Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖޫނިއަރ ކޮލެޖް

ރައީސް ސާލިހް ސަރުކާރުން ކެނދިކުޅުދޫގައި އަޅަން ހަވާލުކުރި ޖޫނިޔަރ ކޮލެޖުގެ ބިންގާ ޑރ މުއިއްޒު ސަރުކާރުން އަޅައިފި

އެމްޑީޕީ ސަރުކާރުން ކެނދިކުޅުދޫގައި އަޅަން ހަވާލުކުރި ޖޫނިޔަރ ކޮލެޖުގެ އެއްބަސްވުމުގައި ސޮއި ކުރީ ނޮވެމްބަރު 2022 ގައި

ރާއްޖެ އެމްވީ | 18 އެޕްރީލު 2025 | ހުކުރު 12:21
ނ. ކެނދިކުޅުދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނ. ކެނދިކުޅުދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރައީސް ސާލިހް ސަރުކާރުން ކެނދިކުޅުދޫގައި އަޅަން ހަވާލުކުރި ޖޫނިޔަރ ކޮލެޖުގެ ބިންގާ ޑރ މުއިއްޒު ސަރުކާރުން އަޅައިފިއެވެ.

ބިންގާ އަޅުއްވައިދެއްވީ ހުކުރު ދުވަހު ހަވީރު ކެނދިކުޅުދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަލީ ޙައިދަރެވެ.

Advertisement - newsAdvertisement

ނ. ކެނދިކުޅުދޫގައި ބިންގާ އެޅުނު ޖޫނޮޔަރ ކޮލެޖަކީ އެމްޑީޕީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިގެން ކުރިއަށް ގެންދަން ނިންމި މަޝްރޫއެކެވެ.

86،000 އަކަފޫޓުގެ ބިމެއްގައި ތަރައްގީ ކުރާ މި ކޮލެޖް ޚާއްސަ ކޮށްފައިވަނީ މަތީ ފަންތީގެ ޓޫރިޒަމާއި، ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) ގެ ދަށުން ކެނދިކުޅުދޫގައި ޖޫނިޔަރ ކޮލެޖެއް އަޅަން ކުރި އިއުލާނާ ގުޅިގެން، އެ މަޝްރޫއު ކާމިޔާބުކުރި ވިލާ އެޑިޔުކޭޝަނަލް ސަރވިސަސް އާއެކު އެއްބަސްވުމުގައި ސޮއެކުރެވުނީ 2 ނޮވެމްބަރު 2022 ގައި އެމްޑީޕީ ސަރުކާރުގު ވެރިކަމުގައެވެ.

މި އެއްބަސްވުމުގައި ވިލާ އެޑިޔުކޭޝަނަލް ސަރވިސަސްއިން ސޮއި ކުރެއްވީ ވިލާ ކޮލެޖުގެ ވައިސްރެކްޓައ ޑރ ނަޖީބުއެވެ. އެމްޑީޕީގެ ސަރުކާރުގެ ފަރާތުން ސޮއެ ކުރެއްވީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ޕާމަނަންޓް ސެކްރަޓަރީއެވެ. މިކަމަށްޓަކައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އޭރުގެ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ އިބްރާހިމް ޙަސަންއެވެ.

ނ. ކެނދިކުޅުދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސަރވިސަސްއާ ހަވާލު ކުރަނީ
ނ. ކެނދިކުޅުދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސަރވިސަސްއާ ހަވާލު ކުރަނީ

ކެނދިކުޅުދޫގައި ކުރިއަށް ގެންދާ ޖޫނިއަރ ކޮލެޖް މަޝްރޫއަކީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ކެނދިކުޅުދޫގެ ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދެވުނު މަޝްރޫއެކެވެ. މި މަޝްރޫއު ފުރިހަމަ ކުރެވޭއިރު ކޮލެޖުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއްގެ އިތުރުން ޓޫރިޒަމާއި ހޮސްޕިޓަލިޓީގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް އިންސްޓިޓިއުޓާއެކު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ކިޔަވައިދިނުމަށް މަދުވެގެން 6 ކްލާސް ރޫމާއި ސީ.ޓީ ލެބޯރެޓަރީއަކާއި، އޮޑިޓޯރިއަމެއްގެ އިތުރުން ލައިބްރަރީއެއްވެސް ހުންނާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެމްޑީޕީ ސަރުކާރުންގެ ވިސްނުމަކަށް ވެފައިއޮތީ އަތޮޅު ތެރެޔަށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް ނުވަތަ މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދީ ދިވެހި ޒުވާނުންނަކީ ގާބިލު މަސައްކަތްތެރި ބަޔަކަށް ހެދުމަށް ކަމަށް އޭރު ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.

މިގޮތުން، ހއ ދިއްދޫ އާއި ރ އަލިފުށީގައި ޓިވެޓް ސެންޓަރުތަކުގެ ބިންގާއެޅި އެތަންތަން އިމާރާތް ކުރުމުގެ މަސައްކަތް ކުރީ ސަރުކާރުގެ ދުވަސްވަރު ހަލުއިކޮށް ކުރިޔަށް ދިޔަކަން ވަނީ ފާހަގަ ކުރެވިފައެވެ. އެހެންނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު އެމަސައްކަތްތަކަށް ދޭ އިސްކަން ގެއްލި މަސައްކަތްތައް މަޑުޖެހިފައިވާކަން އެ ރަށްރަށުގެ ރައްޔިތުން އަންނަނީ ފާހަގަ ކުރަމުންނެވެ.

އެމްޑީޕީ ސަރުކާރުކެނދިކުޅުދޫޖޫނިޔަރ ކޮލެޖުފަތުރުވެރިކަންހޮސްޕިޓާލިޓީވިލާ އެޑިއުކޭޝަނަލް ސަރވިސަސްޑރ. މުއިއްޒުޑރ. އަލީ ޙައިދަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

ޓީއެމްއޭ އަށް ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓަރ ގެ އިނާމު ދީފި

07 ޑިސެމްބަރު 2025
މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

05 ޑިސެމްބަރު 2025
ކެޕިޓަލް ޓްރެވަލް އެންޑް ޓުއާރސް: ދިވެހި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މެދު ނުކެނޑި 35 އަހަރު

ކެޕިޓަލް ޓްރެވަލް އެންޑް ޓުއާރސް: ދިވެހި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މެދު ނުކެނޑި 35 އަހަރު

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު