Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސިދާތް މަރުވުން

ބިގްބޮސްއިން މަޝްހޫރުކަން ހޯދި ސިދާތް މަރުވެއްޖެ

މަރުގެ ހަގީގަތް ހޯދުމަށް ޕޯސްޓްމޯޓަމް ހަދަން ފަށާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 07:45
ސިދާތް ޝުކްލާ

ސިދާތް ޝުކްލާ

ބިގްބޮސްއިން މަޝްހޫރުކަން ހޯދި ސިދާތް މަރުވެއްޖެއެވެ.

ބިގްބޮސް ސީޒަން 13އިން ބޮޑު ސަމާލުކަމެއް ހޯދި ސިދާތު މަރުވީ ހާރޓްއެޓޭކެއް ޖެހިގެން ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އާއިލާގެ ގާތް ބަޔަކާ ހަވާލާދީ، އިންޑިއާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވަނީ، ބުދަ ދުވަހުގެރޭ ބަލިވެ އުޅުމަށްފަހު ބޭސް ކައިގެން ކޮޓަރިއަށް ނިދަން ދިޔަކަމަށެވެ. ހެނދުނު ބެލިއިރު ޚަބަރުހުސްވެފައިވާތީ ކޫޕަރ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މަރުގެ ހަގީގަތް ހޯދުމަށް ޕޯސްޓްމޯޓަމް ހަދަން ފަށާފައިވާ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ސިދާތްގެ މަރުގެ ޚަބަރާއެކު، ބިގްބޮސް ސީޒަން 13ގައި ސިދާތްއާ އެންމެ ގާތް ގުޅުމެއް އުފެދިގެން ދިޔަ ޝެހެނާޒް ގިލްވަނީ ޝޫޓިންގ މެދުކަނޑާލުމަށްފަހު ހޮސްޕިޓަލަށް ގޮސްފައެވެ. "ސިދްނާޒް" ގެ ނަމުން މި ޖޯޑަކީ އިންޑިއާގައި މަޝްހޫރު ޖޯޑެކެވެ. މި ދެތަރިންގެ ގުޅުމާމެދު ވަކި އެއްޗެއް ދެތަރިން ބުނެފައި ނުވިޔަސް އެކި ޝޯތަކުގައި ދެ ތަރިން ވެސް ބުނެފައިވަނީ، އެ ދެމީހުންގެ މެދުގައި އޮތީ ވަރަށް ސާފު ގުޅުމެއް ކަމަށެވެ.

އުމުރުން 40 އަހަރުގައި ސިދާތް މި ދުނިޔެއާ ވަކިވެގެން ދިޔައިރު ސިދާތް އަކީ ހަށިގަނޑުން ވަރަށް ފިޓް އަދި ސިއްހަތު ރަނގަޅު މީހެކެވެ. ސިދާތް މަރުގެ ޚަބަރާއެކު ފޭނުންނަށް ބޮޑު ސިހުމެއް ލިބިގެން ދިޔަކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ޓީވީ ސީރިއަލްތަކުން އެކްޓިން ކެރިއަރ ފެށި ސިދާތް ބޮލީވުޑްގެ ފިލްމަކުން ފެނިގެން ގޮސްފައިވަނީ 2014 ވަނަ އަހަރުއެވެ. ބިގް ބޮސްގެ ކާމިޔާބީއާއެކު ބޮލީވުޑުން ގިނަ ފުރުސަތުތަކެއް އޭނާއަށް ފަހިވެގެންދިޔައެވެ.

ބޮލީވުޑް

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

24 ނޮވެމްބަރު 2025
މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ
21 އޮކްޓޯބަރު 2025

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ

21 އޮކްޓޯބަރު 2025
ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ
10 އޮކްޓޯބަރު 2024

ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް

10 އޮކްޓޯބަރު 2024
ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް
31 މެއި 2022

ބޮލީވުޑް ލަވަކިޔުންތެރިޔާ ކޭކޭ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ

31 މެއި 2022
ބޮލީވުޑް ލަވަކިޔުންތެރިޔާ ކޭކޭ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ
07 ފެބުރުއަރީ 2022

ލަތާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

07 ފެބުރުއަރީ 2022
ލަތާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު