Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުން

އެމްއެންޔޫއިން ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

26 އޯގަސްޓު 2021 | ބުރާސްފަތި 13:19

އިންޓަރންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 26 އޯގަސްޓު 2021 | ބުރާސްފަތި 13:19
ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުން

ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްއާއި ފަތުރުވެރިކަމުގެ ދާއިރާއާ އޮންނަ ގުޅުން ބަދަހިކޮށް މީހުން ބިނާކުރުމުގެ އެއްބަސްވުމެއްގައި އެމްއެންޔޫއާއި ކޮންސްޓަންސް ރިޒޯޓްސް މޯލްޑިވްސް ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރ، ޑރ. މުޙައްމަދު ޝަރީފްއާއި ކޮންސްޓަންސް މޫފުށީގެ ޖެނެރަލް މެނޭޖަރ މިސްޓަރ އޮންރީ އާނަލްފީއާއި ކޮންސްޓަންސް ހަލަވެލީގެ ޖެނެރަލް މެނޭޖަރ މިސްޓަރ ޓެންޖީ ލެ ގްރޭންޑްއެވެ.

Advertisement - newsAdvertisement

މިއެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އެމްއެންޔޫއާއި ކޮންސްޓަންސް ރިޒޯޓްސް މޯލްޑިވްސްއާ ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް ގައުމު ބިނާކުރުމަށް ހެދިފައިވާ ޕްލޭންތަކާއި އެއްހަމައެއްގައި މަސައްކަތްކުރުމެވެ.

މިއެއްބަސްވުމާ ގުޅޭގޮތުން އެމްއެންޔޫއިން ބުނީ މިކަމުގެ ސަބަބުން ދެ މުއައްސަސާގެ ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި އިލްމާއި، މަސައްކަތުގެ ތަޖުރިބާއާއި, އިންޓަރންޝިޕް ފުރުސަތާއި ތަފާތު ފަންނީ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި އިންޓަރންޝިޕް ނިންމާ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތު ވެސް މި ރިޒޯޓްތަކުން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މީގެ އިތުރަށް އެމްއެންޔޫއިން ބުނީ މިއެއްބަސްވުމުގެ ސަބަބުން ދެ މުއައްސަސާގެ މަސައްކަތުގެ ފެންވަރު ރަނގަޅުވެ ކުރިއެރުމުގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ. އޭގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއާއި ތައުލީމީ ދާއިރާގެ ހަރަކާތްތަކަށް އެދެވޭ، ރަނގަޅު ބަދަލުތަކެއް ލިބިގެންދާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

1975 ވަނަ އަހަރުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ތައާރަފްވި ކޮންސްޓަންސް ގްރޫޕުން ރާއްޖޭގައި ހަރަކާތްތެރިވާން ފެށީ 2009 ވަނަ އަހަރު ކޮންސްޓަންސް ހަލަވެލި ރިޒޯޓާއެކުއެވެ. އެއަށްފަހު ޖެހިގެން އައި އަހަރު، ކޮންސްޓަންސް މޫފުށިވެސް ރާއްޖޭގައި ހުޅުވުނެވެ. ލަގްޒަރީ ރިޒޯޓް ޗެއިންއެއްގެ ހައިސިއްޔަތުން، ކޮންސްޓަންސް ގްރޫޕުން އަންނަނީ ރާއްޖޭގެ އިތުރުން، މަޑަގަސްކާރ، މޮރިޝަސް އަދި ސީޝެލްސްގައި 7 ރިޒޯޓު ހިންގަމުންނެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
31 އޮކްޓޯބަރު 2024

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި
25 އެޕްރީލު 2024

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން
25 އެޕްރީލު 2024

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
25 އެޕްރީލު 2024

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

25 އެޕްރީލު 2024
އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި
28 ޑިސެމްބަރު 2023

ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި

28 ޑިސެމްބަރު 2023
ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި
27 ޑިސެމްބަރު 2023

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ޑިސެމްބަރު 2023
ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
05 ޑިސެމްބަރު 2023

ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު

05 ޑިސެމްބަރު 2023
ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު
23 ނޮވެމްބަރު 2023

އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު

23 ނޮވެމްބަރު 2023
އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު
04 ނޮވެމްބަރު 2023

ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި

04 ނޮވެމްބަރު 2023
ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް