Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ލިޔަން ކިޔަން ދަތުމުގެ ދުވަސް

އަނދިރިކަމުގެ ތެރެއިން އަލިކަމަށް ދިވެހިން ކުރި ދަތުރު

ލިޔަން ކިޔަން ދަތުމުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަސް

ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2021 | ބުދަ 08:36
އަސާސީ ތައުލީމުގެ މަގު ފަހިވެގެންދިޔައީ 1932 ގައި ވުޖޫދު ކުރެވުނު ފުރަތަމަ ގާނޫނީ ހުކޫމަތުގެ ތެރެއިން

އަސާސީ ތައުލީމުގެ މަގު ފަހިވެގެންދިޔައީ 1932 ގައި ވުޖޫދު ކުރެވުނު ފުރަތަމަ ގާނޫނީ ހުކޫމަތުގެ ތެރެއިން

މިއަދަކީ ބައިނަލްއަގުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހެވެ. އދގެ މެމްބަރު ހުރިހާ ގައުމެއްގައި މިދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. ޔުނެސްކޯގެ ޖެނެރަލް ކޮންފަރެންސުން މި ދުވަސް ކަނޑައަޅައި ފާސްކޮށްފައިވަނީ 1966 ގައެވެ. އެހެންނަމަވެސް ރަސްމީކޮށް އެންމެ ފުރަތަމަ މިދުވަސް ފާހަގަ ކުރެވުނީ 1967 ގައެވެ.

މިކަހަލަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ލިޔަންކިޔަން ދަތުމުގެ ބޭނުމާއި އޭގެ މުހިއްމުކަން އަންގައިދީ އަސާސީ ތައުލީމަށް ބާރުއެޅުމެވެ. އަސާސީ ތައުލީމަކީ ލިޔަންކިޔަން އެނގުމާއި ދިރިއުޅުމަށް ބޭނުންވާނެ އެންމެ އަސާސީ މިންވަރަށް ތަކެތި ދަސްކޮށް ރޯފިލުމެވެ.

ލިޔެކިޔާން އެނގުމާއި އާއްމުކޮށް ތައުލީމުގެ ކަންކަން އިހު މިރާއްޖޭގައި އޮތީ މިހާރު މިފެންނަ ގޮތަކަށް ނޫނެވެ. ތައުލީމުގެ ބޭނުންތެރިކަންވެސް މީސްތަކުންނަށް ވިސްނިފައި އޮންނަނީ މިހާރު މި ވިސްނޭ ގޮތަކަށް ނޫނެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ފަހަކާ ހަމަޔަށްވެސް މިރާއްޖޭގައި ކުޑަމިނުން ލިޔެކިޔަންވެސް ނޭނގޭ މީހުންގެ އަދަދު ވަރަށް ގިނައެވެ. ރައީސް މައުމޫނު 1978 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރެވުނު ދިރާސާއަކުން ހާމަވިގޮތުގައި 1980 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ ކޮންމެ ތިން މީހަކުން އެކަކީ އަމިއްލަ ނަންވެސް އަމިއްލަޔަށް ލިޔާން ނޭނގޭ މީހެކެވެ. ލިޔާންވެސް ކިޔާންވެސް ނުދަންނަ މީހެކެވެ.

މިއީ މާކުރީގެ ތާރީޚެއްގެ ވާހަކައެއް ނޫނެވެ. މިއީ މީގެ ސާޅީސް އަހަރު ކުރިން ރާއްޖޭގެ ހާލަތު އޮތްގޮތުގެ ވާހަކައެވެ. މިކަން ބަދަލުކުރުމަށްޓަކައި ލިޔަންކިޔަން ދަތުމުގެ ދާއިރާގައި މުޅިރާއްޖޭގައި ހިންގުނު އެންމެބޮޑު މަޝްރޫއަކީ 1980ގައި ފެށުނު އަސާސީ ތައުލީމުގެ މަޝްރޫއެވެ. އެއީ އެންމެ އުތުރުން އެންމެ ދެކުނާ ހަމަޔަށް ހިންގުނު ވަރަށް ބޮޑު މަޝްރޫއެކެވެ.

އަސާސީ ތައުލީމުގެ ނަމުގައި ހިންގުނު މި މަޝްރޫއަށް 10 އަހަރުވީއިރު އަދި 1990ގެ އަހަރުތަކަށް ފެށުނުއިރު ރާއްޖޭގެ އާބާދީގެ 98 އިންސައްތަޔަށްވުރެ ގިނަ މީހުންނަށް ލިޔަންކިޔަން އެނގެއެވެ. އެހެންވީމާ މިއީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގުނު އެންމެ ކާމިޔާބު ގައުމީ މަޝްރޫއު ކަމަށް ނިންމިދާނެއެވެ.

ރާއްޖޭގަައި އާންމުކޮށް އެންމެންނަށް އުނގެނުމުގެ މިނިވަންކަން ލިބުނީ އަދި ކީރިތި ގުރުއާން ކިޔެވުމާއި އަރަބި އަކުރާއި ތާނަ އަކުރު ލިޔާން ކިޔާން ދަސްކުރުން ކޮންމެ ދިވެހިރައްޔިތަކުގެ މައްޗަށް ލާޒިމުވީ 1932 ގައި ވުޖޫދު ކުރެވުނު ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީންނެވެ. ކިޔެވުމާއި ކިޔަވައިދިނުމުގެ މިނިވަންކަން އަދި އަސާސީ ތައުލީމު ލާޒިމުވީ ވެސް ފުރަތަމަ ގާނޫނުއަސާސީން 1932 ގައެވެ. އޭގެފަހުން އަމީނުގެ ޖުމްހޫރިއްޔާ ނިމިގެން އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ބޮޑުވަޒީރުކަމުގެ ދައުރުގައި 1954 ވަނަ އަހަރު އިލްޒާމީ ތައުލީމުގެ ގާނޫނެއް ފާސްކުރެވި އިސްލާމަކަށް ވީތީ އަދި ދިވެއްސަކަށް ވީތީ އެނގުން ކޮންމެހެން ލާޒިމު ކަންކަން އުނގަންނައި ދިނުމަށް މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ސަރުކާރުގެ ފަރާތުން މުދައްރިސަކު އައްޔަން ކުރިއެވެ.

ޒަމާނުއްސުރެ އާންމު ރައްޔިތުންނަށް ލިިބިފައި ނެތް ކިޔެވުމުގެ މިނިވަންކަން ލިބި އާންމު ރައްޔިތުންނަށް އަސާސީ ތައުލީމު ދެއްވަން ފެއްޓެވި ވަޒީރަކީ ރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ހޯމް މިނިސްޓަރު އަދި އެޑިއުކޭޝަން މިނިސްޓަރު ހެންވޭރުގޭ އަހުމަދު ކާމިލްދީދީ އެވެ. އޭނާ މިކަން ކުރެއްވީ 1932ން 1933 ވަނަ އަހަރާ ހަމަޔަށެވެ. "ރިވާޔަތުމޫސާ ވަޒުލެއިޚާ" ގެ ނަމުގައި ދިވެހި ބަހުން އެންމެ ފުރަތަމަ ވާހަަކައެއް ލިޔުއްވީވެސް އެމަނިކުފާނެވެ. އަދި ރާއްޖޭގެ ފުރަތަމަ ނޫސްމަޖައްލާ "އަލްއިސްލާހު"ގެ އެޑިޓަރަކީ ވެސް އެމަނިކުފާނެވެ.

މުޖުތަމައު ހޭލުންތެރިވުމަކީ އޭރުވެސް އަދި މިހާރުވެސް ސިޔާސީ ބައެއް ބޭފުޅުންނަށް ނުރައްކަލެކެވެ. އެބޭފުޅުންނަށް މަގު ފަސޭހަވެފައި އަމާންވަނީ އާއްމުންގެ ތެރޭގައި ޖާހިލުކަން ފެތުރިފައި އޮންނަ ވަރަކުންނެވެ. އަހުމަދު ކާމިލުދީދީގެ ސިޔާސީއިރު އޮއްސުނީ ވެސް މިކަހަލަ ވިސްނުމެއްގައި ތިއްބެވި ބައެއް ލީޑަރުންގެ ސަބަބުންނެވެ. އެމަނިކުފާނަށް ބޮޑުބޭބެވިދާޅުވާ ހަސަން ފަރީދު ދީދީގެ ސަބަބުންނެވެ.

ރާއްޖޭގެ ސިޔާސީ ބާރު 1934 ވަނަ އަހަރު ހަސަން ފަރީދުގެ ފަރާތަށް އެނބުރިގެން ދިޔަ ހިނދުގައި ވަރަށް ގިނަ ކަންކަން ހަސަން ފަރީދު ބޭނުންފުޅުވާ ގޮތަށް ބަދަލުކުރެވުނެވެ. ކިޔަވައިދިނުންވެސް ހުއްޓުމަކަށް ގެނެވުނެވެ. ފޮތްތައް އަތުލައި އެންދުމުގެ ބުރެއްވެސް ހިންގުނެވެ. އެޒަމާނުގައިވެސް މިޒަމާނެކޭ އެއްގޮތަށް ރިފޯމިސްޓުންނާއި އެނޫން މީހުންވެސް ތިއްބެވެ. ރިފޯމިސްޓުންގެ ލީޑަރަކީ އަހުމަދު ކާމިލްދީދީއެވެ. ރިފޯމާއި ދެކޮޅު ޖަމާއަތުގެ ލީޑަރަކީ ހަސަން ފަރީދެވެ. މުހައްމަދު އަމީނު ހުންނަވަނީ ދެ ޖަމާއަތުގެ ދޭތެރޭގައެވެ.

ކޮންމެއަކަސް ރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގައި މި ދެ ބޭފުޅުންގެ ސިޔާސީ ވާދަވެރިކަމުގައި ކެބިނެޓް އޮތީ ދެބައިވެފައެވެ. ޕާލަމަންޓް ވެސް އޮތީ އެފަދައިން ދެބައިވެފައެވެ. މިކަންތައްތަކުގެ ތެރެއިން ހަސަން ފަރީދު ކުޅިފަސް ހޯއްދެވީމާ ދެން ވާންއޮތްހައި ކަންތައް ވެގެންދިޔައީއެވެ. ޖާހިލުކަމުގެ އަނދިރި ދައުރަކަށް އަނެއްކާވެސް ފެށުނީއެވެ.

އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް އަހުމަދު ކާމިލުދީދީ ފެއްޓެވި މަސައްކަތް ހަސަން ފަރީދުގެ ސަބަބުން 1934 ގަައި ހުއްޓުމަށްފަހު ދެން އަލުން އެ މަސައްކަތް އައުކުރެއްވީ 1940 ގެ އަހަރުތަކުގަައި މުހައްމަދު އަމީނަށް ބާރު ލިބިވަޑައިގެންނެވުމުން އަމީނެވެ. ދީނީގޮތުން އެނގުން ލާޒިމުވާ ކަންކަން އުނގަންނައިދނުމަށް އިލްޒާމީ ތައުލީމު ފައްޓަވައި ކޮންމެ ރަށަކަށް އިލްޒާމީ ތައުލީމުގެ މުދައްރިސެއް ހަމަޖައްސަވައި ކިޔަވައިދެއްވަން ފެއްޓެވީ އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި އެކިލެގެފާނެވެ.

ރާއްޖެއަށް އިނގިރޭސި ތައުލީމު ގެންނަވައި ޒަމާނީ ބައްޓަމަކަށް ތައުލީމު ފެތުރުން ފެއްތެވީ އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދައުރުގައެވެ. އެ ދައުރު ނިމިގެން ރައީސް މައުމޫނުގެ ދައުރު ފެށުނުއިރު ރާއްޖޭގައި ލިޔަންކިޔަން އެނގޭ މީހުންގެ ތަފާސް ހިސާބު އިސްވެ ބަޔާންކުރެވުނީއެވެ. ކޮންމެ ތިން މީހަކުން އެކަކީ ލިޔަން ކިޔަން ނުދަންނަ މީހެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

10 ނޮވެމްބަރު 2017
ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

ފޮޓޯއިން ވާހަކަ: ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންގެ ދިރިއުޅުން

05 އޮކްޓޯބަރު 2017
ވަޒީރުންގެ އދ. ދަތުރު، ބޭކާރު ހަރަދެއް!

ވަޒީރުންގެ އދ. ދަތުރު، ބޭކާރު ހަރަދެއް!

24 ސެޕްޓެމްބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
ރައީސް ޔާމީން ހައްޖު ދަތުރު ކެންސަލް ކުރެއްވި ސަބަބު؟

ރައީސް ޔާމީން ހައްޖު ދަތުރު ކެންސަލް ކުރެއްވި ސަބަބު؟

03 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު