Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްއާރުއެމްގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލ

އެމްއާރުއެމްގެ ޒައީމްކަމަށާއި އެނޫން މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހުގެ 21:00ން ފެށިގެން ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހުގެ 16:00 އާ ހަމައަށް ވަނީ ހުޅުވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2021 | ހުކުރު 21:53
އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން

އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ޒައީމުގެ މަގާމާއި ޕާޓީގެ ރައީސް އާއި ނައިބު ރައީސް އަދި އެނޫންވެސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއާރުއެމް އިން ބުނީ މިމަގާމުތަކަށް މީހުން ހޮވާނީ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު ބާއްވާ އެޕާޓީގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަންގައި ކަމަށެވެ. އެމްއާރުއެމްގެ ނޭޝަނަލް ކޮންވެންޝަންގައި ޕާޓީގެ އިސްމަގާމުތަކާއި ކޮމިޓީތަކަށް އިންތިޚާބުކުރުމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެޕާޓީން ބުނެއެވެ. އެގޮތުން އެމަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހުގެ 21:00ން ފެށިގެން ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހުގެ 16:00 އާ ހަމައަށް ހުޅުވާލާފައިވާކަމަށް އެޕާޓީން ބުނެއެވެ.

Advertisement - newsAdvertisement

މަގާމުތަކަށް ކުރިމަތިލާން އެދޭ މެމްބަރުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ޕާޓީ އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ޕާޓޯގެ މަގާމުތަކަށް ކުރިމަތިލުމުގައި ކަނޑައަޅާފައިވަނީ ދެ ޝަރުތެކެވެ. އެއީ އެމްއާރުއެމްގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މެމްބަރަކަށް ވުމާއި ޒުވާނުންގެ ކައުންސިލަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 30 އަހަރު ފުރިހަމަވެފައިނުވާ މީހަކަށް ވުމެވެ.

މައިގަނޑު 16 މަގާމަކަށް މީހުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޒައީމް ކަމާއި، ޕާޓީގެ ރައީސް އަދި ނައިބު ރައީސް އާއި ޕާޓީގެ އަންހެން ނައިބު ރައީސެވެ. މީގެއިތުރުން އެގްޒެކެޓިވް ކޮމިޓީއަށް ފިރިހެން 10 މެމްބަރުންނާއި އަންހެނުން 10 މެމްބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒުވާނުންގެ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އިންތިޚާބުކުރާއިރު ޒުވާނުންގެ ކައުންސިލަށް ފިރިހެން 15 މެމްބަރުންނާއި އަންހެން 15 މެމްބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަންހެނުންގެ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އިންތިޚާބުކުރާއިރު އަންހެނުންގެ ކައުންސިލަށް 20 މެމްބަރުން އިންތިޚާބުކުރާނެއެވެ.

އިންތިޚާބު ކޮމިޓީ އާއި ސުލޫކު ކޮމިޓީ އަދި އިސްތިއުނާފް ކޮމެޓީއަށް މެމްބަރުން އިންތިޚާބުކުރާއިރު މިއިން ކޮންމެ ކޮމިޓީއަކަށްވެސް 5 މެމްބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.

މިއީ ކުރީގެ ރައީސް މައުމޫން އަބްދުލްޣައްޔޫމް އިސްވެ ހުންނަވާ އުފައްދާފައިވާ ސިޔާސީ ޕާޓީއެކެވެ. އަދި މިހާރުވެސް ޕާޓީ ހިންގެވުމުގައި އެންމެ އިސްކޮށް ހުންނަވަނީ ރައީސް މައުމޫނެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ރައީސް މައުމޫން އަބްދުލް ގައްޔޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"

ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"

03 ނޮވެމްބަރު 2024
ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު

ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު

03 ނޮވެމްބަރު 2024
ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި

25 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު