަށް ދެއްކުމަށް މަސައްކަތް ކުރަނީ - ފައިލް ފޮޓޯ

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މި އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު، ނޮވެންބަރުމަހު ޑެންގީހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު އިތުރުވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ޑެންގީ ހުން ޖެހިގެން އޮކްޓޫބަރު މަހު 126 ކޭސް، ނޮވެންބަރު މަހު 140 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރަށް ވުރެ މިއަހަރު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ވަނީ ދަށްވެފައެވެ. 2023 ވަނަ އަހަރު އޮކްޓޫބަރު މަހު 270 ކޭސް، ނޮވެންބަރު މަހު 254 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ޑެންގީހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދު ކުރުމަށާއި، ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެޗްޕީއޭއިން ވަނީ މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަން، ސްޕްރޭ ބޭނުންކުރުމަށް އެދިފައެވެ. ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތު ދޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، ހުސްފުޅި، ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުމާއި، އަދި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި، ތަންތަން ސާފުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ބަލި ޖެހިއްޖެނަމަ ގޭގައި ގިނައިން އަރާމު ކުރުމާއި، ގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމަށް އެދިފައިވާއިރު، ހުން މަޑު ކުރުމަށާއި، ގައިގައި ރިއްސުމަށާއި، ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ ނުވަތަ ދިޔާ އެއްޗެތި ބޭނުން ނުކުރެވޭނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޑެންގީ ހުންއެޗްޕީއޭ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
15 ޑިސެމްބަރު 2024

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ
22 ނޮވެމްބަރު 2024

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024
ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު