Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާނަބަސަންދު ފެތުރުން

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024 | ހުކުރު 12:54

މިމަހު ކ.ގުޅިން ފާނަބަސަންދުގެ 11 ކޭސް ރިޕޯޓް ކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 22 ނޮވެމްބަރު 2024 | ހުކުރު 12:54
މީހަކަށް ފާނަބަސަންދު ޖެހިފައި

މީހަކަށް ފާނަބަސަންދު ޖެހިފައި

ރާއްޖޭގައި ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ހުކުރު ދުވަހު އެޗްޕީއޭއިން ބުނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކ.ގުޅިން ފާނަބަސަންދުގެ 11 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ދެ މީހަކަށް އައިޖީއެމްއެޗުގައި އެޑްމިޓްކުރެވި އިތުރު ފަރުވާދެމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

ފާނަބަސަންދުގެ ކޭސްތައް އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކުވެސް ރިޕޯޓްކުރާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ 2024 ވަނަ އަހަރުގެ ނޮވެންބަރާއި ހަމައަށް މުޅި ރާއްޖެއިން 2977 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް މާލެ ސަރަހައްދުން 1506 ކޭސް، އަތޮޅު ތަކުން 1471 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފާނަބަސަންދުއަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މި ބައްޔަކީ އާއްމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއް ނަމަވެސް ބޮޑެތި މީހުންނަށް ވެސް މި ބަލި ޖެހެއެވެ.

ބަލީގެ އަލާމަތްތަކުގެ ތެރޭގައި، ހުންއައުން، ވަރުދެރަވުން، ނޭފަތުން ފެންއައުން އަދި ހަމުގައި ބިހިތަކެއް ނެގުން ހިމެނެއެވެ. މި ބިހިތައް ފެންފޮޅުތަކަކަށް ބަދަލުވެއެވެ. (މި ބިހިތަކަކީ ހިރުވާ އަދި ފަސޭހައިން ފަޅައިގެންދާ ބިހިތަކެއް. އަދި ދެތިން ދުވަސްތެރޭގައި ހަށިގަނޑުގެ އެކިތަންތާ ފެންބިހި ނަގާ)

މި ބަލި ފެތުރޭ ގޮތަށް ބަލާއިރު، ބަލި ޖެހިފައި ހުރި މީހަކު ކެއްސާ ކިނބިހި އަޅާހަދާއިރު، ނޭވާލާ ނިޒާމުގެ ޒަރީޔާއިން ބަލި ފެތުރޭއެވެ. ބިހިނަގާފައި ހުރި މީހެއްގެ ގައިގައި ބީހުމުން ނުވަތަ އޭނާ ބޭނުންކޮށްފައިވާ ތުވާލި، އަންނައުނު ފަދަ ތަކެތި ބޭނުންކުރުމުން އަދި ގައިގައި ހުރި ބިހިތައް އެއްކޮށް ކުރިމަގާލި ލަންދެން މި ބަލި އެކަކު ގައިން އަނެކެއްގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ކުރިން ފާނަބަސަންދަ ނުޖެހޭ ކޮންމެ މީހަކީ މި ބަލިޖެހިދާނެ މީހެއް ކަމަށެވެ. ނަމަވެސް އެއްފަހަރު މިބަލި ޖެހިއްޖެނަމަ ދެވަނަ ފަހަރަށް މި ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭމަންކީ ޕޮކްސްކ. ގުޅި

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި، ކ. ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު، ނިންމުން ރައީސް މުއިއްޒު ފާހަގަކޮށްފި

12 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި، ކ. ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު، ނިންމުން ރައީސް މުއިއްޒު ފާހަގަކޮށްފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ޑިސެމްބަރު 2024

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ
15 ޑިސެމްބަރު 2024

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ
27 އޯގަސްޓު 2024

އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން އާންމުކޮށް ފެންނަ އެމްޕޮކްސް އެންމެ ބޮޑަށް ފެތުރެމުންދާ ސަރަޙައްދުތަކަކީ ކޮބާ؟

27 އޯގަސްޓު 2024
އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން އާންމުކޮށް ފެންނަ އެމްޕޮކްސް އެންމެ ބޮޑަށް ފެތުރެމުންދާ ސަރަޙައްދުތަކަކީ ކޮބާ؟
19 މެއި 2024

މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި

19 މެއި 2024
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
14 މެއި 2024

އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް

14 މެއި 2024
އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް
03 މެއި 2024

ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް

03 މެއި 2024
ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް
03 މެއި 2024

ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރު، މިދިޔަ މަހު 100ށް ވުރެ ގިނަ ކޭސް ފެނިފައިވޭ: އެޗްޕީއޭ

03 މެއި 2024
ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރު، މިދިޔަ މަހު 100ށް ވުރެ ގިނަ ކޭސް ފެނިފައިވޭ: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް