Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފް

800 އަހަރުގެ ޖަލު ޙުކުމަކުން މިންޖުވާން އަދީބު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ: ޔާމީނުގެ ވަކީލުން

އަދީބު ދެއްކެވި ވާހަކައަށް ބާރު ލިބޭނެ ވާޤިއާއެއް ދައުލަތަށް ދެއްކިފައިނުވާކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2021 | ހޯމަ 05:40
ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

800 އަހަރުގެ ޖަލު ޙުކުމަކުން މިންޖުވުމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމަށް ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ރައީސް ޔާމީނުގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައިވާއިރު، އާދިއްތަ ދުވަހުގެ އަޑުއެހުމުގައި އޭގެ ތެރެއިން 7 ނުކުތާއަކަށް ތަފްސީލީ ގޮތެއްގައި ވަނީ ވާހަކަ ދައްކަވާފައެވެ. ހޯމަ ދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން އަލީ ޝާހު ވަނީ ބާކީ ހުރި އިސްތިއުނާފީ ނުކުތާތަަކަށް ވާހަކަ ދައްކަވާފައެވެ.

Advertisement - newsAdvertisement

ޝާހު ވަނީ ރައީސް ޔާމީނުގެ ފަރާތުން ހުށައަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފައެވެ. ޝާހު ވިދާޅުވީ، "ފާސިޤަކު ޚަބަރަކައިގެން އައުމުން އޭގެ ތެދު ދޮގު ބެލުމަށް" ޤުރުއާނުގައި ވަޙީ ކުރައްވާފައިވާ ކަމަށާއި، ނަމަވެސް ރައީސް ޔާމީނުގެ މައްސަލައިގައި ކަން ހިނގާފައިވަނީ އެގޮތަށް ނޫން ކަމަށެވެ. އަދި ރައީސް ޔާމީނުގެ މައްސަލައިގައި ފާސިޤަކު ޚަބަރެއް ހިފައިގެން ހަމައެކަނި އައީ ނޫން ކަމަށާއި، "އަތްފުނާ އަޅައިގެން ޚަބަރު ހޯދައިގެން" އައީކަމަށް ޝާހު ވިދާޅުވިއެވެ. ޝާހު ވަނީ އަދީބާއި ޒިޔަތުގެ ހެކިބަހާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ޝާހު ވިދާޅުވީ، 800 އަހަރުގެ ޖަލު ޙުކުމަކުން މިންޖުވުމަށް އަދީބު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށާއި، އޭނާއަކީ އޭރު ރައީސް ޔާމީނުގެ އެންމެ ބޮޑު އެއް ދުޝްމިނު ކަމަށެވެ.

އޭގެ އިތުރުން، އިކުއިޒިޝަން ކޯސްޓުގެ ފައިސާ ނުލިބިގެން ރައީސް ޔާމީން ގުޅުއްވާ ކަމާއި، ޚިޔާނާތުގައި ރައީސް ޔާމީނުގެ ބައިވެރިވުން އޮތްކަމަށް ވިދާޅުވެ އަދީބު ހެކިބަސް ދީފައިވާއިރު، އެކަންކަން ސާބިތު ކުރެވޭނެ އިތުރު ޤަރީނާއެއް ނެތްކަން ވަކީލު ޝާހު ވިދާޅުވިއެވެ. އަދި އަދީބު ދެއްކެވި ވާހަކައަށް ބާރު ލިބޭނެ އެއްވެސް ވާޤިއާއެއް ދައުލަތަށްވެސް ދެއްކިފައިނުވާކަން ޝާހު ފާހަގަ ކުރެއްވިއެވެ. ވޮޑަމުލާގެ ފައިސާ ލިބުން ލަސްވެގެން ރައީސް ޔާމީނު ގުޅުއްވާކަމަށް އަދީބު ހެކިބަސް ދެއްވާފައިވާއިރު، އެފަދަ ކޯލް ރެކޯޑިންގ އެއްވެސް ނެތްކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، އަދީބާއި ޒިޔަތު ތަހުގީގުގައި ދައްކާފައިވާ ވާހަކަތަކާއި ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތައް މުޅިން ތަފާތު ކަމަށެވެ. މިއީ ކަންބޮޑުވާ ކަމެއްކަން ފާހަގަ ކުރައްވައި ޝާހު ވިދާޅުވީ، އެފަރާތްތަކުގެ ހެކިބަހާމެދުވެސް މި ޙާލަތުގައި ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތް ކަމަށެވެ. ހައިކޯޓުން އެކަންކަމަށް އެންމެ ފުރިހަމައަށް ރިއާޔަތްކޮށްފައި ނުވާކަމަށް ޝާހު ވިދާޅުވިއެވެ. އެގޮތުން އަދީބު ހާޒިރުކުރީ 2 އުންސުރެއް ސާބިތު ކުރުމަށް ކަމަށާއި، ނަމަވެސް އޭގެ ބޭރުން އަދީބު ދެއްކެވި ވާހަކަތަކަށް ބަލައި މައްސަލައިގެ ކުށް ސާބިތު ކުރުމަށް ބޭނުންކޮށްފައިވާކަން ޝާހު ފާހަގަ ކުރެއްވިއެވެ.

ޝާހު ވިދާޅުވީ، މި މައްސަލައިގެ ބެންޗު އެކުލަވާލުމުގައި އެންމެ އިސްކޮށް އުޅުއްވި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީއާ ގުޅިގެން ޝަކުވާތައް ހުރި ކަމަށެވެ. އެގޮތުން ބެންޗު އެކުލަވާލާފައިވަނީ ކްރިމިނަލް ކޯޓުން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް ނޫންކަން ޝާހު ފާހަގަ ކުރެއްވިއެވެ. ޝާހު ވިދާޅުވީ، އެ ނުކުތާ މައިގަނޑު ގޮތެއްގައި ހައިކޯޓުން ބަލައިނުގަތީ ދަށު ކޯޓުގައި ދިފާއުން ފާހަގަކުރި މައްސަލައެއް ނޫންކަން ބަޔާންކޮށް ކަމަށްވިޔަސް، ދަށު ކޯޓު މަރުޙަލާގައިވެސް އިދާރީ ގޮތުން އެ މައްސަލަ ހުށައެޅިފައިވާނެ ކަމަށެވެ. އަދި އެ ލިއެކިއުންތައް ހައިކޯޓުގެ ފަނޑިޔާރުންނަށްވެސް ފެނިވަޑައިގެންފައިވާނެކަން ޝާހު ފާހަގަ ކުރެއްވިއެވެ.

ޝާހު ވަނީ އިސްތިއުނާފީ އިތުރު ނުކުތާތައްވެސް ތަފްސީލު ކޮށްދެއްވާފައެވެ.

ރައީސް ޔާމީނު ފާހަގަކުރެއްވި ބައެއް ކަންކަން:

އޭސީސީން ނަގާފައިވާ ބަޔާނަކީ ރައީސް އޮފީހަށް ހާޒިރުވެ، ރައީސް މޭޒުކޮޅުގައި ތިއްބަވައިގެން ނަގާފައިވާ ބަޔާނެއްކަމަށް ދެކެވޭ ވާހަކަތައް ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ދޮގު ކުރެއެވެ. އެގތުން މި އަޑުއެހުމުގައި ރައީސް ޔާމީނުވެސް ވާހަަކަ ދައްކަވާފައިވާއިރު، ރައީސް ޔާމީނު ވިދާޅުވީ، އޭސީސީގެ ރައީސް ޙަސަން ލުތުފީ ގުޅުއްވައި، އެސްއޯއެފްގެ ޗެކާއި ގުޅޭގޮތުން ސުވާލު ކުރި ކަމަށެވެ. އަދި އެސްއޯއެފްގެ ޗެކެއް ވަދެފައިވާކަންވެސް އެނގުނީ އެހިސާބުންކަން ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ އޭސީސީން އެކަމާ ގުޅިގެން ސާފު ކުރަން ބޭނުންވާ ކަންކަން ރައީސް އޮފީހުގެ ރަސްމީ އީމެއިލްއަށް ސުވާލުތަކެއްގެ ސިފައިގައި ފޮނުވިކަމަށެވެ. އަދި އެ މެއިލްގައި އޮތީ ސާފު ކުރަން ބޭނުންވާ ސުވާލުތަކެއްކަމަށާއި، އެ މެއިލްއަށް ފޮނުވި ޖަވާބު ބަޔާނެއްގެ ސިފައިގައި ތައްޔާރުކޮށް ސޮއި ކުރަން ރައީސް އޮފީހަށް ފޮނުވިކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

ރައީސް ޔާމީނު ވިދާޅުވީ، ތަހުގީގުގައިވެސް އެއްވެސް ވަރަކަށް އެ މެއިލްތަކާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށެވެ. އަދި ފޮނުވާފައިވާ މެއިލްގައި ވަނީވެސް އެމްއެމްޕީއާރްސީއާ ގުޅޭ ސުވާލުތަކެއް ނޫން ކަމަށާއި، ހަމައެކަނި ރައީސް ޔާމީނަށް ލިބިފައިވާ ޗެކާއި ގުޅޭ ސުވާލުތަކެއްކަން ވަކީލުން ފާހަގަކުރެއްވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުށްޔަށް ދޫކުރި ގއ. ވޮޑުމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ކުށް، ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެފައިސާ ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 28 ނޮވެމްބަރު، 2019ގައެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ނޫންކަމަށް ބުނެ، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރިއެވެ.

ހައިކޯޓުގައި އިސްތިއުނާފްކުރި އެ މައްސަލާގައި މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަށް ތާއީދުކޮށް، ދަމަހައްޓާފައެވެ.

އެހެންކަމުން، ރައީސް ޔާމީންގެ ފަރާތުން، އެމަނިކުފާނުގެ ގާނޫނީ ޓީމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ.

ރައީސް ޔާމީންކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްއެމްއެމްޕީއާރްސީ ޚިޔާނާތް

ކޮމެންޓް

އިތުރަށް ކިޔާލަން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

30 ޖެނުއަރީ 2025
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން

ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން

21 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު