Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޑިއާ ސެންޓްރަލް އޭޝިއާއަށް

ސާފުން ވަކިނުވެ އިންޑިއާ ސެންޓްރަލް އޭޝިއާއަށް

ސެންޓްރަލް އޭޝިއާގައި އިންޑިއާ ވާދަކުރާނީ އަންނަ އަހަރުން ފެށިގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ސެޕްޓެމްބަރު 2021 | ހޮނިހިރު 14:09
އިންޑިއާ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން

އިންޑިއާ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަކިނުވެ، އަންނަ އަހަރުން ފެށިގެން ސެންޓްރަލް އޭޝިއާ ފުޓްބޯލް އެސޯސިއޭޝަން (ސީއޭއެފްއޭ) އާ ގުޅެން އިންޑިއާއިން ނިންމައިފިއެވެ.

ސެންޓްރަލް އޭޝިއާގައި މި ވަގުތުު އޮތީ ހަ ގައުމެކެވެ. އެއީ މީގެ ކުރިން ސާފުގައި ވާދަކުރި އަފްޣާނިސްތާންގެ އިތުރުން އީރާނާއި، ކިރްގިސްތާނާއި، ތުރުކުމެނިސްތާނާއި، އުޒްބެކިސްތާން އަދި ތަޖިކިސްތާނެވެ. އެކަމަކު ހުކުރު ދުވަހު އިންޑިއާއިން ވަނީ އެ އެސޯސިއޭޝަނުގައި އެ ގައުމު ރަސްމީކޮށް ބައިވެރިކުރިކަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

އޭޝިއަން ފުޓްބޯޅަ ކޮންފެޑްރޭޝަން (އޭއެފްސީ) ގެ ގެ ދަށުން ސެންޓްރަލް އޭޝިއާ އުފައްދާފައިވަނީ 2014 ވަނަ އަހަރެވެ. މީގެ ކުރިން ސާފުގެ މެންބަރު ގައުމެއްގެ ގޮތުގައި އޮތް އަފްޣާނިސްތާނަކީ މިހާރު ސެންޓްރަލް އޭޝިއާގެ ދާއިމީ މެންބަރެކެވެ. އިންޑިއާއިން ހާމަކޮށްފައިވާ ގޮތުން ސެންޓްރަލް އޭޝިއާގެ މުބާރާތްތަކުގައި އެ ގައުމު ވާދަކުރި ނަމަވެސް، އެ ގައުމު އަދިވެސް އޮންނާނީ ސާފުގެ މެންބަރު ގައުމެއްގެ ގޮތުގައެވެ.

އަންނަ އަހަރުން ފެށިގެން ސެންޓްރަލް އޭޝިއާގތައި އިންޑިއާ ވާދަކުރާއިރު، އެ އަހަރުގެ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު އެ އެސޯސިއޭޝަނުން ބާއްވާ ފިރިހެނުންގެ 18 އާއި 15 އަހަރުން ދަށުގެ މުބާރާތްތަކުން އިންޑިއާ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސެންޓްރަލް އޭޝިއާގައި އިންޑިއާ ވާދަކުރާއިރު، ސާފް ސަރަހައްދުގައި މި ވަގުތު ހަތް ގައުމެއް ހިމެނެއެވެ. އެއީ އިންޑިއާގެ އިތުރުން ރާއްޖެ އާއި، ނޭޕާލާއި، ބަންގްލަދޭޝް އާއި، ސްރީ ލަންކާ އާއި، ބޫޓާން އަދި ޕާކިސްތާނެވެ. އެކަމަކު ޕާކިސްތާން މި ވަގުތު އޮތީ ފީފާގެ ސަސްޕެންޝަނެއްގައެވެ.

އެހެންކަމުން މި އަހަރުގެ އޮކްޓޯބަރު ބާއްވާ ސާފް ސަރަހައްދުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާނީ ފަސް ގައުމެކެވެ. ސަސްޕެންޝަނުގެ ސަބަބުން ޕާކިސްތާނަށް މުބާރާތުގައި ވާދަނުކުރެވޭއިރު، ކޮވިޑް-19 ގެ ސަބަބުން ބުޓާނުން ވަނީ މި މުބާރާތުގައި ވާދަނުކުރަން ނިންމާފައެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާއިން ޒުވާން ޓީމެއް ބައިވެރިކުރުވި ނަމަވެސް، އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާގެ ސީނިއާ ޓީމު ވާދަކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

އޭވީސީ ސެންޓްރަލް ޒޯން: ނޭޕާލްގެ މައްޗަށް ތުރުކަމިނިސްތާން ކުރިހޯދައިފި

23 މާރިޗު 2017
އޭވީސީ ސެންޓްރަލް ޒޯން: ނޭޕާލްގެ މައްޗަށް ތުރުކަމިނިސްތާން ކުރިހޯދައިފި
22 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފުރަތަމަ މެޗު ކިރިގިސްތާނަށް

22 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފުރަތަމަ މެޗު ކިރިގިސްތާނަށް
14 މާރިޗު 2017

ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން

14 މާރިޗު 2017
ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން
09 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

09 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
04 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

04 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު