Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ސިޓީ އާއި ޕީއެސްޖީ އެއް ގްރޫޕަކަށް

26 އޯގަސްޓު 2021 | ބުރާސްފަތި 17:56

ޗެލްސީ އާއި ޔުވެންޓަސް ހިމެނުނީ އެއް ގްރޫޕެއްގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 އޯގަސްޓު 2021 | ބުރާސްފަތި 17:56
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ އެއް ގްރޫޕެއްގައި މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ ހިމެނިއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގުރު ނެގުން ކުރިއަށްދިޔައީ ބުރާސްފަތި ދުވަހުގެރޭ ތުރުކީގެ ސިޓީއެއް ކަމަށްވާ އިސްތަންބޫލުގައެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގައި ސިޓީ އާއި ޕީއެސްޖީ ހިމެނުމުން، ދާދި ފަހުން ޕީއެސްޖީއާ ގުޅުނު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ނުކުންނަން ޖެހޭނީ އޭނާއަށް ބާސެލޯނާގައި އިރުޝާދުދިން ޕެޕް ގާޑިއޯލާގެ ސިޓީއާ ދެކޮޅަށެވެ.

މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާއިރު، މިދިޔަ ސީޒަނުގެ ސެމީ ފައިނަލުގައިވެސް މި ދެ ޓީމު ވަނީ ބައްދަލުކޮށްފައެވެ. އެ ފަހަރު ކުޅުނު ދެ މެޗުންވެސް މޮޅުވީ ސިޓީއެވެ.

މީގެ އިތުރުން މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ޗެލްސީން ގްރޫޕް ސްޓޭޖުގައި ވާދަކުރަން ޖެހޭނީ ވަރުގަދަ ޔުވެންޓަސް އާއި، ޒެނިތު އަދި މަލްމޯއާއެވެ. އަދި މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ލިވަޕޫލް ހިމެނެނީ ވަރުގަދަ ގްރޫޕެއްގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ އެތުލެޓިކޯ މެޑްރިޑާއި، ޕޯޓޯ އަދި އޭސީ މިލާނެވެ.

ގްރޫޕް އޭ: މެންޗެސްޓާ ސިޓީ, ޕީއެސްޖީ, ލައިޕްޒީގް, ކުލަބު ބްރޫޖް

ގްރޫޕް ބީ: އެތުލެޓިކޯ މެޑްރިޑް, ލިވަޕޫލް, ޕޯޓޯ، އޭސީ މިލާން

ގްރޫޕް ސީ: ސްޕޯޓިން ލިޒްބަން, ބޮރޫޝިއާ ޑޯޓްމުންޑް, އަޔަކްސް, ބެސިކްޓަސް

ގްރޫޕް ޑީ: އިންޓަ މިލާން, ރެއާލް މެޑްރިޑް, ޝަޚްތާރު ޑޮނިއެސްކް, ޝެރިފް

ގްރޫޕް އީ: ބަޔާން މިއުނިކް, ބާސެލޯނާ, ބެންފީކާ, ޑީނަމޯ ކިއެވް

ގްރޫޕް އެފް: ވިޔަރެއާލް, މެންޗެސްޓާ ޔުނައިޓެޑް, އެޓަލާންޓާ, ޔަންގް ބޯއިޒް

ގްރޫޕް ޖީ: ލިލް, ސެވިއްޔާ, ސާލްޒްބާގް, ވޮލްފްސްބާގް

ގްރޫޕް އެޗް: ޗެލްސީ, ޔުވެންޓަސް, ޒެނިތު, މަލްމޯ

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް މެޗުތައް އަންނަ ސެޕްޓެމްބަރު މަހު ފަށާއިރު، ފައިނަލް މެޗު ކުޅޭނީ އަންނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ރަޝިއާގެ ސެއިންޓް ޕީޓަސްބާގް ސްޓޭޑިއަމުގައެވެ.

ޗެމްޕިއަންސް ލީގު

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
08 މެއި 2024

51 ޕަސެންޓް އެޑްވާންޓޭޖް އޮތީ ރެއާލް އަށް: ޓުޗެލް

08 މެއި 2024
51 ޕަސެންޓް އެޑްވާންޓޭޖް އޮތީ ރެއާލް އަށް: ޓުޗެލް
08 މެއި 2024

11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް

08 މެއި 2024
11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް
07 މެއި 2024

މޮޅުވެގެން ފައިނަލަށް ދެވޭނެ، އެންމެ ބޮޑަށް އެހީވެވޭނީ އެމްބާޕޭއަށް

07 މެއި 2024
މޮޅުވެގެން ފައިނަލަށް ދެވޭނެ، އެންމެ ބޮޑަށް އެހީވެވޭނީ އެމްބާޕޭއަށް
01 މެއި 2024

ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން

01 މެއި 2024
ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން
29 އެޕްރީލު 2024

ރެއާލް މެޑްރިޑަށް ބަޔާނަކީ ނުރައްކާތެރި ޓީމެއް: އެންޗެލޯޓީ

29 އެޕްރީލު 2024
ރެއާލް މެޑްރިޑަށް ބަޔާނަކީ ނުރައްކާތެރި ޓީމެއް: އެންޗެލޯޓީ
11 އެޕްރީލު 2024

ބާސެލޯނާ އަތުން ބަލިވުމަކީ ބޮޑު ދެރައެއް: އެންރީކޭ

11 އެޕްރީލު 2024
ބާސެލޯނާ އަތުން ބަލިވުމަކީ ބޮޑު ދެރައެއް: އެންރީކޭ
11 އެޕްރީލު 2024

އަހަރުމެން ވަރަށް ރަނގަޅަށް އެމްބާޕޭ ހިފަހައްޓާލިން: ޒަވީ

11 އެޕްރީލު 2024
އަހަރުމެން ވަރަށް ރަނގަޅަށް އެމްބާޕޭ ހިފަހައްޓާލިން: ޒަވީ
10 އެޕްރީލު 2024

ގަދަ އަށެއްގައި އޮތް އެންމެ އުނދަގޫ ޓީމަކީ ޑޯޓްމުންޑް: ސިމިއޯނީ

10 އެޕްރީލު 2024
ގަދަ އަށެއްގައި އޮތް އެންމެ އުނދަގޫ ޓީމަކީ ޑޯޓްމުންޑް: ސިމިއޯނީ
10 އެޕްރީލު 2024

ހަރުކަށި ޖަމާއަތްތަކުގެ އިންޒާރާއެކު ޗެމްޕިއަންސް ލީގުގެ ސެކިއުރިޓީ ވަރުގަދަކޮށްފި

10 އެޕްރީލު 2024
ހަރުކަށި ޖަމާއަތްތަކުގެ އިންޒާރާއެކު ޗެމްޕިއަންސް ލީގުގެ ސެކިއުރިޓީ ވަރުގަދަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް