Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިއުޒިލޭންޑުގައި ޙަމަލާއެއް

ނިއުޒިލޭންޑުގައި އަނެއްކާވެސް ޓެރަރިސްޓު ހަމަލާއެއް

3 ސެޕްޓެމްބަރު 2021 | ހުކުރު 18:02

ފުލުހުން ވަނީ ހަމަލަދިން މީހާގެ ގަޔަށް ބަޑި ޖަހައި މަރާލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ސެޕްޓެމްބަރު 2021 | ހުކުރު 18:02
ނިއުޒިލޭންޑުގައި ވަޅީގެ ޙަމަލާއެއް ދީފައިވަނީ ލަންކާއަށް ނިސްބަތްވާ ރައްޔިތެއް

ނިއުޒިލޭންޑުގައި ވަޅީގެ ޙަމަލާއެއް ދީފައިވަނީ ލަންކާއަށް ނިސްބަތްވާ ރައްޔިތެއް

ކުށް މަދު، އަމާން ގައުމެއްގެ ގޮތުގައި ފާހަގަވެފައި އޮންނަ ނިއުޒިލޭންޑުގައި އަނެއްކާވެސް ޓެރަރިސްޓު ހަމަލާއެއް ދީފިއެވެ.

ނިއުޒިލެންޑްގެ ސަހަރެއް ކަމަށްވާ އޯކްލެންޑުގެ ސުޕަމާކެޓެއްގައި 6 މީހެއްގެ ގަޔަށް ވަޅި ޖެހުމުގެ މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. އެކަން ކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ މީހެއްކަމަށް ނިއުޒިލޭންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން ވަނީ ވިދާޅުވެފައެވެ. އޭނާއަކީ އައިސިސް ޖަމާއަތަށް ސަޕޯޓު ކުރާ މީހެއްކަން ޖަސިންޑާ ފާހަގަ ކުރެއްވިއެވެ.

Advertisement - worldAdvertisement

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން، ފުލުހުން ވަނީ ވަގުތުން އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލާފައެވެ. އޭނާ ވަޅީގެ ހަމަލާ ދިން މީހުންގެ ތެރެއިން 3 މީހުން ސީރިއަސް ޙާލަތުގައިވާއިރު، އެކެއްގެ ހާލު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިއުޒިލޭންޑުގެ ޕޮލިސް ކޮމިޝަނަރ އެންޑްރޫ ކޮސްޓާއާ ހަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ސުޕަމާކެޓަށް ދިޔައިރުވެސް ފުލުހުން ގެންދިޔައީ ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާއަށް ފާރަލަމުންނެވެ. ނަމަވެސް މާކެޓަށް ވަދެ ކުއްލިއަކަށް ވަޅީގެ ހަމަލާތަކެއް ދީފާނެކަމަށް ބެލެވިފައި ނެތްކަން ފުލުހުން ފާހަގަކޮށްފައިވެެއެވެ. އެގޮތުން އޭނާ ހަމަލާ ދިނުމަށް ބޭނުންކުރި ވަޅިއަކީވެސް އެތަނުގެ ތެރެއަށް ވަނުމަށްފަހު ފިހާރައިން ނެގި އެއްޗެއްކަމަށް ފުލުހުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ނިއުޒިލޭންޑުގައި މީގެ ކުރިންވެސް އެފަދަ ހާދިސާއެއް ވަނީ ހިނގާފައެވެ. އެގޮތުން ނިއުޒިލެންޑުގެ ކްރައިސްޓްޗާޗުގެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާގައި 40 މީހަކު މަރާލާފައި ވާއިރު މިސްކިތުގައި ނަމާދުކުރަން 100 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

4

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
23 ފެބުރުއަރީ 2017

ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި

23 ފެބުރުއަރީ 2017
ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް