Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ތަލުގޫ ފިލްމު ޕުޝްޕާ ހޯދަމުންދާ ކާމިޔާބީ

ހުރިހާ ޕްލެޓްފޯމެއްގައިވެސް ޕުޝްޕާ ވައިބްސް

ފިލްމު މިހާރު ވަނީ ހިންދީ ސިނަމާތަކުން 100 ކްރޯޑާ ކައިރިއަށް ޖެހިލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2022 | އާދީއްތަ 03:32
ޕުޝްޕާ ފިލްމުގެ ޕޯސްޓަރެއް

ޕުޝްޕާ ފިލްމުގެ ޕޯސްޓަރެއް

2021 ވަނަ އަހަރު އިންޑިޔާގައި ނިކުތް އެންމެ ކާމިޔާބު ފިލްމަކަށް ހަމަގައިމުވެސް ޕުޝްޕާ ވަނީ ވެގެންގޮސްފައެވެ. ފިލްމާ އެއްވަރަށް ފިލްމުގެ ލަވަތައްވެސް އެހާ މަޝްހޫރެވެ. ފިލްމުގެ ލަވަތަކާއި ފިލްމު މަޝްހޫރީ ހަމައެކަނި އިންޑިޔާއަކު ނޫނެވެ. މުޅި ދުނިޔޭގައިވެސް ފިލްމުގެ ލަވަތައް ހިޓެވެ.

ތެލުގޫ ތަރި އައްލޫ އަރްޖުން އާއި ރަޝްމިކާ މަންޑަންނާ ލީޑު ރޯލުން ފެންނަ މިފިލްމު ހިންދީ, ތެލުގޫ، ތަމިލް، މަލަޔާޅަމް އަދި ކަންނަޑާ ބަހުން ވަނީ ނެރެފައެވެ. އިންޑިޔާއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ހާލަތާއެކު ފިލްމު އިންޑިޔާގައި ހިނގަމުންދަނީ ހީވެސްނުކުރާ މިންވަރަކަށެވެ. ވަކިން ޚާއްސަކޮށް ފިލްމުގެ ހިންދީ ވަރޝަން އަށް ލިބޭ ތަރުޚީބު ފާހަގަކޮށްލަން ޖެހެއެވެ. ހިންދީ ބަހުން ވާހަކަދައްކާ މީހުންގެ މެދުގައި ފިލްމު ޕްރޮމޯޓްކުރުމަށް ފިލްމުގެ ހިންދީ ޓްރެއިލަރ ނެރުން ފިޔަވައި މާބޮޑު މަސައްކަތެއް ކޮށްފައެއްވެސް ނުވެއެވެ. ނަމަވެސް ފިލްމު މިހާރު ވަނީ ހިންދީ ސިނަމާތަކުން 100 ކްރޯޑާއި ކައިރިއަށް ޖެހިލާފައެވެ.

އައްލޫ އަރްޖުންގެ ކުޅަދާނަ ހުނަރު އެތައް ބަޔަކަށް ކަމުގޮސްފައިވާއިރު ފިލްމަށް ވަނީ މުޅި އިންޑިޔާގެ ސިނަމާތަކުން 400 ކްރޯޑް ލިބޭނެކަމަށް ބެލެވިފައެވެ. ޕުޝްޕާ އަންނަނީ އެމޭޒަން އިން ލައިވް ސްޓްރީމްވެސް ކުރަމުންނެވެ. މިއާއެކު ޕުޝްޕާ ވެފައިވަނީ އެ ޕްލެޓްފޯރމުންވެސް އެންމެ ގިނަ ބަޔަކު މިހާތަނަށް ބެލި އެއް ފިލްމަށެވެ.

ޕުޝްޕާ ފިލްމަށް ލިބެމުން އަންނަ ކާމިޔާބީގެ ފަހަތުގައި ފިލްމުގެ ލަވަތައް މުހިންމު ރޯލެއް އަދާކުރެއެވެ. ގިނަ ބަޔެއްގެ މެދުގައި މަގުބޫލު ޓިކްޓޮކަށް ބަލާލި ނަމަވެސް ފިލްމުން ގިނަ ބަޔަކަށް އެންމެ ބޮޑަށް ކަމުދިޔަ "ސްރިވައްލީ” އާއި "އޯ އަންތަވާ" އަށް އަންނަނީ އެކްޓްކުރަމުންނެވެ. ވަކިން ޚާއްސަކޮށް ސްރިވައްލީ ގައި އައްލު އަރްޖުންގެ ޚާއްސަ ސްޓެޕަށް ގިނަ ބަޔަކު އަންނަނީ ނަށަމުންނެވެ. އޭގެތެރޭގައި އެކި ހިސާބުތަކުން ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރިންވެސް ހިމެނެއެވެ.

ރާއްޖެއަށް ބަލާލި ނަމަވެސް ދިވެހިންވެސް އަންނަނީ ޓިކްޓޮކްގައި ސްރިވައްލީ އާއި އޯ އަންތަވާ އަށް އެމީހުންގެ ހަރަކާތްތައް ދައްކާލަމުންނެވެ. އަދި ބައެއް ލަވަ ކިޔުންތެރިން އަންނަނީ އެލަވަތައް ކިޔާ ޓިކްޓޮކަށް ލަމުންނެވެ.

ކޮންމެއަކަސް ޕުޝްޕާ މިވަނީ ހުރިހާ ޕްލެޓް ފޯމެއް ފަތަހަކޮށްފައެވެ.

ބޮލީވުޑްއިންޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

24 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު