Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

މިލާން މޮޅުވިއިރު، އިންޓަ އެއްވަރު

13 ސެޕްޓެމްބަރު 2021 | ހޯމަ 03:14

އިންޓަ އާއި ސަޕްޑޯރިއާ އެއްވަރުވީ 2-2 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ސެޕްޓެމްބަރު 2021 | ހޯމަ 03:14
މިލާނާއި ލާޒިއޯ ބައްދަލުކުރި މެޗުގެ ތެރެއިން

މިލާނާއި ލާޒިއޯ ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ލާޒިއޯ އަތުން މިލާން މޮޅުވިއިރު، އެ ދުވަހުގެ މެންދުރުފަހު ކުޅުނު މެޗުން ސަމްޑޯރިއާ އާއި އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން އެއްވަރުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިލާން މޮޅުވީ ލާޒިއޯ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި މިލާނުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ހާފުގެ ފަހު މިނެޓުގައި އަންޓެ ރެބިޗް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަފައެލް ލެއާއޯއެވެ. އަދި ލީޑު ފުޅާކުރަން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މިލާނަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުފެ ފްރޭންކް ކެސިއޭ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އެކަމަކު މި މެޗުގެ ދެވަނަ ހާފުގައި މިލާނުން ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 67 ވަނަ މިނެޓުގައި ރެބިޗް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އަނިޔާއިން ރަނގަޅުގެ ކުޅުމުގެ ތެރެއަށް އައި އުމުރުން 39 އަހަރުގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗެވެ. މި ލަނޑާއެކު އިބްރަހިމޮވިޗް ވެފައިވަނީ އިޓާލިއަން ލީގުގައި ލަނޑު ޖެހި، އިޓަލީ ނޫން އެހެން ގައުމެއްގެ އެންމެ އުމުރުން ދޮށި ކުޅުންތެރިޔާއަށެވެ.

މި މެޗު ނިމުމުގެ ކުރިން ރެފުރީ ވަނީ ލާޒިއޯގެ ކޯޗު މައުރީޒިއޯ ސާރީއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ. މެޗުގެ އިތުރު ވަގުތުގައި އޭނާއަށް ރަތް ކާޑެއް ދައްކާފައުވަނީ ރެފުރީއާ ބޭއަދަބީ އިބާރާތުން ވާހަކަ ދެއްކުމުންނެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހު ކުޅުނު މެޗުން ޗެމްޕިއަން އިންޓަ އެއްވަރުވީ ސަމްޑޯރިއާއާ ބައްދަލުކޮށް 2-2 ގެ ނަތީޖާއަކުންނެވެ.

ސަމްޑޯރިއާގެ ދަނޑުގައި ކުޅުނު މި މެޗުގެ 18 ވަނަ މިނެޓުގައި އިންޓައިން ވަނީ ލީޑު ނަގާފައެވެ. ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެޑެރީކޯ ޑިމާކޯއެވެ. އެކަމަކު މެޗުގެ 32 ވަނަ މިނެޓުގައި މާޔާ ޔޮޝީޑާ ވަނީ ލަނޑެއް ޖަހައި، ސަޕްޑޯރިއާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި އިންޓައިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ނިކޯލޯ ބަރެއްލާގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓިނޭޒެވެ. އެކަމަކު ދެވަނަ ހާފުގައި ޓޮމާސޯ އާޗެލޯ ވަނީ ލަނޑެއް ޖަހައި، ސަޕްޑޯރިއާއަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ނަތީޖާތަކާއެކު އިންޓަ އޮތީ ތާވަލުގެ ހަތަރުވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް ރޯމާ އާއި ދެވަނައިގައި އޮތް މިލާން އަދި ތިންވަނައިގައި އޮތް ނާޕޮލީއަށް ތިން މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ.

އިޓާލިއަން ލީގުއޭސީ މިލާންއިންޓަރ މިލާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
06 މެއި 2025

އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

06 މެއި 2025
އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް
03 މެއި 2025

އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި

03 މެއި 2025
އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި
01 މެއި 2025

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު

01 މެއި 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް