Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ފުދިއްޖެ. ފުނޑިއްޖެ" ރެލީ

މި ސަރުކާރުގެ ކޮންމެ ދިމާއަކަށް ބަލާލިޔަސް ފެންނަނީ ބޮޑެތި ވައްކަމާއި އޮޅުވާލުން: ފިއްޓޭ

ބަހެއް ނުބުނެ އެއް އަހަރު މަޑުކޮށްލައިގެން ތިބެވިއްޖެ، ދެން ނުތިބޭނަން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2025 | ހުކުރު 19:06
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު އެމްޑީޕީގެ ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަނީ

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު އެމްޑީޕީގެ ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަނީ

ރައީސް ޑރ. މުހައަމްދު މުއިއްޒުގެ މި ސަރުކާރުގެ ކޮންމެ ދިމާއަކަށް ބަލާލި ނަމަވެސް ފެންނަމުން ދަނީ ވައްކަމާއި އޮޅުވާލުން ކަމަށް ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން އިންތިޒާމްކޮށްގެން ބޭއްވި "ފުދިއްޖެ، ފުނޑިއްޖެ" މުޒާހަރާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ މި ސަރުކާރުން ކުރަމުން އަންނަ އެންމެ ބޮޑު ވައްކަމަކީ ޑީއެންއާރުން ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން އަމިއްލަ ޕާޓީ މެމްބަރުން އިތުރުކުރުން ކަމަށާއި ކޮންމެ ދިމާއަކަށް ބަލާލިޔަސް ފެނިގެން ދަނީ މުއިއްޒުގެ މި ސަރުކާރުގެ މިފަދަ ބޮޑެތި ވައްކަމާއި އޮޅުވާލުން ކަމަށެވެ.

Advertisement - newsAdvertisement

ޒިޔާދު ވިދާޅުވީ މި ސަރުކާރުގެ ވަޒީރެއް ވެސް އެމްޑީއެއްވެސް ބޭރުކުރާއިރު އޭގެ ފަހަތުގައި ބައިވަރު ކަންކަން އެބަ ހިނގާކަމަށާއި ކޮންމެ ދިމާއެއްގައި ވެސް އޮތީ ވައްކަންކަމަށެވެ. އަދި ރައީސް މުއިއްޒު އެ ހިންގަވަނީ ރަނގަޅު މަގަކުން ނޫންކަން މިއަދު ވަރަށް ރަނގަޅަށް ސާފުވެ ހާމަވެގެން ހިންގަށްޖެކަމަށެވެ.

އޭނާ ވިދާޅުވީ ބަހެއް ނުބުނެ އެއް އަހަރު މަޑުކޮށްލައިގެން ތިބެވިއްޖެ ކަމަށާއި އެކަމަކު ދެން ސަރުކާރުން ހަދާނެހާއެއްޗެއް ހަދަން ފުރުސަތު ދީގެން ބަލަން ނުތިބޭނެކަމަށެވެ. އަދި ރައްޔިތުންގެ ހައްޤުގައި އަބަދަުވެސް އެމްޑީޕީ އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ އެމްޑީޕީ އަކީ ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރާ އަދި އެ ރައްޔިތުންގެ ހައްޤުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެެއްވެސް ވާން ތައްޔާރަށް އޮތް ޕާޓީއެއް ކަމަށާއި މީގެ ކުރީގައި ވެސް އެމްޑީޕީން އޮންނާނީ ރައްޔިތުންގެ ހަޤުގައި ނުކުމެފައިކަމަށެވެ.

ޒިޔާދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަޅު އެޅުވިގެން ދިއައިރުވެސް ތި ހަދަނީ ގޯހެކޭ ބުނެ އަޑު އުފުލި ކަމަށާއި އަދި ތި ދޫކޮށްލަނީ އަމިއްލަ އަތުގައި އޮތް ބާރެއްކަމަށް ވެސް ބުނެދިނިންކަމަށެވެ. އެހެންނަމަވެސް ރައީސް މުއިއްޒަށް އޮތް އިތުބާރުގެ ބޮޑުކަމުން ދަހިވެތިވެގެން ތިބެ އެ ގޯސް ހެދީކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އޭރު ކުރި އާދޭސް އަޑު ނޭހުމުގެ ނަތީޖާ މިހާރު ފެންނަމުން ދާކަމަށާއި މައި މުގުލުގައި ބައްދައިގެން މިއަދު މަޖިލިސް މެމްބަރުން އެ ތިބެނީ ތުރުތުރުއަޅައަޅާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ވަޒީރުންވެސް އެތިބީ ބިރުން ތުރުތުރުއަޅައި ހަދާނެގޮތް ހުސްވެ، ކުރާނެ ކަމެއް ނޭގިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ މިއަދު އެ ބޭފުޅުން މަސައްކަތް މިކުރައްވަނީ އަލުން އިހު އޮތް ގޮތަށް ގާނޫނު އަސާސީ ރުޖޫޢަ ކުރަންކަމަށާއި މި މަސައްކަތް ކާމިޔާބު ކޮށްފައި ނޫނީ މަސައްކަތް ހުއްޓާ ނުލާނެކަމަށެވެ. އަދި ފޮތުގައި އޮތްގޮތަށް އެއް އަހަރު ދީފަ، ކުޑަ ޖަލްސާއަކުން ބޮޑު ޖަލްސާއަކުން މިއީ ހިނގާލުމެއްކަމަށާއި އަދި މިނޫން ސްޓޭޖްތައް ވެސް އެބަހުރިކަމަށް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ މި ސަރުކާރަށް މިއަދު އަޑު ނީވިއްޖެއްޔާ ދެން އަޑު އިވޭނެ އެހެން ގޮތްގޮތްވެސް އެބަހުރިކަމަށާއި ދިވެހި ރައްޔިތުން މިތިބީ މިކަން ކުރަން ފިސާރި ކެރިގެން ކަމަށެވެ. އަދި މިކަމުން ފަހަތައް ނުޖެހޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ މި ސަރުކާރުން މުޅި ގާނޫނު އަސާސީ ފުނޑާލާފައި ރައްޔިތުންގެ އަސާސީ ޚިދުމަތަށް ހުރި ފައިސާއިން ވައްކަން ކުރަމުން ދާކަމަށާއި އަދި ވައްކަން ކުރަނީ ރައްޔިތުންގެ އެއްމެ ޒާތީ މައުލޫމާތުން ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ކުރާނެހާ ވައްކަމެއް ކޮށް، ކަންކަން އެ ހިސާބަށް ދަންދެން މަޑު ނުކުރާނެކަމަށާއި މި ނުކުތީ، މި ނުކުތުން ނިންމާނީ މިއަޑު ރައީސުލްޖުމްހޫރިއްޔާ އަށް އަޑު އިވޭ ހިސާބަށް ގެންގޮސްފައިކަމަށެވެ.

"ފުދިއްޖެ-ފުނޑިއްޖެ" ޖަލްސާފުދިއްޖެ ފުނޑިއްޖެ އެއްވުންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ޕީޕީއެމް-ޕީއެންސީޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު