Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޭކާރު ދަތުރު

ވަޒީރުންގެ އދ. ދަތުރު، ބޭކާރު ހަރަދެއް!

ދުނިޔޭގެ ބާރަކާއި ސަރަހައްދީ ބާރަކާ ބައްދަލެއް ނުކުރޭ

ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2017 | އާދީއްތަ 14:36
މިނިސްޓަރު އާސިމް އދ. ގައި ތަގްރީރު ކުރެއްވިއިރު ދިވެހި ވަފުދު މާލުގައި

މިނިސްޓަރު އާސިމް އދ. ގައި ތަގްރީރު ކުރެއްވިއިރު ދިވެހި ވަފުދު މާލުގައި

އދ. 72 ވަނަ އާންމު ޖަލްސާއަށް ރާއްޖޭން ދިޔަ ވަފުދުގައި ހަތަރު ވަޒީރުންނާއި އެ ބޭފުޅުންގެ ސެކްރެޓަރީން ނުވަތަ އެހީތެރިން ހިމެނެ އެވެ. ނިއުޔޯކަށް ވަޑައިގެންނެވި ވަޒީރުންނަކީ ފޮރިން މނިސްޓަރު ޑރ. މުހައްމަދު އާސިމްގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ޖެންޑަ މިނިސްޓަރު އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ ހިމެނިވަޑައިގަންނަވަ އެވެ.

އދ. ގެ އާންމު ޖަލްސާގައި އެންމެ ގިނަ މިނިސްޓަރުން ބައިވެރިވި ގައުމަކަށް ރާއްޖެ ވާނެ އެވެ. ނަމަވެސް ދެއްކުނު ނަތީޖާއެއް ނެތެވެ. ފެނިގެން ދިޔައީ ހަވާސާގައި، އެހެން ގައުމުތަކުގެ ބައެއް މިނިސްޓަރުންނާއި އޮފިޝަލުންނާއި ބައްދަލުކުރެއްވުމާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ އިވެންޓްތަކުގައި ބައިވެރިވުމެވެ. ދުނިޔޭގެ ބާރެއްގެ ވެރިޔަކާ ބައްދަލެއް ނުކުރެވުނެވެ. ސަރަހައްދީ ބާރުގެ ވެރިޔަކާ ބައްދަލެއް ނުކުރެވުނެވެ. މިއިން ކޮންމެ ބައްދަލުވުމަކީ ބޮޑު ހަބަރަކަށް ދިޔައީ ހަދަމުންނެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީގައި ތިއްބަވައިގެން ވަޒީރުން ހަރަދުކުރައްވަމުން ގެންދެވީ އެ ބޭފުޅުންގެ އަމިއްލަފުޅު ފައިސާއެއް ނޫނެވެ. ދިވެހިރައްޔިތުންގެ ފައިސާއިން ހަރަދުކުރައްވަމުން، ފަރިއްކުޅުވަމުން ގެންދަވާއިރު ދިވެހންގެ ހައްގުތަކުގެ ވާހަކަ އދ. ގައި ދެއްކެވުމަށް ހަނދުމަފުޅެއް ނެތެވެ. ރާއްޖެއާ ބެހޭ ގޮތުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވަނީ އިންސާނީ ޙައްޤުތަކުގެ ހާލަތާއި، ސިޔާސީ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން ނެތުމާއި ކޯޓްތައް ހަރާބުވެފައި އޮތުމެވެ. ރާއްޖެއާމެދު މުޅި ދުނިޔެ ކަންބޮޑުވާ މި ކަންކަމުގެ ވާހަކަ ދައްކަވަން ފޮރިން މިނިސްޓަރަށް މުހިންމެއް ނުވި އެވެ. ގަޓްހުރި ކަމަށް ބުނާ މި ސަރުކާރަށް، ދުނިޔެއިން ކުރާ ތުހްމަތުތަކަކީ ބުހުތާނު ދޮގެކޭ ވެސް ބުނެލާނެ ހިތްވަރެއް ނެތެވެ. ކެރިވަޑައެއް ނުގަތެވެ.

ޑރ. އާސިމްގެ ތަޤުރީރުގެ ބޮޑު ބައެއް ޚާއްސަ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ގެނެސްދެއްވާފައިވާ ތަރައްޤީގެ ގޮތުގައި ސަރުކާރުން ސިފަކުރާ ކަންކަމުގެ ވާހަކަ އާއި، މޫސުމީ ބަދަލާއި، ދެމެހެއްޓެނިވި މަސްވެރިކަމުގެ އިތުރުން ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ ވާހަކައަށެވެ. މީގެ އިތުރުން އދ ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށްވެސް ޑރ. އާސިމް އަލިއަޅުއްވާލެއްވިއެވެ.

އދ އަކީ، "ވައުދުވާ، އަދި ވައުދު ފުއްދާ" ޖަމްޢިއްޔާއަކަށް ވާތަން ދެކެން ދިވެހިރާއްޖެއިން އުއްމީދުކުރާ ކަމަށް މިނިސްޓަރު އާސިމް ވިދާޅުވިއިރު، އެ މަނިކުފާނު ތަމްސީލްކުރައްވާ މި ސަރުކާރުގެ ހާލަތެއް ހަނދުމަފުޅެއް ނެތެވެ. ފާޑުކިޔުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، ތިމާގެ ހާލަތާމެދު ވެސް ވިސްނާލާނަމަ ތަންކޮޅެއް ތާހިރު ވާނެވެ. މި ސަރުކާރަކީ ވައުދުވެ، ވައުދު ނުފުއްދާ ސަރުކާރެކެވެ.

އަމިއްލަ ގައުމުގެ މައްސަލަތައް ހައްލު ނުކުރެވިގެން އުޅޭ މި ސަރުކާރުގެ ފޮރިން މިނިސްޓަރު، ދުނިޔޭގެ ގައުމުތަކުގައި ހުރި މައްސަލަތައް ހައްލުކުރަންވީ ގޮތް ކިޔަދިނެވެ. ލަދެއްވެސް ނެތީ އެވެ. އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮޑިއަކަށް ފައި ފައިވެސް ވަނީ ނަގައިފަ އެވެ. ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖެ ހިމެނުމަކީ ފަހުރެއް ކަމަށް ވިޔަސް، ލަދުގަންނަންޖެހެނީ މި ސަރުކާރަށް ދުނިޔޭގެ ގައުމުތަކުގެ ގޮވާލުމުގެ އަޑު ނީވޭތީ އެވެ. ކަންފަތް ބީރުވެ، ބޯހަރުބައެއްގެ އާދޭހަށް ދުނިޔޭގެ ވިސްނުން ދީލާލައި، މި ސަރުކާރާރުން އެދޭ ގޮތަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ދޭނެ ކަމަށް ނުވިސްނާށެވެ. ދުނިޔެއިން މިނާނީ މިރާއްޖެއިން ވެސް މިނާ ނާޅިންނެވެ.

ހައިބަތުހުރި އދ. އެ ބިޔަ ހޯލުގައި ޑރ. އާސިމް ތަގުރީރު ކުރެއްވިއިރު ތިބީ ވަރަށް މަދު ގައުމުތަކެކެވެ. ގިނަ ގައުމުތަކުގެ ޝައުގުވެރިކަމެއް ރާއްޖެއަށް ނެތެވެ. މިނިސްޓަރުގެ ވާހަކައަށް ޝައުގެއް ނެތެވެ. ޝައުގުވެރިކަން ހުރި ނަމަ، މާލަމުން އެކަން އެނގޭނެ އެވެ. މާލަމުގައި ރާއްޖޭގެ މިނިސްޓަރުންނާއި ނިއުޔޯގައި ހުންނަ ދިވެހި މިޝަންގެެ އޮފިޝަލުންނާއި ދިވެހި ވަފުދުގެ މަންދޫބުން ތިއްބެވި އެވެ. ކަސަބުން ޖަރީކޮށްފައިވާ ބޯވަޅުއެޅި ލިބާހުގައި އަންހެން ބޭފުޅުން ތިއްބެވި އެވެ. ގޮތްގޮތަށް އަރިއަރި މައްޗަށް ފޮޓޯ ނެގުމާއި ސެލްފީ ނެގުން އެއީ ފަހުރަކަށް ވާނަމަ، މިފަހަރުގެ ދަތުރުން އެކަން ދިވެހިންނަށް ކާމިޔާބުވެއްޖެ އެވެ. އެއީ ފަހުރަކަށް ވާނަމަ އެކަން ވެސް ވެއްޖެ އެވެ. ދެން އަތްޖަހާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެރަރިސްޓުން މުޅި ދުނިޔެއަށް ދަތުރުކުރާއިރު، އިއްޒަތްތެރި މެމްބަރު ނިހާނަށް އަވަށްޓެރި އިންޑިއާއަށްވެސް ނޭރުނު

ޓެރަރިސްޓުން މުޅި ދުނިޔެއަށް ދަތުރުކުރާއިރު، އިއްޒަތްތެރި މެމްބަރު ނިހާނަށް އަވަށްޓެރި އިންޑިއާއަށްވެސް ނޭރުނު

05 ޖޫން 2018
ޖަޒީރާ ރައީސް ބ އަތޮޅު ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު!

ޖަޒީރާ ރައީސް ބ އަތޮޅު ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު!

20 މެއި 2018
ފެރީތައް މެދުވެރިކޮށް ދަތުރުކުރުމުގައި ހަމަ އަސްލު ވެސް ލުއި ފަސޭހަތަ؟

ފެރީތައް މެދުވެރިކޮށް ދަތުރުކުރުމުގައި ހަމަ އަސްލު ވެސް ލުއި ފަސޭހަތަ؟

25 އެޕްރީލު 2018
އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟

އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟

29 ޖެނުއަރީ 2018
ބީޗް ކުރޫޒަރ: ވަރަށް ފުރިހަމަ، ދަތުރުކުރަން މިވަރެއް ނެތް!

ބީޗް ކުރޫޒަރ: ވަރަށް ފުރިހަމަ، ދަތުރުކުރަން މިވަރެއް ނެތް!

19 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު