Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫއެފާ

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

މި ބަދަލާއެކު ޔުއެފާގެ ރައީސް އަށް ފުރުއްވޭނީ ހަތަރު އަހަރުގެ ތިން ދައުރު

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2017 | ހޮނިހިރު 19:20
ޔުއެފާގެ ރައީސް އެލެކްސެންޑަރ ޗެފެރިން

ޔުއެފާގެ ރައީސް އެލެކްސެންޑަރ ޗެފެރިން

ޔޫއެފާގެ ރައީސްކަން ކުރައްވާ ބޭފުޅަކަށް ދެން އެ މަގާމުގައި އެންމެ ގިނަވެގެން ހުރެވޭނީ ބާރަ އަހަރުކަމަށް ޔޫއެފާއިން ބުނެފި އެވެ.

ޔޫއެފާގެ އެގްސެކެޓިވް ކޮމެޓީއިން މިގޮތަށް ނިންމާފައިވަކަން ޔޫއެފާއިން ހާމަކޮށްފައިވަނީ އިއްޔެ އެވެ.

ޔޫއެފާގެ ރައީސުންނަށް އެ މަގާމުގައި ތިބެވޭނީ ވަކި މުއްދަތެއްވަންދެންކަމަށް ކުރިޔަކުން ކަނޑައަޅާފައެއް ނޯވެ އެވެ.

ކުރީގެ ޔޫއެފާގެ ރައީސެއް ކަމަށްވާ ލެނާރޓް ޖޯންސެން ވަނީ ޔޫއެފާގެ ރައީސެއްގެ ގޮތުގައި ސަތާރަ އަހަރު ހޭދަކުރައްވާފަ އެވެ.

މިޝޭލް ޕްލެޓީނީގެ ބަދަލުގައި ޔުއެފާގެ ރައީސަކަށް އިސްވެވަޑައިގެންނެވި އެލެކްސެންޑަރ ޗެފެރިން ވަނީ ޔޫއެފާޔަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެކަމަށް ވަޢުދުވެވަޑައިގަންނަވާފައެވެ.

ނިޔޯންގައި އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަ ދައްކަވަމުން ޗެފެރިން ވިދާޅުވީ މީގެ ކުރިން މަގާމުގައި ހުރެވޭނެ މުއްދަތެއް ކަނޑައަޅާފައި ނޯންނަ ކަމަށާ ކުރިން އޮންނަނީ މަގާމުގައި ހުންނަ މީހާގެ އުމުރަކީ 70 އަހަރައްވުރެ މަތި ނުވުން ކަމަށެވެ.

ޗެފެރިން ވިދާޅުވީ ދެން ޔޫއެފާގެ ރައީސްކަން ނުވަތަ އެކްސްކޯގެ މަގާމެއް ފުރުއްވާ ބޭފުޅުންނަށްވެސް ގިނަވެގެން ފުރުއްވޭނީ ހަތަރު އަހަރުގެ ތިން ދައުރު ކަމަށެވެ.

ޗެފެރިން ވަނީ މި ބައްދަލްވުމުގައި ޔޫއެފާގެ ޤައުމުތަކަށް ދެހާސް ސައްބީހުގެ ވޯލްޑް ކަޕުން ސޯޅަ ޖާގަ ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2018

ސްޕެނިޝް ލަލީގާ: އެޓްލެޓިކޯ ދެވަނަ މަގާމުގައި ހަމަޖެހިލައިފި

12 މާރިޗު 2018
ސްޕެނިޝް ލަލީގާ: އެޓްލެޓިކޯ ދެވަނަ މަގާމުގައި ހަމަޖެހިލައިފި
28 ޑިސެމްބަރު 2017

ފީފާގެ ރައީސްގެ މަރުހަބާ މެސެޖެއް ނިއުއަށް

28 ޑިސެމްބަރު 2017
ފީފާގެ ރައީސްގެ މަރުހަބާ މެސެޖެއް ނިއުއަށް
08 ޑިސެމްބަރު 2017

އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ސޯލޯ ވާދަކުރަނީ

08 ޑިސެމްބަރު 2017
އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ސޯލޯ ވާދަކުރަނީ
11 އޮކްޓޯބަރު 2017

ވޭލްސްގެ ކޯޗުގެ މަގާމުގައި ކޯލްމަން ދެމިހުރުމަށް ކުޅުންތެރިން ބޭނުންވޭ: ރިޕޯޓް

11 އޮކްޓޯބަރު 2017
ވޭލްސްގެ ކޯޗުގެ މަގާމުގައި ކޯލްމަން ދެމިހުރުމަށް ކުޅުންތެރިން ބޭނުންވޭ: ރިޕޯޓް
04 ޖޫން 2017

އާސެނަލް އަށް ގިނަވެގެން ގެނެވޭނީ ތިން ކުޅުންތެރިން: ވެންގާ

04 ޖޫން 2017
އާސެނަލް އަށް ގިނަވެގެން ގެނެވޭނީ ތިން ކުޅުންތެރިން: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު