Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި

މި ހަމަލާގައި 17 މީހަކު ޒަޚަމްވެފައިވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 23 ފެބުރުއަރީ 2017 | ބުރާސްފަތި 23:01
ޕާކިސްތާނުގެ ލާހޫރުގައި މިއަދު ބޮމުގެ ހަމަލާއެއް ދިން ހިސާބު

ޕާކިސްތާނުގެ ލާހޫރުގައި މިއަދު ބޮމުގެ ހަމަލާއެއް ދިން ހިސާބު

ޕާކިސްތާނުގެ އިރުމަތީގައި އޮންނަ ލާހުރުގައި ބުރާސްފަތި ދުވަހު ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރުވެ، 17 މީހަކު ޒަޚަމްވެއްޖެއެވެ.

މަތީފެންވަރުގެ ބުޓީކްތަކާއި، ކެފޭ ރެސްޓޯރަންޓްގެ އިތުރުން ބައިނަލްއަޤުވާމީ ބައެއް ކުންފުނިތަކުގެ ފިހާރަތަކާއި ޓްރެއިނިން އިންސްޓިޓިއުޓްތައް ވެސް ގިނަ، ސަރަޙައްދެއްގައި މިފަދަ ހަމަލާއެއް ދީފައިވާއިރު، މި ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން، ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ދަނީ މިފަދަ ހަމަލާތައް ދެމުންނެވެ. ބުރާސްފަތި ދުވަހުގެ ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައި ނުވި ނަމަވެސް، މި މަހު ޕާކިސްތާނުގައި ދެމުންދާ ހަމަލާތަކުގެ ޒިންމާ ޠާލިބާނާއި، ދައީޝް (އައިސިސް) ޖަމާޢަތުން ވަނީ ނަގާފައެވެ.

މިއަދުގެ ހަމަލާ ދީފައިވަނީ 20 ކިލޯގެ ގޮވާތަކެތި ބޭނުންކޮށްގެން ކަމަށާ، ނަމަވެސް ގޮއްވާލި ބޮމަކީ، ޓައިމް ބޮމެއްކަމެއް ނުވަތަ ރިމޯޓް ކޮންޓްރޯލްޑް އައިއީޑީއެއްކަން އަދި ކަށަވަރު ނުކުރެވޭ ކަމަށް ޕާކިސްތާނު ފުލުހުންގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ.

މި މަހު ހަނގުރާމަވެރި ޖަމާޢަތްތަކުން ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ދެމުންދާ ހަމަލާތަކާއި ގުޅިގެން ޕާކިސްތާނުގެ އަސްކަރިއްޔާއިން ފަށާފައިވާ ޚާއްސަ އޮޕަރޭޝަން މިއަދުގެ ހަމަލާއަށްފަހު ވަނީ ވަރުގަދަކޮށްފައެވެ. ޕާކިސްތާނުގެ ސިފައިން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަންގައި އެކި އެކި ނިރުބަވެރި ޖަމާޢަތްތަކަށް ނިސްބަތްވާ 100 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާއިރު، ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ބޯޑަރުވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.

ރާދް އަލް ފަސާދްގެ ނަމުގައި ޕާކިސްތާނު އަސްކަރިއްޔާއިން ލާހޫރުގައި ފަށާފައިވާ މި އޮޕަރޭޝަނަކީ، ޕާކިސްތާނުގެ ތާރީޙުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ލާހޫރުގައި ހިންގާ މިފަދަ ފުރަތަމަ އޮޕަރޭޝަންއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު