Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ މަޤާމުތައް

"ދެފުށް ފެންނަ ސަރުކާރުން" ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނު ކުރަމުންދަނީ ރޭގަނޑު ދަންވަރުގެ ވަގުތުގައި: އީސަ

މިދިޔަ ސަރުކާރުގައި އިޤްތިސާދީ ގޮތުން އެންމެ ދަތިވި ދަނޑިވަޅުގައިވެސް އިސްކޮށްފައިވަނީ އާންމު ރައްޔިތުންކަމަށް އީސަ ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ސެޕްޓެމްބަރު 2024 | ހޮނިހިރު 09:11
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ

ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ

ދެފުށް ފެންނަ ސަރުކާރެއް ހިންގާނެކަމުގެ ވައުދާއެކު އައިސް މި ސަރުކާރުން ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނު ކުރަމުންދަނީ ރޭގަނޑު ދަންވަރުގެ ވަގުތުގައިކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ، މި ހިނގަމުންދަނީ ނުހަނު މަތިބަރު ސަރުކާރެއް ކަމަށާއި، އޭގެ އެއް ހެއްކަކީ ހައްދެއް ނެތް މިންވަރަށް ސިޔާސީ މަޤާމުތައް ދެއްވުން ކަމަށެވެ. އެގޮތުން މިދިޔަ އެއްވެސް ސަރުކާރަކުން އައްޔަނު ނުކުރައްވާ މިންވަރަށް ސިޔާސީ އިސް މަޤާމުތަކަށް މި ސަރުކާރުން މީހުން އައްޔަނު ކޮށްފައިވާކަން އސަ ފާހަގަ ކުރެއްވިއެވެ.

އީސަ ވިދާޅުވީ، އެންމެ ކުޑަމިނުން ސިޔާސީ މަޤާމުތަކަށް އައްޔަނު ކުރާ މީހުންގެ މައުލޫމާތުވެސް ސަރުކާރުން ހާމަ ނުކުރާ ކަމަށާއި، އެހެންކަމުން ރައްޔިތުންނަށް މިއަދު ހަގީގަތެއް ނޭނގޭ ކަމަށެވެ. މިއީ ދެފުއް ފެންނަ ސަރުކާރެއް ހިންގަވާނެކަމަށް ވިދާޅުވި ވެރިކަމުގެ ޙާލަތުކަން އީސަ ފާހަގަ ކުރެއްވިއެވެ.

އީސަ ސިފަ ކުރައްވާ ގޮތުގައި ދެފުއް ފެންނަ ސަރުކާރެއް ހިންގާނެކަމުގެ ވައުދާއެކު އައިސް މި ސަރުކާރުން ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނު ކުރަމުންދަނީ ރޭގަނޑު ދަންވަރުގެ ވަގުތުގައިކަމަށް ޤަބޫލު ކުރެވެއެވެ.

އޭގެ އިތުރުން، ސަރުކާރުން އައްޔަނު ކޮށްފައިވާ ސިޔާސީ މަޤާމުތަކުގެ އަދަދު ރައްޔިތުންނަށް ސާފުވަން ޖެހޭކަން ފާހަގަ ކުރައްވައި އީސަ ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ރައްޔިތުންގެ ފައިސާއިން މުސާރަދޭ މަޤާމުތަކުގެ އަދަދު ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.

އީސަ ވިދާޅުވީ، މި ހުރިހާ ކަމެއް މިހެން އޮއްވައި ދެން އައީ އިޤްތިސާދީ ދަތިކަމުގެ ވާހަކަ ކަމަށެވެ. އެގޮތުން ބޭސްވެރިކަމަށް ސަލާން ޖެހުމާއި، ރައްޔިތުން ޙާލުގައި ޖެހުން އާންމުވަމުންދާކަމަށް އީސަ ވިދާޅުވިއެވެ.

އީސަ އިތުރަށް ވިދާޅުވީ، އެންމެ ފަހުން ސަރުކާރު ހިންގާ ޕާޓީން ބައިވެރިވި ބައި އިލެކްޝަނަށްވެސް 14 މީހުން އަލަށް ވަޒީފާތަކަށް ވައްދާފައިވާ ކަމަށެވެ. މިކަންކަމުން އެނގިގެންދަނީ ސަރުކާރުގެ އެއްވެސް ހަމައެއް ލަމައެއް ނެތްކަން ކަމަށް އީސަ ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް އީސަ ވަނީ ކުންފުނިތަކުގެ ޑީއެމްޑީންނާއި އިސް މަޤާމުތައްވެސް މިއިން ދުވަހަކު އިތުރުނުވާ މިންވަރަށް އިތުރުވެފައިވާކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް މިދިޔަ ސަރުކާރުގައި އިޤްތިސާދީ ގޮތުން އެންމެ ދަތިވި ދަނޑިވަޅުގައިވެސް އިސްކޮށްފައިވަނީ އާންމު ރައްޔިތުންކަމަށް އީސަ ވިދާޅުވިއެވެ.

މި ހިނގަމުންދާ ސަރުކާރަކީ އަޑިނުބައި ސަރުކާރެއްގެ ގޮތުގައި ސިފަ ކުރައްވަމުން އީސަ އިތުރަށް ވިދާޅުވީ، މި ސަރުކާރުން ނުކުރާނަމޭ ބުނި ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް މިއަދު ހަނދާން ނައްތާލާފައިވާކަން ފާހަގަ ކުރައްވައި އީސަ ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ބޮޑު ލަދުވެތިކަމެއް ކުރިމަތި ކުރުވަމުންދާ ކަމަށެވެ.

ސަރުކާރުން މިހާރު ކަން ކުރާ ގޮތުގެ ސަބަބުން ރައްޔިތުންނަށް ހުރިހާ ތަކުލީފެއް ކުރިމަތިވަމުންދާކަމަށްވެސް އީސަ ވިދާޅުވިއެވެ.

ކެނދިކުޅުދޫ ދާއިރާސިޔާސީ މަގާމުތައް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް

01 ޑިސެމްބަރު 2025
މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް
19 އެޕްރީލު 2025

ރައީސް މުއިއްޒު ކުރައްވާ މަސައްކަތަކީ ރައްޔިތުން އަޅުވެތިކޮށް، ވެރިކަން ދިފާއު ކުރެއްވުމުގެ މަސައްކަތް: ބިގޭ

19 އެޕްރީލު 2025
ރައީސް މުއިއްޒު ކުރައްވާ މަސައްކަތަކީ ރައްޔިތުން އަޅުވެތިކޮށް، ވެރިކަން ދިފާއު ކުރެއްވުމުގެ މަސައްކަތް: ބިގޭ
04 ޑިސެމްބަރު 2024

ވަކި ކުރި ކަމަށް ބުނި ސިޔާސީ މީހުންގެ މައުލޫމާތު ސިއްރު

04 ޑިސެމްބަރު 2024
ވަކި ކުރި ކަމަށް ބުނި ސިޔާސީ މީހުންގެ މައުލޫމާތު ސިއްރު
26 އޯގަސްޓު 2024

ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ސަރުކާރަށް އަދިވެސް ނޭނގޭ

26 އޯގަސްޓު 2024
ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ސަރުކާރަށް އަދިވެސް ނޭނގޭ
03 ޖުލައި 2024

އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލީ ސިޔާސީ މަގާމުތައް އިތުރުވެ، ހަރަދު ނުތަކާ ވަރަށް ދިއުމުން އެކަން ފޮރުވުމަށް: ފައްޔާޒު

03 ޖުލައި 2024
އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލީ ސިޔާސީ މަގާމުތައް އިތުރުވެ، ހަރަދު ނުތަކާ ވަރަށް ދިއުމުން އެކަން ފޮރުވުމަށް: ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު