Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަތާ މަންގޭޝްކަރު މަރުވުން

އިންޑިއާގެ "ރަން އަޑު" ލަތާ މަންގޭޝްކަރު މަރުވެއްޖެ

އޭނާ މަރުވިއިރު އުމުރުން 92 އަހަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ފެބުރުއަރީ 2022 | އާދީއްތަ 04:37
މަޝްހޫރު ލަވަކިޔުންތެރިތާ ލަތާ މަންގޭޝްކަރު

މަޝްހޫރު ލަވަކިޔުންތެރިތާ ލަތާ މަންގޭޝްކަރު

ބޮލީވުޑްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު މަރުވެއްޖެއެވެ.

އުމުރުން 92 އަހަރުގެ ލަތާ ކޮވިޑް-19އަށް ޕޮޒިޓިވްވެ، މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅެވެ. ޖެނުއަރީ މަހުގެ ފަހުކޮޅު ކޮވިޑުން ފަސޭހަވެފައި ވީނަމަވެސް އޭނާ މަރުވިއިރު ގެންދިޔައީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. ކޮވިޑަށް ޕޮޒިޓިވްވީއިރު، އޭނާ ވަނީ ނިއުމޯނިއާއަށްވެސް ފަރުވާކޮށްފައެވެ.

ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ލަތާ މަންގޭޝްކަރަށް ފަރުވާދިން ޑޮކްޓަރ، ޑރ.ޕްރެޓިޓް ސަމްދާނީ ވިދާޅުވިގޮތުގައި, ވެންޓިލޭޓަރުގައި ފަރުވާދޭން ފެށީ ލަތާގެ ހާލަތު އިތުރަށް ގޯސްވާން ފެށުމުންނެވެ. ޑޮކްޓަރުން ދިޔައީ އޭނާގެ ޙާލަތު ގާތުން މޮނިޓަރ ކުރަމުންނެވެ. އޭނާ މަރުވެފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭރު އުމުރުން 92 އަހަރެވެ.

ލަތާ މަންގޭޝްކަރަކީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރެއިން ގުނާލެވޭ ލަވަކިޔުންތެރިއެކެވެ. އޭނާ ވަނީ ލަވަކިޔުމުގެ ދާއިރާއިން ގިނަ އެވޯޑުތަކެއްވެސް ހާސިލްކޮށްފައެވެ. ލަތާ ވަނީ ގިނަ އަދަދެއްގެ ލަވަތައް ކިޔައި ބެލުންތެރިންގެ ހިތްތައް އަތުލާފައެވެ. އޭނާގެ ރީތި އަޑުން އެއް އެތައް ހާސް ލަވަތަކެއް ކިޔާފައިވެއެވެ.

ލަތާގެ ހިތްގައިމު އަދި އަޑު އަހާލަން ފަސޭހަ ލަވަތަކުގެ ތެރޭގައި "ތުމްސޭ ނަޒަރް" އާއި "ބާހޯމެ ޗަލެ އާއޯ" ގެ އިތުރުން "މެހްބޫބު މެރޭ" ފަދަ ބެލުންތެރިންގެ މެދުގައި މަޤުބޫލުވެގެންދިޔަ ލަވަތައް ފާހަގަކޮށްލެވެއެވެ.

ބޮލީވުޑްއިންޑިއާ ޓައިމްސް

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

24 ނޮވެމްބަރު 2025
މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ
21 އޮކްޓޯބަރު 2025

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ

21 އޮކްޓޯބަރު 2025
ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ
10 އޮކްޓޯބަރު 2024

ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް

10 އޮކްޓޯބަރު 2024
ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް
23 މާރިޗު 2023

އަބުރުގެ ދައުވާއެއް ސާބިތުވެ އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ 2 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

23 މާރިޗު 2023
އަބުރުގެ ދައުވާއެއް ސާބިތުވެ އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ 2 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި
31 މެއި 2022

ބޮލީވުޑް ލަވަކިޔުންތެރިޔާ ކޭކޭ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ

31 މެއި 2022
ބޮލީވުޑް ލަވަކިޔުންތެރިޔާ ކޭކޭ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު