Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑްގެ އައު ވޭރިއަންޓެއް ދެކުނު އެފްރިކާއިން

ދެކުނު އެފްރިކާއިން އަނެއްކާވެސް ކޮވިޑްގެ އައު ވޭރިއަންޓެއް ފެނިއްޖެ

މިއީ ކިހާ މިންވަރަކަށް ފެތުރޭ، އަދި މިހާރު ދެމުން އަންނަ ވެކްސިނުން ދިފާއުވެވޭ ވޭރިއަންޓެއްތޯ ބެލުމުގެ އިތުރު ދިރާސާތަކެއް އަންނަނީ ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 30 އޯގަސްޓު 2021 | ހޯމަ 19:04
ދެކުނު އެފްރިކާގެ ސިއްހީ މަސައްކަތްތެރިއަކު ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖަހަނީ

ދެކުނު އެފްރިކާގެ ސިއްހީ މަސައްކަތްތެރިއަކު ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖަހަނީ

ދެކުނު އެފްރިކާގެ ސައިންސްވެރިން, އެސަރަހައްދުގައި ފެތުރެމުން އަންނަ ކޮވިޑްގެ އައު ވޭރިއަންޓެއް ހޯދައިފިއެވެ.

އައު ވޭރިއަންޓަކީ ގިނަ މިޔުޓޭޝަންތަކާއެކު އުފެދިފައިވާ ވޭރިއަންޓެއް ކަމަށާއި އެހެންކަމުން މިއީ ކިހާ މިންވަރަކަށް ފެތުރޭ އަދި މިހާރު ދެމުން އަންނަ ވެކްސިނުން ދިފާއުވެވޭ ވޭރިއަންޓެއްތޯ ބެލުމުގެ އިތުރު ދިރާސާތަކެއް ކުރަމުން އަންނަކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

އައު ވޭރިއަންޓަށް ދީފައިވާ ނަމަކީ ސީ.1.2 އެވެ. މިވޭރިއަންޓް އެންމެ ފުރަތަމަ ފެނިފައިވަނީ މިއަހަރުގެ މެއި މަހުއެވެ. އޭގެފަހުން ދެކުނު އެފްރިކާގެ ދެކުނުގެ ޕްރޮވިންސްތަކުގެ އިތުރުން 7 ގައުމެއްގައި ވަނީ މިހާތަނަށް އައިއިރު މި ވޭރިއަންޓް ފެތުރިފައެވެ. އޭގެތެރޭގައި އެފްރިކާގެ ގައުމުތަކާއި، ޔޫރަޕްގެ ގައުމުތައް އަދި އޭޝިޔާ އާއި އޯޝޭނިއާގެ ގައުމުތަކުން މިވޭރިއަންޓް ފެނިފައިވާކަމަށް ދިރާސާތަކުން ވަނީ އެނގިފައެވެ.

މިވޭރިއަންޓާ ގުޅޭގޮތުން މިހާތަނަށް ދެނެގަނެވިފައިވާ ކަންކަމަށް ބަލާއިރު މިވޭރިއަންޓްގައި އެހެން ވޭރިއަންޓްތަކުގައި ހިމެނޭ ގިނަ މިޔުޓޭޝަންތަކެއް ހިމެނެއެވެ. އޭގެ ސަބަބުން މިވޭރިއަންޓް ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ. އަދި ހަށިގަނޑުގައި ހުންނަ އެންޓިބޮޑީސް އަށް ވައިރަސްއާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ދަށްކޮށްލައެވެ. ސައިންސްވެރިން އަންނަނީ މިވޭރިއަންޓްގެ ސަބަބުން ކޮވިޑް-19 ވައިރަސްއަށް އަންނަ ބަދަލުތައް ދެނެގަންނަމުންނެވެ. އެގޮތުން މިހާރު ކުރިޔަށްދަނީ ލެބޯޓްރީގެ ޓެސްޓްތަކެވެ. މިޓެސްޓްތަކުގެ ޒަރީޢާއިން އެންޓިބޮޑީސް މިވައިރަސްއާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ދެނެގަންނާނެއެވެ.

ދެކުނު އެފްރިކާއަކީ އެންމެ ފުރަތަމަ ބީޓާ ވޭރިއަންޓް ފެނުނު ގައުމުވެސްމެއެވެ. އަދި ވޭރިއަންޓް އޮފް ކޮންސަރންގައި ލޭބަލްކޮށްފައިވާ ހަތަރު ވޭރިއަންޓްގެ ތެރެއިން އެއް ވޭރިއަންޓްވެސްމެއެވެ. ބީޓާއަކީ ކޮވިޑްގެ އަސްލު ވައިރަސްއަށްވުރެ ހަލުވިކަމާއެކު ފެތުރި އަދި ވެކްސިންއާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ދަށް ވޭރިއަންޓެކެވެ. އެކަމުގެ ސަބަބުން ބައެއް ގައުމުތަކުން ވަނީ ދެކުނު އެފްރިކާއަށް ދަތުރުކުރުން މަނާކޮށްފައެވެ.

އައު ވޭރިއަންޓެއް ފެނުމާއެކު މާހިރުން ބުނަމުން އަންނަނީ މިއިން އަންގައިދެނީ ޕެންޑަމިކް ނިމެން އަދި ނޫޅޭކަން ކަމަށެވެ. އަދި ވައިރަސް އަންނަނީ އަދިވެސް މިޔުޓޭޓްވަމުން ކަމަށާއި ބާރުގަދަ ވޭރިއަންޓްތައް އުފައްދަމުން ކަމަށެވެ.

ސީ.1.2 ވޭރިއަންޓްގެ ޖިނޯމިކް ސީކުޔެންސް ހަދާފައިވާއިރު އަދި މިހާތަނަށް ހޯދިފައިވާ ގޮތުގައި ދުނިޔޭގައި މިވަގުތު އެންމެ އާންމު ވޭރިއަންޓް ކަމުގައިވާ ޑެލްޓާ ވޭރިއަންޓާ އަޅާ ބަލާއިރު އަދި މިވޭރިއަންޓް ފެތުރޭ މިންވަރު ވަރަށްވެސް ދަށެވެ.

ކޮވިޑް-19ސައުތު އެފްރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނު އެފްރިކާ ގައި ބަޑިޖަހާ 9 މީހުން މަރުވެ، 10 މީހުން ޒަޚަމް ވެއްޖެ، ބަޑިޖެހި މީހުން ފުލުހުން ހޯދަނީ

ދެކުނު އެފްރިކާ ގައި ބަޑިޖަހާ 9 މީހުން މަރުވެ، 10 މީހުން ޒަޚަމް ވެއްޖެ، ބަޑިޖެހި މީހުން ފުލުހުން ހޯދަނީ

21 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި

ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި

21 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ގާނޫނުގައި ލިޔެވޭ ކޮންމެ ކަމަކީ ހުއްދަކަމެއްތޯ؟

ގާނޫނުގައި ލިޔެވޭ ކޮންމެ ކަމަކީ ހުއްދަކަމެއްތޯ؟

10 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު