Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން މުޒާހަރާގައި

ރައީސް ޔާމީން އަމަލީގޮތުން މުޒާހަރާގައި ބައިވެރިވެވަޑައިގެންފި

10 ސެޕްޓެމްބަރު 2021 | ހުކުރު 13:56

ކުޑަދޮރު ކައިރީގައި ހުންނަވައި މުޒާހަރާގެ ބައިވެރިންނަށް އަތުން އިޝާރާތް ކުރައްވައި ހިތްވަރުދެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 10 ސެޕްޓެމްބަރު 2021 | ހުކުރު 13:56
ރައީސް ޔާމީން ޕީޕީއެމްގެ ދިދަ ހިފައިގެން ސަޕޯޓަރުންނަށް ހިތްވަރު ދެއްވަނީ

ރައީސް ޔާމީން ޕީޕީއެމްގެ ދިދަ ހިފައިގެން ސަޕޯޓަރުންނަށް ހިތްވަރު ދެއްވަނީ

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމުން ހުކުރު ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދެއްވައިފިއެވެ.

''އިންސާފު ކޮބާ" މިނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި އިދިކޮޅު ކޯލިޝަނުގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. މާފުށީ ޖަލުގައި ކޮވިޑް ފެތުރޭތީ އާއި ގައިދީންގެ ބަލި ހާލަތު ހުރިގޮތުން ކޮވިޑުގެ ސަބަބުން ނުރައްކާތެރި ގޮތެއް މެދުވެރިވެދާނެ މީހުންނަށް ބަލައިގެން ކަރެކްޝަން ސާރވިސްގެ ފަރާތުން ވަނީ ވަގުތީގޮތުން ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކޮށްފައެވެ. މިއަދުގެ މުޒާހަރާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވީ ގޭގައި ހުންނަވައިގެންނެވެ.

Advertisement - newsAdvertisement

މުޒާހަރާގެ ބައިވެރިން ރައީސް ޔާމީނުގެ ގޭގެ ކުރިމައްޗަށް އެއްވުމުން އެމީހުންނަށް ފެންނަ ގޮތަށް ކުޑަދޮރެއްގެ ކައިރީގައި ހުންނަވައި އިޝާރާތުން ހިތްވަރުދެއްވައި ސިޔާސީ މެސެޖުތައްވެސް ދެއްވިއެވެ. ޕީޕީއެމްގެ ދިދައެއްވެސް ހޫރުވިއެވެ.

ރައީސް ޔާމީނު މިބީދައިން މުޒާހަރާގައި ބައިވެރިވެ ވަޑައިގެންނެވިއިރު އިދިކޮޅު ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކަށް އަދުލު އިންސާފުގެ ޔަގީންކަމެއް ނެތް ކަމަށެވެ.

ސަރުކާރުން ބޭނުންހާ ގޮތަކަށް ހުކުމްތައް ކުރަމުންދާ ކަމަށް ތުހުމަތުކޮށް އަދުރޭ ވިދާޅުވީ އިންސާފު ހޯދުމަށް ހުރިހާ ރައްޔިތުން އަޑު އުފުލަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ މިހަރަކާތަކީ ސުލްހަވެރި ހަރަކާތެއް ކަމަށާއި ކުރިއަށް އޮތްތަނުގައި މިހަރަކާތްތައް ވަރުގަދަ ކުރާނެ ކަމަށެވެ.

ޕީޕީއެމް އޮފީސް ކައިރީން މުޒާހަރާ ފަށައިގެން ކުރިއަށް ދަނިކޮށް ބޮޑުތަކުރުފާނު މަގުގެ ޕެޓްރޯލް ޝެޑް ކައިރިން ފުލުހުން ހުއްޓުވިއެވެ. އަދި ފަހުން އަޑު އުފުލާފައިވަނީ ޕީޕީއެމް އޮފީސް ސަރަހައްދުގައެވެ. މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00ން އިރުއޮއްސި 6:00 ށެވެ. މުޒަހަރާ ކުރިއަށް ދިޔަ ވަގުތު އެސަރަހައްދުގައި އެސްއޯ ފުލުހުންނާއި ޓްރެފިކް ފުލުހުން ހަރަކާތްތެރިވެފައިވެއެވެ.

ރައީސް ޔާމީން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
04 އޮކްޓޯބަރު 2024

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން
30 އޯގަސްޓު 2024

ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

30 އޯގަސްޓު 2024
ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު
21 މާރިޗު 2024

ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް

21 މާރިޗު 2024
ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް
24 ޑިސެމްބަރު 2023

ތިޔަހެން ނުހައްދަވާށޭ އިނގޭތޯ ވެރީ ސޮރީ!

24 ޑިސެމްބަރު 2023
ތިޔަހެން ނުހައްދަވާށޭ އިނގޭތޯ ވެރީ ސޮރީ!
22 ނޮވެމްބަރު 2023

ރައީސް ޔާމީންގެ އިރުޝާދަށް ސްޓިއަރިން ކޮމިޓީއަކުން ޕީޕީއެމް ހިންގުމާ ހަވާލުވެއްޖެ

22 ނޮވެމްބަރު 2023
ރައީސް ޔާމީންގެ އިރުޝާދަށް ސްޓިއަރިން ކޮމިޓީއަކުން ޕީޕީއެމް ހިންގުމާ ހަވާލުވެއްޖެ
06 އޮކްޓޯބަރު 2023

އަމިއްލަ އާއިލާ އާއި ދާއިރާއަށް ވަގުތުނުދީ މަސައްކަތްކުރީ ޔާމީންގެ ހައްގުގައި ކަމަށް ވިދާޅުވެ އާދަމް ޝަރީފް ޔާމީނަށް ރައްދުދެއްވައިފި

06 އޮކްޓޯބަރު 2023
އަމިއްލަ އާއިލާ އާއި ދާއިރާއަށް ވަގުތުނުދީ މަސައްކަތްކުރީ ޔާމީންގެ ހައްގުގައި ކަމަށް ވިދާޅުވެ އާދަމް ޝަރީފް ޔާމީނަށް ރައްދުދެއްވައިފި
17 ސެޕްޓެމްބަރު 2023

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް