Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ޔާމީން

ގާނޫނުގެ ކުރިމަތީގައި ރައީސް ޔާމީނަށް ވަކިގޮތެއް؟

ޔާމީނުގެ ވެރިކަމުގައި ސިޔާސީ ހުރިހާ ލީޑަރުން ގޮޅިގޮޅިއަށް ލީ ހަނދާން ނެތޭހާ ދުވަހެއް އަދި ނުވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 11 ސެޕްޓެމްބަރު 2021 | ހޮނިހިރު 17:43
ރައީސް ޔާމީނު ޕީޕީއެމްގެ ޙަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ

ރައީސް ޔާމީނު ޕީޕީއެމްގެ ޙަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ

ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާން ޖެހޭ ވާހަކައަކީ އަބަދު ދައްކާ ވާހަކައެކެވެ. ސިޔާސީ ކޮންމެ ބަޔަކުވެސް ފަނޑިޔާރުގެ އިސްލާހުކުރާ ވާހަކަ ދައްކާއިރު އަބަދު ދައްކަނީ ފަނޑިޔާރުގެއިން އެއް ބަޔަކާ މެދު ވަކި ގޮތަކަށް އަނެއް ބަޔަކާމެދު ވަކި ގޮތަކަށް އަމަލުކުރާ ވާހަކައެވެ. އިންސާފަކީ ހަމައެކަނި ފަނޑިޔާރުގެއިން ލިބޭ އެއްޗެއް ނޫނެވެ. ފަނޑިޔާރުގެއަށް ދިޔުމުގެ ކުރީގެ މަރުހަލާގަޔާއި، އޭގެ ފަހުގެ މަރުހަލާގައިވެސް އިންސާފު ގާއިމްވާން ޖެހެއެވެ.

އަނެއްކާވެސް އެޒާތުގެ ވާހަކައެއް ދައްކަން މަޖުބޫރުވީއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ސިޔާސީ އުއްމީދުތަކަށް ހުރަހަކަށް ވެދާނެ ކޮންމެ މީހަކު ކޮންމެވެސް ގޮތަކަށް ޖަލު ގޮޅިއަކަށް ނުފެތި ނުދެއެވެ. އެދުވަހު ސިޔާސީ ވާދަވެރިންނަށް ޖެއްސި ހާލު ހަނދާން ނެތިގެން، އެއަނިޔާ ތަހައްމަލުކުރި ދެތިން މީހަކު މިއަދު ރައީސް ޔާމީނަށް ތާއީދުކޮށްގެން އަނބުރާ ގޮސް ތިއްބަސް، އެކަންކަން ދިވެހިން ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ސްޓޮކްހޯމް ސިންޑްރޯމް އަކީވެސް ބައްޔަކެވެ.

އެދުވަހު ސިޔާސީ ގޮތުން 2018 ގައި އެމަނިކުފާނަށް ހުރަހަކަށް ވެދާނެ އެންމެން އެކި ނަންނަމުގައި ޖަލަށް ލެވުނެވެ. ބަންދު ކުރެވުނެވެ. ސިޔާސީ ލީޑަރުން ޖަލުގައި ބަންދުކޮށްފައި ތިބި ހާލަތުން އެތައް ސިއްހީ މައްސަލައެއް ދިމާވިއެވެ. އެކަންކަން އެބޭފުޅުން ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. އޭރު ރައީސް ޔާމީން ވިދާޅުވަމުން ގެންދެވީ ކޯޓުތަކުން ގޮތެއް ނިންމީމާ އެ ނިމުނީކަމަށެވެ. ކޯޓުތަކާ ސަރުކާރުން ނުބެހޭނެކަމަށެވެ.

މިއަދު އެކޯޓުތަކުން އެވަނީ އެމަނިކުފާނަކީ "ކުށްވެރިއެއް" ކަމަށް ނިންމާފައެވެ. މީސް މީހުން އެހެން ކިޔާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެހެންނަމަވެސް މިހާރު ކޯޓުންވެސް އެއޮތީ އެކަން ނިންމާފައެވެ. ކުށެއް ނުކުރަނީސް ޖަލަށް ނުލާނެކަމަށް ރައީސް ޔާމީން ގަބޫލުކުރައްވާ ސިޔާސަތު އެއޮތީ އެމަނިކުފާނާ އަރާ ހަމަކޮށްފައެވެ. އެހެންނަމަވެސް ރައީސް ޔާމީން އެންމެ ފަހުން ޖަލުގައި ހުންނެވި އިރު ހުންނެވީ ޚާއްސަ އިމްތިޔާޒުތަކަކާއެކުގައެވެ. އެމަނިކުފާނު ހުންނަވަނީ ވަރަށް ވީއައިޕީ ކޮށެވެ. ބޭނުން އެއްޗެއް ފަރިއްކުޅުއްވެއެވެ. މޫދަށް ދެވެއެވެ. އިވޭ އަޑުތަކަށް ބަލާއިރު ގާޑެނިން އަކީ އެމަނިކުފާނު ޖަލުގައި ފޫހިފިލުވަން ކުރައްވާ ކަމެކެވެ. މިހުރިހާ ކަމަކަށް މަގުފަހިކޮށްދެއްވަނީ ޔާމީނުގެ ވެރިކަމުގައި ޖަލު ބަންދުގައި އެންމެ ހާލުގައި ޖެއްސި، މިއަދުގެ ހޯމް މިނިސްޓަރ ޝައިޚް އިމްރާނެވެ. 

ޔާމީންގެ ވެރިކަމުގައި އިމްރާނަށް ޖެއްސި ހާލު އަލުން ހަނދާން ކޮށްލަމާތޯއެވެ؟ އޮންނަވަން ޖެހިވަޑައިގަތީ ޑެތު ރޯވ ގައެވެ. ރޭގަނޑެއް ދުވާލެއް ވަކިނުވާ، 5 ފޫޓު ހަމަނުވާ ގޮޅިއެއްގައި އިރު އައްޔެއް ނުފެނި ކިތައް ދުވަސް ހޭދަވިތޯ ޝެއިޚް އިމްރާން ހަނދުމަފުޅު ކުރައްވާށެވެ. މިއީ ގޭ ބަންދުގައި ހުންނަވަނިކޮށް ރާއްޖެ ޓީވީއާ ވާހަކަ ދައްކާލައިގެެން ޖަލަށް ބަދަލު ކުރެވުނުއިރު ޖެހުނު ހާލެވެ.

ޝެއިޚް އިމްރާނާއި، ރައީސް ސާލިހު ހިތްތިރިކުރައްވައިގެން، ބަދަލުހިފުމުގެ ރޫހެއް ނުގެންގުޅުއްވާނެ ކަމަށް ވިދާޅުވިޔަސް، ދިވެހި ދައުލަތުން އެހާ ބޮޑު ވައްކަމެއް ކުރައްވައިގެން ހުންނެވި، އަދި އެތައް އާއިލާތަކެއް އެތައް އަނިޔާއަކާ ތުރާލެއްގައި ގެންގުޅުއްވި ބޭފުޅަކު ގޭބަންދުގައި ބަހައްޓަވައިގެން ސިޔާސީ ހަރަކާތް ހިންގައި، 2023 އަށް ކެމްޕޭންކޮށް، ކޯލިޝަން ހަދަން ބަހައްޓަން ދިވެހިން ރުހޭނެހެން ހިއެއް ނުވެއެވެ. ކޮވިޑް ފެތުރޭތީ ގައިދީން ގޭ ބަންދަށް ބަދަލުކުރަން ބޭނުން ކިތަންމެ އާއިލާއެއް ތިއްބައި، ރައީސް ޔާމީނަށް އެފުރުސަތު ދީގެން މިއަދު މިތިބެނީ ކީއްވެތޯއެވެ؟ އެހެން ތިބެންވެއްޖެނަމަ ރިހާކުރުފުޅި ވަގަށް ނެގި މީހާއާއި، ފިހާރައިން ލޯޝަން ފުޅި ވަގަށް ނެގި މީހާ ޖަލުގައި އޮންނަންވީ ކީއްވެތޯއެވެ؟

ރިހާކުރު ފުޅިއަކީ 200އެއްހާ ރުފިޔާއެވެ. ލޯޝަން ފުޅިއަކީ ގިނަވެގެން 100 ރުފިޔާއެވެ. ރައީސް ޔާމިން ނެންގެވީ ރައްޔިތުންގެ ފައިސާއިން، މިލިއަނުންނެވެ. ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަކުރައްވާށެވެ. ވައްކަން ކޮށްގެން ޖަލަށް ލުމުން ގޭބަންދުގައި ހުންނަ މީހާ އެއް ދުވަހު މުޒާހަރާއެއްގައި ހުރިއްޔާ އަނެއް ދުވަހު ފެންނާނީ ދައުލަތުގެ މާލިއްޔާ ދަށުން އަނެއްކާވެސް ކޮންނަ ތަނެވެ.

ރައީސް ޔާމީން

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
04 އޮކްޓޯބަރު 2024

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން
30 އޯގަސްޓު 2024

ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

30 އޯގަސްޓު 2024
ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު