Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެނދިކުޅުދޫގެ ތަރައްގީގެ މަޝްރޫއުތައް

ކެނދިކުޅުދޫގައި އަޅާ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލްގެ މަސައްކަތް އަވަހަށް ފައްޓަވައިދެއްވުމަށް އެދިއްޖެ

ކެނދިކުޅުދޫގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 18:14
ކެނދިކުޅުދޫ ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ކެނދިކުޅުދޫ ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ޒަމާނީ ފެންވަރުގެ ހޮސްޕިޓަލާއި ޖޫނިއަރ ކޮލެޖެއް ތަރައްގީކުރުމުގެ މަޝްރޫއު ލަސްވަމުންދާތީ އެ މަސައްކަތް އަވަހަށް ފައްޓަވައިދެއްވުމަށް ކެނދިކުޅުދޫ ކައުންސިލުން ރައީސް އަރިހުގައި އެދިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުވުމުގައި, މި ސަރުކާރުން ކެނދިކުޅުދޫގެ ތަރައްގީއަށް ޚާއްސަ ސަމާލުކަމެއްދޭކަން ފާހަގަކޮށް ކައުންސިލުންވަނީ ކެނދިކުޅުދޫގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ހުރި ކަންބޮޑުވުންތަކާއި، ރަށުގެ އެކި މުއައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ.

އެގޮތުން، ޒަމާނީ ފެންވަރުގެ ހޮސްޕިޓަލަކާއި ޖޫނިއަރ ކޮލެޖެއް ތަރައްގީކުރުމުގެ މަޝްރޫއު ލަސްވަމުންދާތީ, އެ މަސައްކަތް ވީ އެންމެ އަވަހަށް ފައްޓަވައިދެއްވުމަށް އެދިފައިވާ ކަމަށެވެ. ހަމަ އެއާއެކު ހުޅަނގު މޫސުމުގައި ބަނދަރުގެ އެއްބައި ބޭނުންކުރަން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކެނދިކުޅުދޫއަކީ ގިނަ ކުޅިތަކެއް އެކުލެވޭ ރަށަކަށްވާތީ މިހާރު ރަށުގެ ބައެއް ކުޅިތައް ހިކުމުގެ ބިރު އޮތްކަމުގައި ފާހަގަކޮށް, އެކަމަށް ހައްލެއް ހޯދަންޖެހިފައި އޮތް ކަމަށް ކައުންސިލްގެ ފަރާތުން ރައީސަށް ދަންނަވާފައި ވެއެވެ. އަދި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް އަވަސްކޮށް ދެއްވުމަށް ކައުންސިލުން އެދިފައިވެއެވެ. މީގެ އިތުރުން ރަށުގައި ސީ އެމްބިއުލާންސެއް ނެތުމުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ބޭންކުގެ ޚިދުމަތް ފުޅާކޮށްދެއްވުމަށާއި، ބޯހިޔާވަހިކަން އިތުރަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އެގޮތުން އިތުރު ހައުސިންގ ޔުނިޓް އަދި ގެވަޅުތަކުގައި ގެ އެޅުމަށް މަގުފަހިވާނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދިފައިވެއެވެ.

ރަށުގެ އެކި މުއައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށް ކައުންސިލުންވަނީ ރަށުގެ ސްކޫލަށް, އެކަށީގެންވާ ޖާގައިގެ ބަހެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ހިއްސާކޮށްފައެވެ. އަދި ސިއްހީ މަރުކަޒަށް ބޭނުންވާ މުހިންމު ވަސީލަތްތައް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތައްވެސް ކައުންސިލްގެ ފަރާތުން ވަނީ ރައީސްއާ ހިއްސާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކެނދިކުޅުދޫ ފެންނަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގޭނެ ގާބިލުކަންހުރި ރަށެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރި ކަންތައްތައް އެކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ކެނދިކުޅުދޫގައި ހިންގަން އަދި ޕްލޭން ކުރެވިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމާއި، ސްލިޕްވޭ ހެދުމާއި، ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމާއި، ސިއްހީ މަރުކަޒުގެ އެކްސްޓެންޝަންގެ މަސައްކަތާއި، ސްކޫލް 4 ކްލާސްރޫމާއި އޮފީސް އިމާރާތްކުރުމުގެ މަޝްރޫއާއި، ޖޫނިއަރ ކޮލެޖް ގާއިމުކުރުމުގެ މަސައްކަތާއި، ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތާއި، ފެނަކަ އޮފީސް އިމާރާތާއި ވަށާފާރު ރޭނުމުގެ މަޝްރޫއު އަދި އައު އިންޖީނުގެ އެޅުމުގެ މަޝްރޫއު ހިމެނެއެވެ. އަދި މިހާތަނަށް މި ސަރުކާރުން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ސޯލާ ހައިބްރިޑް ސިސްޓަމް ގާއިމުކުރުމާއި، ކެނދިކުޅުދޫ ސްކޫލްގެ 2 ކްލާސްރޫމާއި ހޯލްގެ މަސައްކަތާއި، ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ހިމެނެއެވެ.

ކެނދިކުޅުދޫ ދާއިރާކެނދިކުޅުދޫ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ސާލިހް ސަރުކާރުން ކެނދިކުޅުދޫގައި އަޅަން ހަވާލުކުރި ޖޫނިޔަރ ކޮލެޖުގެ ބިންގާ ޑރ މުއިއްޒު ސަރުކާރުން އަޅައިފި

ރައީސް ސާލިހް ސަރުކާރުން ކެނދިކުޅުދޫގައި އަޅަން ހަވާލުކުރި ޖޫނިޔަރ ކޮލެޖުގެ ބިންގާ ޑރ މުއިއްޒު ސަރުކާރުން އަޅައިފި

18 އެޕްރީލު 2025
"ދެފުށް ފެންނަ ސަރުކާރުން" ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނު ކުރަމުންދަނީ ރޭގަނޑު ދަންވަރުގެ ވަގުތުގައި: އީސަ

"ދެފުށް ފެންނަ ސަރުކާރުން" ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނު ކުރަމުންދަނީ ރޭގަނޑު ދަންވަރުގެ ވަގުތުގައި: އީސަ

21 ސެޕްޓެމްބަރު 2024
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު