Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ޔާމީން ހައްޖު ދަތުރު ކެންސަލް ކުރެއްވި ސަބަބު؟

ހައްޖަށް ވަޑައިގަންނަވާކަން ވަރަށް ކުރިން އިއުލާން ކުރެއްވި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2017 | އާދީއްތަ 13:50
ރައީސް ޔާމީން ހަފްލާއެއްގެ ތެރޭގައި: ހައްޖަށް ވަޑައިނުގެންނެވި ސަބަބު ހާމައެއް ނުކުރައްވާ.

ރައީސް ޔާމީން ހަފްލާއެއްގެ ތެރޭގައި: ހައްޖަށް ވަޑައިނުގެންނެވި ސަބަބު ހާމައެއް ނުކުރައްވާ.

އަނެއްކާވެސް އާކަމެކެވެ. ދީނީ ސަރުކާރުގެ އެންމެއިސް ވެރިޔާގެ ދީންވެރިކަމުން އަރާހުރި އާބޮޅެކެވެ. ދުރާލާ އިއްލާން ކުރައްވައިގެން މިއަހަރުގެ ހައްްޖު ދަތުރަށް ރައީސް ޔާމީން ފުރުއްވަން އުޅުއްވިއިރު ހީވީ އެހެންފަދަ ކަމެއްހެންނެވެ. ސީދާ ރަސްމީކޮށް އިއުލާން ކުރެއްވިއެވެ. ގިނަ ބަޔަކު އެކަމަށް ތައްޔާރުވިއެވެ. ސަރުކާރުގެ ބޮޑުންގެ މެދުގައެވެ. އަމިއްލަފުޅު ޕާޓީގެ ތެރޭގައެވެ.

ރައީސް ޔާމީން ހައްޖަށް ވަޑައިގަންނަވާން އުޅުއްވި ވާހަކަ އެންމެ ބޮޑަށް ވައިގާ ހިފީ އެމަނިކުފާނު ފުރާވަޑައިގަތުމުގެ ކުރިން ކޮންމެހެންވެސް ކުރައްވަން އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއްގެ ސަބަބުންނެވެ. އެވަރުގެ ބޮޑު އަޅުކަމަކަށް ފުރުއްވުމުގެ ކުރިން ކޮށް ނުލެވިދާނެތީ އަވަސްއަރުވާލައިގެން އުޅުއްވި ކަންތައްތަކެއްގެ ސަބަބުންނެވެ. އެކަން ނުކޮށް މަބްރޫރު ހައްޖެއް ލިބިވަޑައިނުގެންފާނެތީ އުޅުއްވި ބީދައަކަށެވެ.

އެކަމަކު އެހެން މީހުންގެ ލޮލުގައި އެކަންކަން އަޅައިގަތީ މުޅިން އެހެން ސަބަބަކާހުރެއެވެ. ދީނީ މީހުން ބުނާގޮތުންނަމަ ހައްޖަށް ދިއުމުގެ ކުރިން ކޮށް އުޅެނީ އެހެން މީހުންގެ ހިތްހަލާލު ލިބިގަތުމުގެ ކަންކަމެވެ. މީހުންގެ ރުހުން ހޯދުމުގެ ކަންކަމެވެ. ކުރެވިފައި ހުރި ރަނގަޅު ނޫން ކަންކަންކަން އިސްލާހުކޮށް ތައުބާވެ ބިރުވެތިވުމުގެ ގޮތުން ކޮށްއުޅޭ ކަންކަމުގެ ގޮތުގައެވެ.

އެއްކަމަކީ ސަލްޓަންޕާކަށް ބަދަލުތަކެއް ގެނެސްގެން އެތަން ހުޅުވުމެވެ. ހައްޖަށް ދިއުމުގެ ކުރިން އެތަން ނިންމާނުލެވިދާނެތީ އެމަނިކުފާނު ހީވީ އެހެންފަދަ ކަމެއް ހެއްނެވެ. ރެއާދުވާލު ސިފައިން ނެރެގެން ބުރިން ހަން ނުދެމި މަސައްކަތް ކުރުވިއިރު އެވެރިންނަށް އަރާމެއް ނިއްޖެއްކަމެއްވެސް ނެތެވެ. ރޯދަމަހުގެ ފަހުދިހަވެސް އެވެރިން އުޅެން ޖެހުނީ މިސްކިތުގެ ބަދަލުގައި ސަލްޓންޕާކް ރީތި ކުރުމަށެވެ. އަޅުކަމަކާ އަޅުކަމެއް ދޫކޮށްލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ދައުވާ ކުރެވޭތޯ ބެލިބެލުމަކީވެސް އާދައިގެ ކަމެއް ނޫނެވެ. މެންބަރުންގެ ހިތްރުއްސުމަށް ކުރުވި ކަމެއް ނޫނެކޭ ދަންނަވާކަށް ނެތީމެވެ. ހަމަ ގައިމުވެސް ދުވަހަކުވެސް ކުށުގެ ރެކޯޑެއް ނެތް ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރުން ތަކަކަށް ދައުވާ ކުރުމަށް ފޮނުވާލެވޭތޯ ފުލުހުންގެ ތެރެއިން ބަޔަކު އުޅުނީ ހަމަ ހޭބޯވެސް ނާރައެވެ. ރައީސް ޔާމީން ހައްޖަށް ފުރާވަޑައިގަންނަވަންވާއިރަށް އެމެންބަރުންނަށް ދައުވާ ކުރެއްވޭތޯއެވެ. ފުލުހުންގެ މަސައްކަތް ވަރަށް ކާމިޔާބެވެ. ހައްޖު ދުވަސް އައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެމަޖިލީހުގެ މެންބަރުން ވެއްނެވިކަމުގެ ކުށް ބޮލުއަޅުވާ ހެޔޮވަރުގެ ބޮޑު ދައުވާއެއް ކުރަން ފޮނުވާލީއެވެ. އެންމެ މެންބަރަކަށް ނޫނެވެ. މެންބަރުންނެވެ.

ޤާސިމް ފަކީރު އޮތީ ބަލި އެނދުގައެވެ. ޤަވާއިދުން ރާއްޖެއިން ބޭރުން ކުރަމުން އައި ބޭސްފަރުވާއަށް ނުފުރި ދުވަސްވަމުން ދިޔަ ދިޔައިނުން ބަލިބޮޑުވެ ވެއްޓުނީ ކޯޓު ރޫމް ތެރެއަށެވެ. އެމްބިއުލާންސްގައި ސައިރަން އަޅާފައި ހޮސްޕިޓަލަށް ގެންދިޔައީ ފަނޑިޔާރު މަނިކުފާނު ކުރިފުޅު މަތިންނެވެ. އެކަމަކުވެސް ކުރާނީ ކީއްހެއްޔެވެ. ކުރިއަށް އޮތީ ރައީސް ޔާމީންގެ ހައްޖު ދަތުރެވެ. ހައްޖަށް ވަޑައިގަތުމުގެ ކުރިން ކޮންމެހެންވެސް އެކަންވެސް ކުރާން ޖެހޭ ކަހަލައެވެ. މަތިމައްޗަށް ކޯޓަށް ހާޒިރުވުމުގެ ޗިޓް އެހަވާލު ކޮށްލީ ހޮސްޕިޓަލުގައި އެނދުމަތިވެ އޮއްވައެވެ. ޝަރީޢަތަށް އަޔަސް ނަޔަސް ރައީސް ޔާމީން ހައްޖަށް ފުރުމުގެ ކުރިން ތިމަން ފަނޑިޔާރަށް ޖެހޭނީ ޤާސިމަށް ހުކުމް ކުރަންށޭ ބުނާފަދަ ގޮތަކަށް ޣައިރު ހާޒިރުގައި ހުކުމްކޮށް ނިންމާލީ މީހުން ނިދާ ފައިހިލަވަޅު އޮބޭވަރަށް މެންދަން ވެސް ވީފަހުން ސިއްރުންސިއްރުން ކަހަލަ ގޮތަކަށް ކޯޓު ހުޅުވާލައިގެންނެވެ. އިޖުރާއަތްތަކާ ޤާނޫނާ ޤަވާއިދާ އިސްލާމީ ރީތި ހަމަޔާ ދިވެހިން ޤަބޫލުކުރާ އުސޫލުތައް އެއޮތްތަނެއްގައި ބާއްވާފައެވެ. އިސާހިތަކު ހައްޖަށް ފުރުމުގެ ކުރިން އެކަން ވެސް ކޮށް ނިންމާލީއެވެ.

ދެންވާ ކުރާން ހުރި ކަންކަން ކޮށް ނިންމާލެވުނީއޭ ހީފުޅު ކުރައްވާ ހައްޖުދަތުރަށް ފަހުގެ ފުރަފޭލި ބަންނަވަން ފެއްޓެވިއެވެ. ކަމަކުދާކަށް ނެތެވެ. ލިސްޓުގައި ކޮންމެހެން ކުރަން ޖެހޭ އެންމެ މުހިއްމު ކަންތައް އަދިއޮތީ ކޮށްނުލެވިއެވެ. ގޮނޑި ގެއްލުނު ކަމަށް ބުނި މެންބަރުންކޮޅާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާލުމެވެ. ރޭކާލީ ދެންވާ އެއަރޕޯޓަށް ވެސް ވަޑައިގެންނެވިފަހުންނޭ ބުނާތީ އަހަމެވެ. ގިނިކަންޏާ ފަސްޓް ލޭޑީ ދޫކޮށްލައްވާފައި އެނބުރި އަނެއްކާ ވެސް މާލެވަޑައިގެންނެވީ އެކަން ކޮށްނުލައްވާ ވަޑައި ނުގަންނަވަން ވެގެންނެވެ.

ބަސްބުނިހިނދުން އިވުނީ އެއްކަލަ ބަންޑާރަނައިބާ ދެންވެސް ސަރުކާރުގެ ވެރިންތަކެއް ދަންވަރު ސުޕްރީމް ކޯޓުތެރެއިން ނުކުންނަވާތީއެވެ. ހެއްދެވިއްޔާ ހެއްދެވިއެއްޗެއް ހައްދަވައި ނިމުނީއެވެ. ޖެހިގެން އައި ދުވަހު ފެނުނީ އެއްކަލަ ސުޕްރީމް ކޯޓުން ބޮޑު ނިންމުން ނިންމިތަނެވެ. ވާސަރީއެވެ. އެކަންވެސް ކޮށްނިންމާލެވުނީއެވެ. ހިތްހަލާލު ހޯދުމުގެ ގޮތުންނަމަވެސް ހައްޖަށް ދިއުމުގެ ކުރިން ކުރައްވަންހުރި ކަމަށް ބެލެވޭ ކަންކަން ފުރިހަމަކޮށް ނިންމަވާލެއްވީއެވެ.

އެކަމަކު ހައިރާންވެ އަންތަރީސްވީ ހައްޖުމަހުގެ 8 ވަނަ ދުވަސް އައިރުވެސް އެމަނިކުފާނު ރާއްޖޭގައި ހުންނެވީތީއެވެ. ހައްޖު ދުވަހު ރާއްޖެއިން ދިޔަ ހައްޖާޖީން ހައްޖުގެ އަޅުކަމަށް ޢަރަފާތު ބިމުގައި ތިބިއިރު އެމަނިކުފާނު ރާއްޖޭގައި ހުންނެވީތީއެވެ. އެމަނިކުފާނުގެ ބަހުންނަމަ ސުވަރުގެ ދިއުމުގެ ކުރިން ވޯމްއަޕް ކޮށްލަން އަންނަންޖެހޭ ދިވެހިރާއްޖޭގައި ހުންނެވީތީއެވެ.

ކޮންމެއަކަސް ރައްޔިތުންގެ އަނގަފެޅީ އެހާހިސާބުންނެވެ. މާކުރިން ވަޑައިގަންނަވަން އުޅުއްވި ހައްޖު ދަތުރަށް ވަޑައިނުގެންނެވީމައެވެ. އެކިމީހުން ދެއްކީ އެކިވާހަކައެވެ. ސޯޝަލް މީޑިޔާ ފްލަޑްވިއެވެ. މީހުންގެ ކޮމެންޓްތަކުންނެވެ. ތަފާތު ޚިޔާލުތަކާއި ޝުއޫރުތައް ފާޅުކޮށްފައެވެ. މައިބަފައި ގާތުގައި ތިބެގެންނާއި ވޮށް އަލިވާ ހިސާބުގައިވެސް ނުދެއްކޭވަރުގެ ވާހަކަތައްވެސް މެއެވެ.މައިގަނޑު އައީ އެންމެ ދިމާލަކަށެވެ. ވެރިކަން ވެއްޓިދާނެތީ ރާއްޖެއިން ފުރުއްވަން ކެރިވަޑައި ނުގަތްކަމަށް ބުނެއެވެ. އިދިކޮޅު އެންމެން ނުކުމެ ވެރިކަން ބަދަލުކޮށްފާނެކަމަށް ހީވެގެންނެވެ. ރައީސް ޔާމީން އޭގައި އުޅުއްވިގޮތައް މަޝްހޫރު 7 ފެބްރުއަރީފަދަ ދުވަހެއް އަތުވެދާނެތީ ކަމަށް ހީކޮށްގެންނެވެ. ބުނެވޭގޮތުން އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެމަނިކުފާނަށް އެންގިއެންގުމަކާ ހުރެއެވެ. ކޮންމެ ކަމަކާހުރެ ވަޑައި ނުގެންނެވިނަމަވެސް ރައީސް ޔާމީންގެ ދީނީ ވަންތަކަމާމެދު އަނެއްކާވެސް ސުވާލު އުފެދިއްޖެއެވެ. ދެއްކެވިފައި ހުރި ބައެއް ދީނާ ބީރައްޓެހި ވާހަކަތައް ފަދައިން އެފަދަ ކަމެއް ޢަމަލުން ފެނުނީތީއެވެ. ޢޚިރަތައް ބިރުފުޅު ނުގަތް ދުނިޔެއަށްޓަކައި ހައްޖު ދަތުރު ކެންސަލް ކުރެއްވީތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު