Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްސިޔާސީ ހަރަކާތުގެ ނަމުގައި ޖަހާ ލަނގިރި

އަމަރު އަކްބަރު އެންތަނީގެ ލަނގިރި ދަތުރު

26 އޯގަސްޓު 2021 | ބުރާސްފަތި 19:40

މުއިއްޒު އުޅުއްވަނީ އެކަނި އުންމަތެއްހެން ވަކިވަކިން ސުރުޚީ ހެއްދެވުމުގައި

ދެލިކޮޕީ
ދެލިކޮޕީ | 26 އޯގަސްޓު 2021 | ބުރާސްފަތި 19:40
މާލޭގެ މޭޔަރު ޑރ.މުއިއްޒު

މާލޭގެ މޭޔަރު ޑރ.މުއިއްޒު

އިދިކޮޅު ޕީޕީއެމްގެ ފަރާތުން ކުރެވޭ މާބޮޑު ކަމެއް، ހިންގޭ ސިޔާސީ ހަރަކާތެއް ނުފެނެއެވެ. ރަނގަޅު އިހުތިޖާޖެއް ކޮށްލައި ހޫނު ތަނުގައި ޖެހިލާނެ ހިތްވަރެއް ވެސް އަމުދުން ނެތީއެވެ.

މޭޔަރު މުއިއްޒު އުޅުއްވަނީ އެކަނި އުންމަތެއްހެން ވަކިވަކިން ސުރުޚީ ހެއްދެވުމުގައެވެ. ވަޒީރުކަމުގައި ހުންނެވިއިރު އަމިއްލަފުޅަށް ކުރެއްވި ހުރިހާ ކަމެއް ގޯސްވެގެން ކުސަ ދެމުމުގައެވެ. އޭރުގެ ސިޓީ ކައުންސިލް ހުރި އިމާރާތުން އެމީހުން ނެރެ މީދާ ހާއްޔެއްގެ ތެރެއަށް އެތަން ގަނބިއްސާލިއެވެ. އެތަނުގެ ލިޔެކިއުމާއި ފައިލްތަކާއި ކޮމްޕިއުޓަރުތައް ފުލުހުން މެދުވެރިކޮށް ނެރެ މުޅިތަން އެފުއް މިފުށަށް ޖަހައިލިއެވެ.

ދިރިއުޅެން ކަމުނުދާތީ ބިން ލިބުނު އެންމެން މަގުމަތިކޮށް ގުޅިފަޅު ފަޅުތަނެއްގެ ގޮތުގައި ބޭއްވުމަށް ނިންމިއެވެ. ޖަޕާނު މީހުންގެ ދިރާސާތަކުގެ މައްޗަށް ވެލި އަޅައިގެން އިންޑަސްޓްރިއަލް ވިލެޖް ހިއްކިއެވެ. މާލޭގެ ދެކުނު ކަނޑުތޮށިން ވާދޫ ކަނޑު އެއްގަންކޮށް ނުރައްކާތެރި ހާދިސާތަކަށް ދައުވަތު ދިނެވެ.

އެނޫން ގޮތެއް ނެތިގެން އެތަނަކަށް ވަނަސް ތަން ފުރާ މީހުން ދިރިއުޅޭން ފެށުމުން ހިޔާފްލެޓުން އުފެދޭ މައްސަލަ ދިރިތިބި ބަޔަކު ދެކޭނެއެވެ. ތިޔަ ކަމެއް ކުރީ ކޮން ބޭނުމަކުކަން މާކުރިން ރައީސް ނަޝީދު ވިދާޅުވިއެވެ. ބޭނުމަކަށްވީ ރަށްތައް ވިއްކާލައި، ރާއްޖެތެރެ އުވާލައި ހިއްކިބިމެއްގެ ހަތަރެސްކަން ގޮޅިތަކަށް ދިވެހިންގެ ބޯމަހާލައި ދިރިއުޅުން ނަގާލުމަށެވެ.

އުޑަށް ވާހަކަ ގޮވޭ ވަރަށް މާފަންނު ކޮޅުގައި އުސްކޮށްފައި އެހުރި އަމިއްލަ ބާލްޚާނާގައި ބޮޑު އަގުގައި ދިރިއުޅޭ މީހުން ލިފްޓުން ކުނިބާލާތީ މިދޭތެރެއަކުން ވެމްކޯއަށް ނޭނގި ވެމްްކޯ މުވައްޒަފުން ސިޑިން އަރުވައިގެން ކުނިބާލަން ވެސް އުޅުއްވައިފިއެވެ. ހުރިހާ ކަމެއް ގޯހުން ގޯހަށް ދުއްވާލުމަށްފަހު ނިކަމެތި ރައްޔިތުންނާ ބޯހިޔާވަހިކަން ގުޅުވައިގެން ނޫނީ އެހެން ގޮތަކުން ވެސް ދުވާލަކު ތިން ސުރުޚީ ހައްދަވަނީ ޕީޕީއެމްގެ އެތެރެއަށް ނޭނގި ރިޔާސި ޓިކެޓް އޮޓޯއަށް ލެވޭނެ ފޯމިއުލާއެއް ހޯއްދެވުމަށެވެ.

ޕީޕީއެމްގެ ކުރީސަފުގައި މިހާރު ތިބީ ޓިކެޓިން އޭޖެންޓުންނެވެ. ތުރާކުނަކަސް ނައިފަރަކަސް ފައިނަކަސް މަޖިލިސް ތެރެއިން ވެސް ސުރުޚީ ހައްދަވަނީއެވެ. އެތަނުގައިވެސް އަމަރު އަކްބަރު އެންތަނީއެވެ. އުރައްޕެއް ހުރި ސިޔާސީ މަސައްކަތެއް ނުކުރެވުމުން ހެދިނިމިފައި އޮތް ޕާޓީއެއްގެ ނަމުގައި ގޮސް އަލަށް ޕާޓީއެއް ހަދަން އުޅޭހެން އަތޮޅުތަކުގައި ހޭވުނަކަސް ނުވާނެއެވެ.

ޕެޓިޝަން ހެދުމާއި ގަރާރު ހުށައެޅުމާއި ޓްވީޓް ކުރުމެކޭ ޕީޕީއެމްގެ ނަމުގައި މާފަތި ނެށުމާއި ލަނގިރި ޖެހުމާއި މާލިހެދިގެން ރަށްރަށަށް ދަތުރުކުރުމެކޭ ތަފާތެއް ނެތެވެ.

ޕީޕީއެމް-ޕީއެންސީޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
06 އޮކްޓޯބަރު 2025

ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

06 އޮކްޓޯބަރު 2025
 ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް
16 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

16 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި
11 ސެޕްޓެމްބަރު 2025

ހުރިހާ މޮޅެއް އިދިކޮޅޭމެނަށް، ގޮތެއް ނެތީ ޕާޓީ ކުދިންނަށް

11 ސެޕްޓެމްބަރު 2025
ހުރިހާ މޮޅެއް އިދިކޮޅޭމެނަށް، ގޮތެއް ނެތީ ޕާޓީ ކުދިންނަށް
01 ސެޕްޓެމްބަރު 2025

ކޮމިޓީ ބައްދަލުވުމަށް ދިޔަ ހުރިހާ މީޑިއާތަކުން ބިލް ބޭރުކުރުމަށް ގޮވާލައިފި

01 ސެޕްޓެމްބަރު 2025
ކޮމިޓީ ބައްދަލުވުމަށް ދިޔަ ހުރިހާ މީޑިއާތަކުން ބިލް ބޭރުކުރުމަށް ގޮވާލައިފި
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
14 ޖުލައި 2025

ޑޮލަރު ރޭޓް 20ރ. އަށް: މިކަމުގެ ސަބަބުން ވިޔަފާރިތަކާއި އާންމުންނަށް ވެސް މީގެ ދައްޗާއި ތުރާ އެތައް ގޮތަކަށް ކުރިމަތިވާނެ

14 ޖުލައި 2025
ޑޮލަރު ރޭޓް 20ރ. އަށް: މިކަމުގެ ސަބަބުން ވިޔަފާރިތަކާއި އާންމުންނަށް ވެސް މީގެ ދައްޗާއި ތުރާ އެތައް ގޮތަކަށް ކުރިމަތިވާނެ
01 ފެބުރުއަރީ 2025

ހަށިގަނޑުގައި ވިންދު ޖަހާހައި ހިނދަކު، އެމްޑީޕީން ރައްޔިތުންގެ ހައްޤުގައި މި ކުރާ މަސައްކަތް ހުއްޓާނުލާނަން: ވަހީދު

01 ފެބުރުއަރީ 2025
ހަށިގަނޑުގައި ވިންދު ޖަހާހައި ހިނދަކު، އެމްޑީޕީން ރައްޔިތުންގެ ހައްޤުގައި މި ކުރާ މަސައްކަތް ހުއްޓާނުލާނަން: ވަހީދު
31 ޖެނުއަރީ 2025

މި ސަރުކާރުގެ ކޮންމެ ދިމާއަކަށް ބަލާލިޔަސް ފެންނަނީ ބޮޑެތި ވައްކަމާއި އޮޅުވާލުން: ފިއްޓޭ

31 ޖެނުއަރީ 2025
މި ސަރުކާރުގެ ކޮންމެ ދިމާއަކަށް ބަލާލިޔަސް ފެންނަނީ ބޮޑެތި ވައްކަމާއި އޮޅުވާލުން:  ފިއްޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް