Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރާންޝިޕްމަންޓް ބަނދަރު ޕްރޮޖެކްޓް

އިހަވަންދިއްޕޮޅުގެ ޓްރާންސްޝިޕްމަންޓް ބަނދަރު ޕްރޮޖެކްޓަށް ސަރުކާރުން އިތުރު ގޮތްތަކެއް ހޯދަނީ

ރާއްޖޭގައި ޓްރާންސްޝިޕްމަންޓް ޕޯޓެއް ތަރައްގީ ނުކުރެވި މިހާރު މާ ލަސްވެއްޖެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އޯގަސްޓު 2021 | ބުރާސްފަތި 04:51
ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްޤީކުރުމުން އޭގެ އިޤްތިޞާދީ ފައިދާ މުޅި ރާއްޖެއަށް ކުރާނެ

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްޤީކުރުމުން އޭގެ އިޤްތިޞާދީ ފައިދާ މުޅި ރާއްޖެއަށް ކުރާނެ

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ކޮންޓެއިނަރ ޓްރާންސްޝިޕްމެންޓް ބަނދަރެއް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން ތަރައްގީކުރުމަށް ފެށި ޕްރޮޖެކްޓު ކުރިއަށް ގެންދެވޭނެ އިތުރު ގޮތްތަކެއް ހޯދަމުންދާކަމަށް ސަރުކާރުން ބުނެފިއެވެ.

"ރާއްޖެއެމްވީ" އަށް އެނގިފައިވާ ގޮތުގައި މި މަސައްކަތުގެ ފީސިބިލިޓީ އާއި ކޮންސެޕްޓް ޕްލޭން އެކުލަވާލައި، އޭރު މި މަސައްކަތުގެ ކޮންސަލްޓެންސީ އެއްބަސްވުމުގައި ނެދަރލެންޑްސްގެ އެމް.ޓީ.ބީ.އެސް އަދި ޑެންމާރކްގެ ނީރާސްގެ ޖޮއިންޓްވެންޗަރ އާއި 860،626 (އައްލައްކަ ފަސްދޮޅަސް ހާސް ހަސަތޭކަ ސައްބީސް) އެމެރިކާ ޑޮލަރަށް ސޮއިކޮށްފައިވެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެދުމުގެ މަތިން ރާއްޖޭގެ އުތުރުގައި މި ޕޯޓް ތަރައްގީކުރުމަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ދައުވަތު އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ފިނޭންސް މިނިސްޓްރީން ހުޅުވާލީ މި އަހަރުގެ މާރޗު މަހުއެވެ. މި މަސައްކަތުގެ އީއޯއައި ހުށަހެޅުމަށް ފުރުސަތު ހުުޅުވާލުމުން 6 ފަރާތަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އެހެންނަމަވެސް، މި ޕްރޮޖެކްޓް ހިންގުމަށްޓަކައި ޝަރުތު ހަމަވާ ފަރާތެއް ހޯދުމަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަނުން އެއްވެސް ފަރާތެއް ފާސްވެފައި ނުވާކަން ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. ވުމާއެކު އެ މިނިސްޓްރީން ވަނީ މި ޕްރޮޖެކްޓުގެ އީއޯއައި ޕްރޮސެސް މަޑު ޖައްސާލާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސަރުކާރުން މިހާރު ގެންދަނީ މި ޕްރޮޖެކްޓު ކުރިއަށް ގެންދެވިދާނެ އިތުރު ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްވަނީ ރާއްޖޭގައި ޓްރާންސްޝިޕްމަންޓް ޕޯޓެއް ތަރައްގީ ނުކުރެވި މިހާރު މާ ލަސްވެއްޖެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ފައްޔާޒު ވަނީ ރާއްޖޭގައި ޓްރާންސްޝިޕްމަންޓް ޕޯޓެއް ތަރައްގީކުރުމަށް ދިރާސާތައް ހަދައި ނިމިފައިވާކަމަށް ވިދާޅުވެ، މި މަޝްރޫއުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މި މަޝްރޫއުއަށް 466 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެކަމަށް އަންދާޒާ ކުރެވޭކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ އިޤްތިޞާދު ޑައިވަރސިފައި ކުރެވި، ދިގު މުއްދަތަކަށް ދެމިގެންދާނެ އިންގިލާބީ ހެޔޮ ބަދަލުތަކެއް އިޤްތިޞާދަށް ގެނައުމެވެ. އަދި މާލެ ސަރަހައްދު ނޫން އެހެނިހެން ސަރަހައްދުތައް ވެސް ތަރައްޤީވުމަށް މަގުފަހިވެ، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އެދެވޭ ހެޔޮ ބަދަލުތައް އައުމަކީ ވެސް މި ޕްރޮޖެކްޓުގެ އަމާޒެއްކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އިހަވަންދިއްޕޮޅުގެ އިގްތިސާދުޓްރާންސް ޝިޕްމެންޓް ބަނދަރު

އިތުރަށް ކިޔާލަން

12 މެއި 2024

އިހަވަންދިއްޕޮޅުގައި އެސްއީޒެޑު ތަރައްޤީކުރަން ދުބާއީގެ ކުންފުންޏަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

12 މެއި 2024
އިހަވަންދިއްޕޮޅުގައި އެސްއީޒެޑު ތަރައްޤީކުރަން ދުބާއީގެ ކުންފުންޏަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
11 އޯގަސްޓު 2023

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމާއެކު އިގުތިޞާދު ކުރިއަރާ ވަޒީފާތައް އިތުރުވާނެ: އަބްދުﷲ ސައީދު

11 އޯގަސްޓު 2023
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމާއެކު އިގުތިޞާދު ކުރިއަރާ ވަޒީފާތައް އިތުރުވާނެ: އަބްދުﷲ ސައީދު
11 އޯގަސްޓު 2023

އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް ބައިނަލްއަގުވާމީ ބަންކަރިންގގެ ޚިދުމަތް ފެށުމަށް ކުންފުންޏަކާ ހަވާލުކޮށްފި

11 އޯގަސްޓު 2023
އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް ބައިނަލްއަގުވާމީ ބަންކަރިންގގެ ޚިދުމަތް ފެށުމަށް ކުންފުންޏަކާ ހަވާލުކޮށްފި
27 މާރިޗު 2023

އިހަވަންދިއްޕޮޅުން ބަންކަރިންނާއި ކްރޫ ޗޭންޖުގެ ހިދުމަތް ދިނުމަށް ގަވާއިދުތައް އިސްލާހު ކުރަނީ

27 މާރިޗު 2023
އިހަވަންދިއްޕޮޅުން ބަންކަރިންނާއި ކްރޫ ޗޭންޖުގެ ހިދުމަތް ދިނުމަށް ގަވާއިދުތައް އިސްލާހު ކުރަނީ
04 ޑިސެމްބަރު 2022

ޓްރާންސްޝިޕްމަންޓް ބަނދަރު ހެދުމަށް އަންނަ އަހަރު ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ލަފާ ކުރެވޭ: އެމްޕީއެލްގެ ޗެއާމަން

04 ޑިސެމްބަރު 2022
ޓްރާންސްޝިޕްމަންޓް ބަނދަރު ހެދުމަށް އަންނަ އަހަރު ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ލަފާ ކުރެވޭ: އެމްޕީއެލްގެ ޗެއާމަން
13 ސެޕްޓެމްބަރު 2022

އިހަވަންދިއްޕޮޅުގެ ޕްރޮޖެކްޓް ހުއްޓުވީ އޭރުގެ މިނިސްޓަރު ޔާމީން: ގާސިމް

13 ސެޕްޓެމްބަރު 2022
އިހަވަންދިއްޕޮޅުގެ ޕްރޮޖެކްޓް ހުއްޓުވީ އޭރުގެ މިނިސްޓަރު ޔާމީން: ގާސިމް
24 ޖުލައި 2022

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް މިއަހަރު ނިމޭއިރު ނުވަތަ އަންނަ އަހަރު ކުރީކޮޅު ދޭން ފެށޭނެ – ޝަރީފް

24 ޖުލައި 2022
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް މިއަހަރު ނިމޭއިރު ނުވަތަ އަންނަ އަހަރު ކުރީކޮޅު ދޭން ފެށޭނެ – ޝަރީފް
31 މެއި 2022

އެސްޓީއޯއިން އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް، އިންޓަރނޭޝަނަލް ބަންކަރިންގ ދެނީ

31 މެއި 2022
އެސްޓީއޯއިން އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް، އިންޓަރނޭޝަނަލް ބަންކަރިންގ ދެނީ
23 މާރިޗު 2022

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ މަސައްކަތް ލަސްނުކޮށް ފެށުމަށް މަޖިލީހުން ފާސްކޮށްފި

23 މާރިޗު 2022
އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ މަސައްކަތް ލަސްނުކޮށް ފެށުމަށް މަޖިލީހުން ފާސްކޮށްފި
22 މާރިޗު 2022

އިހަވަންދިއްޕޮޅު ތަރައްގީކުރުމަށް އެއްބަސްވުންތަކެއް އެކުލަވާލުމަކީ މިއަދު އިދިކޮޅުން އެކަމާއި ފަޚުރުވެރިވާން ޖެހޭ ކަމެއް - މެމްބަރު ޝިފާއު

22 މާރިޗު 2022
އިހަވަންދިއްޕޮޅު ތަރައްގީކުރުމަށް އެއްބަސްވުންތަކެއް އެކުލަވާލުމަކީ މިއަދު އިދިކޮޅުން އެކަމާއި ފަޚުރުވެރިވާން ޖެހޭ ކަމެއް - މެމްބަރު ޝިފާއު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު