Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޮލީބޯލް

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

މުބާރާތަށް ތައްޔާރުވާން ޓީމުގެ ފަރިތަކުރުންތައް ވަނީ ފަށާފައި

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 4 މާރިޗު 2017 | ހޮނިހިރު 11:53
ރާއްޖޭގެ ސީނިއާ ފިރިހެން ވޮލީ ޓީމު

ރާއްޖޭގެ ސީނިއާ ފިރިހެން ވޮލީ ޓީމު

މި މަހު ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ސެންޓަރަލް ޒޯން ސީނިއާ މެއިން ޗެމްޕިއަންޝިޕްގައި ބައިވެރިވެފައި ވަނީ ހަތަރު ގައުމަކުން ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފި އެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ތުރްކްމިނިސްތާން، ކިރްގިސްތާން އަދި ނޭޕާލެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ ހަތަރު ޓީމާ އެކު މިފަހަރުގެ މުބާރާތް ވަރަށް ކާމިޔާބުކަމާ އެކު ނިންމާލެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، ޓީމްތައް މި މަހުގެ 20 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ.

ގައުމީ ޓީމް މުބާރާތަށް ތައްޔާރުވުމަށް މެޗުތަކެއް ކުޅުމަށް ތައިލެންޑުގައި މުބާރާތުގެ ކުރިން ކޭމްޕް ކުރާނެކަން ފާހަގަ ކުރައްވަމުން ލަތީފް ވިދާޅުވީ ދިވެހިން ބޭނުންވާ ވަރުގެ ކާމިޔާބީއެއް ލިބޭނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

އޭވީސީ ސެންޓްރަލް ޒޯން މެންސް ކޮލިފައިންގެ ފުރަތަމަ މުބާރާތުގެ ފައިނަލްގައި ދިވެހި ޓީމުން ވާދަކުރި އެވެ. އެފަހަރު ފައިނަލްގައި ބަލިވީ ތުރްކްމިނިސްތާން އަތުންނެވެ. ސެންޓްރަލް ޒޯން ކޮލިފައިންގެ ދެވަނަ މުބާރާތް މިދިޔަ އަހަރު ބާއްވާފައިވަނީ ބަނގްލަދޭޝްގައެވެ. އެ މުބާރާތުން ދިވެހި ޓީމުން ވަނީ ތިންވަނަ ހޯދާފަ އެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމުގެ ފަރިތަކުރުންތައް މިދިޔަ މަހުގައި ފަށާފައިވާ އިރު، ޓީމަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝަރަފެވެ. އޭނާގެ ދަށުން ޓީމުގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ މުހައްމަދު ސާޖިދު (ކާއްޓޭ) އާއި އިބްރާހިމް ޝިހާމް (ސަޑިއްކެ) އެވެ.

މިއީ ވޮލީގެ މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު