Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރާންސްޝިޕްމަންޓް ބަނދަރު

ޓްރާންސްޝިޕްމަންޓް ބަނދަރު ހެދުމަށް އަންނަ އަހަރު ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ލަފާ ކުރެވޭ: އެމްޕީއެލްގެ ޗެއާމަން

މިހާރު ވެސް ބޭރުގެ ޝިޕިންގް ލައިންތަކާއެކު ކާގޯ ހޯދުމުގެ މަޝްވަރާތައް ކުރަމުންދަނީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ޑިސެމްބަރު 2022 | އާދީއްތަ 01:58
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗެއާމަން މުހައްމަދު ޝަރީފު (ސެންކޯ)

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗެއާމަން މުހައްމަދު ޝަރީފު (ސެންކޯ)

އިހަވަންދިއްޕޮޅުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޓްރާންސްޝިޕްމަންޓް ބަނދަރު ހެދުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހު ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަން މުހައްމަދު ޝަރީފު (ސެންކޯ) ވިދާޅުވެއްޖެއެވެ.

ޝަރީފު ވިދާޅުވީ ޓްރާންސްޝިޕްމަންޓް ބަނދަރަކީ ތިން ބިލިއަން ޑޮލަރު ހޭދަވާނެ މަސައްކަތެއް ކަމަށާއި މި ސަރުކާރުން ވިސްނީ އެހާ ބޮޑު ލޯނެއް ނަގައިގެން އެ މަސައްކަތް ކުރުމުން ފައިދާ ނުވާނެ ކަމަށެވެ.

އެހެންކަމުން ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމަނައިގެން މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމި ކަމަށާއި އެގޮތުން އެޗްޑީސީ، އެމްޓީސީސީ، އެސްޓީއޯ އާއި އެމްޕީއެލް އާއި އިކޮނޮމިކް މިނިސްޓްރީން އުފައްދާފައިވާ ކުންފުންޏެއް ވެސް ކޮންސަލްޓް ފާމް ހެދުމަށް ހިމެނޭ ކަމަށެވެ.

އެ ކުންފުނި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ ކޮންސަލްޓް ޓީމްގެ ތެރެއިން ހުރިހާ މަސައްކަތެއް ކުރެވޭނެ ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ މިހާރު ވެސް އެކި މަރުހަލާތަކުގައި އެކި ކަހަލަ މަސައްކަތްތައް ކުރަމުންދާ ކުންފުނިތަކެއްކަން ފާހަގަކުރެއްވިއެވެ.

މިހާރު ވެސް ބޭރުގެ ޝިޕިންގް ލައިންތަކާއެކު ކާގޯ ހޯދުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ޝަރީފު ވިދާޅުވިއެވެ. އިހަވަންދިއްޕޮޅުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޓްރާންސްޝިޕްމަންޓް ބަނދަރާއެކު އުތުރުގައި އެކި ސިނާއަތްތައް ކުރިއަރައި, ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވެސް ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއަކީ ރާއްޖެއަށް، އަދި ޚާއްސަކޮށް އުތުރުގައި އިތުރު ސިނާއަތްތައް އުފެދޭނެ މަޝްރޫއެއްކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކަށް ބޮޑު ސިނާއަތެއް ގާއިމްކުރެވޭނެ ގޮތްތައް ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ޓްރާންސްޝިޕްމަންޓް ބަނދަރާއެކު އުފެދޭ ސިނާއަތްތަކަކީ މުސްތަގުބަލުގައި ފައިދާކުރާނެ ސިނާއަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއު ހިންގުމަށް އިހަވަންދިއްޕޮޅު ޚިޔާރުކުރި ސަބަބު ހާމަކުރައްވައި ފައްޔާޒު ވިދާޅުވީ، އެއީ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރުކުރާ މައިގަނޑު ޝިޕިންގ ރޫޓްތަކާ ވަރަށް ކައިރި ސަރަހައްދެއް ކަމަށްވާތީ ކަމަށެވެ. އަދި އެ ސަރަހައްދަކީ މިފަދަ ބަނދަރެއް ގާއިމްކުރުމަށް އެކަށީގެންވާ ސަރަހައްދެއްކަމުގައި ދިރާސާތަކުން ދައްކާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވަނީ މިއީ މުޅި ރާއްޖޭގެ އިގްތިސާދަށް ވެސް ފައިދާ ކުރާނެ ޕްރޮޖެކްޓެއްކަމަށާއި މީގެ ސަބަބުން އުތުރުގައި އިގްތިސާދީ ވަރުގަދަ ހަބެއް ގާއިމުވެގެންދާނެކަން ފާހަގަކުރައްވާފައެވެ.

ޓްރާންސް ޝިޕްމެންޓް ބަނދަރުއެމްޕީއެލް

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
02 ނޮވެމްބަރު 2025

މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

02 ނޮވެމްބަރު 2025
މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

23 އޮކްޓޯބަރު 2025

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު