Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކިލީ ޕޯލްއާ އޭނާގެ އަންހެން ކޮއްކޮ

އާޝިގީ 2 ގެ ތުމްހީހޯ، ޓެންޒޭނިއާއިން...

މައިގަނޑު ގޮތެއްގައި ލަވަކިއުމުގެ ބައި ކުރިއަށް ގެންގޮސްފައިވަނީ ކިލީ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2021 | ބުދަ 07:58
އާޝިޤީ 2 ގެ ތުމްހީހޯ ލަވައަށް ކިލީ ޕޯލްގެ ދެބެއިން ލިޕް ސިންކް ކުރުން

އާޝިޤީ 2 ގެ ތުމްހީހޯ ލަވައަށް ކިލީ ޕޯލްގެ ދެބެއިން ލިޕް ސިންކް ކުރުން

ބަޓް ކޭމްޕުގެ ކާމިޔާބު ފްރަންޗައިޒް ފިލްމުތައް ކަމަށްވާ "އާޝިގީ2" ގައި ހިމެނޭ މަޤުބޫލު ލަވައެއްކަމަށްވާ "ކިއުންކި ތުމް ހީ ހޯ" އަށް ޓެންޒޭނިއާގެ ކިލީ ޕޯލްއާ އޭނާގެ އަންހެން ކޮއްކޮ "ލިޕް ސިންކް" ކޮށްފައިވާ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބެން ފަށައިފިއެވެ.

މަޝްހޫރު ފަންނާނު އަރްޖީތް ސިންގގެ އަޑުން ކިޔާފައިވާ މި ލަވައަކީ 2013 ގެ ހިޓް ފިލުމު އާޝިގީގެ ބަތަލާ ޝްރަދާ ކަޕޫރާއި، ބަތޮލު އަދިތިޔާ ރޯއީ ކުޅެފައިވާ ލަވައެކެވެ. ކިލީ ޕޯލްއާއި އޭނާގެ ކޮއްކޮ މި ލަވައަށް ލިޕް ސިންކް ކޮށްފައިވާއިރު، މައިގަނޑު ގޮތެއްގައި ލަވަކިއުމުގެ ބައި ކުރިއަށް ގެންގޮސްފައިވަނީ ކިލީއެވެ.

އަންގާރަ ދުވަހު ޕޯސްޓު ކޮށްފައިވާ މި ލަވައަށް މިހާރުވެސް 128،000ށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

އެ ވީޑިއޯ ކިލީ އޭނާގެއިންސްޓަގްރާމްގައިވެސް ހިއްސާކޮށްފައިވާއިރު، ވަރަށް ގިނަ ބަޔަކު ގެންދަނީ އެ ދެބެއިންނަށް ތައުރީފް ކުރަމުންނެވެ. ވަކިން ޚާއްސަކޮށް އިންޑިއާއަށް ނިސްބަތްވާ މީހުންވެސް ދަނީ އެ ދެބެއިންގެ ހުނަރު ފާހަގަކޮށް، ބޮލީވުޑްގެ އިތުރު ލަވަތަކަށް ލިޕް ސިންކް ކުރުމަށް އެދެމުންނެވެ.

މިއީ ކިލީއާއި އޭނާގެ ކޮއްކޮގެ ވީޑިއޯތައް ވައިރަލްވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް "ޝޭރްޝާހް" ފިލުމުގެ "ރާތޭ ލަންބިއާ" އަށް ލިޕް ސިންކްކޮށްފައިވާ ވީޑިއޯއެއްވެސް ވައިރަލްވެފައިވެއެވެ. އެ ލަވައިގެ އަސްލު ވީޑިއޯއިން ފެންނަ ސިދާތް މަލްހޯތްރާއާއި، ކިޔާރާ އަދްވާނީވެސް ވަނީ އެ ވީޑިއޯ ޝެއަރކޮށް ތައުރީފު ކޮށްފައެވެ.

އަދި ޝާހުރުކު ޚާން އާއި މާހިރާ ޚާން ގެ "ޔެ ޒާލިމާ" އަށް ލިޕް ސިންކް ކޮށްފައިވާ ލަވައަށްވެސް ގިނަ ބައެއްގެ ތައުރީފު އޮހިގެން ގޮސްފައިވެއެވެ.

ގިނަ ވީޑިއޯތަކުގައި ކިލީ ޕޯލްގެ ދެބެއިން ތިބެނީވެސް ޓެންޒޭނިއާގެ ސަގާފަތު ދައްކުވައިދޭ ހެދުމުގައެވެ.

ޓެންޒޭނިއާބޮލީވުޑް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

24 ނޮވެމްބަރު 2025
ނުރައްކާތެރި މުޒާހަރާ ތަކުގެ ތެރެއިން ޓެންޒޭނިއާގައި ބޭއްވި އިންތިޚާބު، ރައީސް ސުލުހު 97 އިންސައްތަ އިން ކާމިޔާބު ކޮށްފި

ނުރައްކާތެރި މުޒާހަރާ ތަކުގެ ތެރެއިން ޓެންޒޭނިއާގައި ބޭއްވި އިންތިޚާބު، ރައީސް ސުލުހު 97 އިންސައްތަ އިން ކާމިޔާބު ކޮށްފި

01 ނޮވެމްބަރު 2025
ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ

21 އޮކްޓޯބަރު 2025
ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް

ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް

10 އޮކްޓޯބަރު 2024
40ށް ވުރެ ގިނަ ފަސެންޖަރުންނާ އެކު ދަތުރުކުރަމުންދިޔަ ޓެންޒޭނިޔާގެ ފްލައިޓެއް ވެއްޓިއްޖެ

40ށް ވުރެ ގިނަ ފަސެންޖަރުންނާ އެކު ދަތުރުކުރަމުންދިޔަ ޓެންޒޭނިޔާގެ ފްލައިޓެއް ވެއްޓިއްޖެ

06 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު