Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޮލީ ޓީމު ތައިލޭންޑަށް ފުރުން

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ބާއްވަނީ ރާއްޖޭގައި

ލީވާން އަލީ
ލީވާން އަލީ | 9 މާރިޗު 2017 | ބުރާސްފަތި 11:34
ގައުމީ ފިރިހެން ވޮލީ ޓީމު

ގައުމީ ފިރިހެން ވޮލީ ޓީމު

މި މަހު ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ސެންޓްރަލް ޒޯން (އޭވީސީ) ޗެމްޕިއަންޝިޕް މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތަމްރީން ހެދުމަށް ތައިލޭންޑަށް ފުރައިފި އެވެ.

މުބާރާތުގެ ކުރިން ވޮލީ ޓީމު ތައިލޭންޑަށް ފުރާފައިވާއިރު، އެގައުމުގެ ބައެއް ކްލަބްތަކާ ދެކޮޅަށް ވޮލީ ޓީމު ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅެން ހަމަޖެހިފައިވާ ކަމަށް ވީއޭއެމް އިން ވަނީ ބުނެފައެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ، ފިރިހެން ވޮލީ ޓީމު ތައިލޭންޑްގައި ހަދާ ތަމްރީންތަކުގައި ހަތް މެޗު އެގުމުގެ ކްލަބްތަކާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ކަމަށާއި، ތަމްރީން ދަތުރަށް ފަހު ޓީމު އެނބުރި މާލެ އަންނާނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

އޭވީސީ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ތުރްކްމިނިސްތާން، ކިރްގިސްތާން އަދި ނޭޕާލެވެ. މުބާރާތުގައި ބައިވެރިވުމަށް ޓީމުތައް މާލެ އަންނާނީ މި މަހު 20 ވަނަ ދުވަހު އެވެ.

އޭވީސީ ސެންޓްރަލް ޒޯން މެންސް ކޮލިފައިންގެ ފުރަތަމަ މުބާރާތުގެ ފައިނަލްގައި ދިވެހި ޓީމުން ވާދަކުރިއެވެ. އެފަހަރު ފައިނަލްގައި ބަލިވީ ތުރްކްމިނިސްތާން އަތުންނެވެ. ސެންޓްރަލް ޒޯން ކޮލިފައިންގެ ދެވަނަ މުބާރާތް މިދިޔަ އަހަރު ބާއްވާފައި ވަނީ ބަނގްލަދޭޝްގައެވެ. އެ މުބާރާތުން ދިވެހި ޓީމުން ވަނީ ތިންވަނަ ހޯދާފަ އެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމުގެ ފަރިތަކުރުންތައް މިދިޔަ މަހުގައި ފަށާފައިވާ އިރު، ޓީމަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝަރަފެވެ. އޭނާގެ ދަށުން ޓީމުގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ހަރަކާތްތެރި ވާނީ މުހައްމަދު ސާޖިދު (ކާއްޓޭ) އާއި އިބްރާހިމް ޝިހާމް (ސަޑިއްކެ) އެވެ.

މިއީ ވޮލީގެ މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު